އެންސްޕާ މައި އޮފީސް/ ފޮޓޯ: އިންޓަނެޓް
ހަބަރު
13 May 2023 | 14:18
އެންސްޕާ ބަޖެޓުގެ 55 އިންސައްތަ ހުސްވެއްޖެ

މި އަހަރަށް ކަނޑައަޅާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ބަޖެޓުގެ 55 އިންސައްތަ ހުސްވެފައިވާކަން ފިނޭންސް މިނިސްޓްރީެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެންސްޕާއަށް ވަނީ 1061 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މި އަހަރުގެ ބަޖެޓުގައި އެންސްޕާއަށް ކަނޑައަޅާފައިވަނީ 1920.3 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެ ހިސާބުތަކަށް ބަލާއިރު އެ ބަޖެޓުގެ 55 އިންސައްތަ ޚަރަދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. 

އެންސްޕާއިން އާންމުގޮތެއްގައި ކަވަރު ކުރަނީ އާސަންދައިން ކަވަރު ނުކުރެވޭ ކަންކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރަން ދާ ފަރާތްތަކުގެ ޓިކެޓާއި ފައިސާ ދިނުމާއި ރާއްޖޭގައިވެސް ހާލު ބޮޑު ފަރާތްތަކަށް އާސަންދައިގެ ބޭރުން ކުރަންޖެހޭ ހަރަދުތައް އެންސްޕާއިން ކުރެއެވެ. 

އެންސްޕާ ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި ހުސްވެފައިވާއިރު، ޤައުމީ ހެލްތު އިންޝިއުރެންސް ސްކީމް (އާސަންދަ) ބަޖެޓުގެ 80 އިންސައްތަ ޚަރަދުކުރެވިފައިވާކަން ތަފާސް ހިސާބުތަކުން ވަނީ ހާމަވެފަ އެވެ. 

މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 862 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއަހަރުގެ އާސަންދައިގެ ޖުމްލަ ބަޖެޓަކީ 1045 މިލިއަން ރުފިޔާ އެވެ.

އެންސްޕާ އަދި އާސަންދައިގެ ބަޖެޓުގެ ބޮޑުބައެއް ހުސްވެފައިވާއިރު، ނިމިދިޔަ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އާސަދަން އަދި އެންސްޕާއިން ގިނަ ޚަރަދުތަކެއް ކޮށްފައިވާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ވަނީ ކޮށްފަ އެވެ. އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ހެލްތު ސްކީމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަމަށް އެ ފަރާތްތައް ގެންދަނީ ތުހުމަތު ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.