ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް ދަސްވެނިވުން ސެޝަނެއްގައި ބައިވރިވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
13 May 2023 | 10:58
ނަރުހުންގެ ތައުލީމަށް އިންވެސްޓުކުރުމަކީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް: ޤާސިމް

ނަރުހުންގެ ތައުލީމަށް އިންވެސްޓުކުރުމަކީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ނަރުހުންނަށް އަރިސްކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. 

ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އެންމެހާ ނަރުހުންނަށާއި ނަރުހުންގެ ޢާއިލާތަކަށާއި، އެންމެހައި ސިއްހީ ޚިދުމަތްތެރިންނަށް އަރިސްކުރަމުން ޤާސިމް ވިދާޅުވީ ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް، އެ ޚިދުމަތަކާ މެދު ޝުކުރުން ހިތް ފުރޭ ޚިދުމަތެއް ކަމަށެވެ.

އިންސާނާއަށް އެންމެ އެހީތެރިކަމާއި އަޅާލުން ބޭނުން ވާ ވަގުތަކީ އޭނާ ބަލިހާލަތުގައިވާ ވަގުތު ކަމަާއި، އެ ވަގުތު ނަރުހުން ހިނިތުންވުމާއި ލޯތްބާއި އޯގާތެރިކަމާއެކު އަޅާލާ އަޅާލުމަކީ ބަލިމީހާގެ ތަކްލީފުތައް ދުރުވެ، الله ތަޢާލާގެ އިރާދަފުޅާއެކު ބަލިފަސޭހަވުމަށްޓަކައި އޮންނަ ވަރަށް އަވަސް މަގެއްގެ ގޮތުގައި ޤާސިމް ސިފަކުރެއްވި އެވެ.

‏އަދި ވިދާޅުވީ މިއަހަރުގެ ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހާ ދިމާކޮށް، ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިންގ ކޯސް ހަދަމުންދާ ދަރިވަރުންނަށް، އަހަރަކު ތިން ސްކޮލަޝިޕް ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ވިލާފައުންޑޭޝަން މެދުވެރިކޮށް ހަމަޖެހިގެން ދިއުމަކީ އަދި މީގެތެރެއިން އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕާއި ފިރިހެން ކެންޑިޑޭޓުންނަށް އެއް ސްކޮލަޝިޕް ހަމަޖެހިގެން ދިއުމަކީ އޭނާ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ. 

ޤާސިމް އިތުރަށް ވިދާޅުވީ "އަހަރުމެންގެ ނަރުހުންނަކީ އަހުރުމެންގެ މުސްތަޤްބަލް" ކަމުގައިވުމަށްޓަކައި، ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

ނަރުހުންގެ ދުވަހާއި ދިމާކޮށް ޤާސިމްގެ ވިލާ ކޮލެޖުން ނަރުހުންނަށް ޚާއްސަ ސްކޮލާޝިޕްތަކެއް ދީފައިވާއިރު، ސިއްޙީ ދާއިރާއަށް ޚިދުމަތްކުރާ ފަރާތްތަކުގެ ތައުލީމަށް ލުއި ގޮތްތަކެއް ހޯއްދަވާދެއްވުމަށް މަސައްކަތްޕުޅު ކުރައްވާކަމަށް ޤާސިމް ވަނީ މީގެކުރިންވެސް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.