ވިއްސާރަ ދުވަހެއް---ފޮޓޯ: ވޮއިސް
ވިޔަފާރި
13 May 2023 | 20:47
ވިއްސާރަ މޫސުމުގައި ގެދޮރަށް ލިބޭ ގެއްލުމަށް އެލައިޑްގެ "ހިޔާވަހި" ޕްލޭން

މި ނިމިދިޔަ ހަފްތާއިން ފެށިގެން ދިޔައީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުމުގެ ބާރު ވަރަށް ގަދަކޮށެވެ. މާލެއާއި އަތޮޅުތެރެއަށްވެސް ދުވަހުގެ އެކި ވަގުތު ބޯކޮށް ވާރޭ ވެހި، މަގުތައް ފެންބޮޑުވެގެން ދިޔައެވެ. ވާރޭ ވެހި ގޭގޭގެ ފުރާޅުން ފެން ލީކުވުމުގެ ހާދިސާތަކާއި ފެންބޮޑުވެ އެކި ގޭގެއަށް ފެން ވަނުން ފަދަ ކަންކަން ހިނގިއެވެ.

މިފަދަ ހާދިސާތައް ހިނގުމުގެ ތެރޭގައި ގޭގޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް، ސީލިންގުން ފެން ލީކުވެ ފަރުނީޗަރުގެ އިތުރުން ޓީވީއާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނަށް އޭގެ އަސަރު ކުރުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން މިފަދަ ހާދިސާއަކަށް ތައްޔާރުވެ ތަކެތި ހަލާކުވުން ނުވަތަ ލިބިދާނެ ގެއްލުމެއްގެ ބުރަ ކުޑަ ކުރެވޭނެ ގޮތްގޮތް ހޯދުމަކީ ބޭނުންތެރި ކަމެކެވެ.

ގޭތެރޭގެ މުދަލުގެ ރައްކާތެރިކަން

މި ހާލަތަށް އެންމެ އެކަށޭނަ ރައްކާތެރިކަމަކީ ހޯމް ކޮންޓެންޓް ނުވަތަ ގޭތެރޭގައި ހުންނަ މުދާ ރައްކާތެރިކޮށްފައި ބެހެއްޓުމެވެ. އެތަކެއްޗަށް ގެއްލުމެއް ވެއްޖެ ނަމަ ދިރިއުޅުމުގެ ކަންކަމަށްވެސް ދަތިވާ ފަދަ ސާމާނު ކަމަށްވާ އެނދާއި ކަބަޑާއި މޭޒާއި ގޮނޑިއާއި ގޭގެ ފްލޯރިންގްގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ބްލެންޑަރާއި އަވަނާއި މައިކްރޮވޭވް ފަދަ ތަކެއްޗަކީ އިންޝުއާކޮށް ރައްކާތެރިކަން ކަށަވަރު ކުރުން މުހިއްމު ބޭނުންތެރި މުދަލެވެ.

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ގެ "ހިޔާވަހި" ޕްލޭނަކީ ގޭތެރޭގައި ގެންގުޅޭ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދޭ ބައިވެރިޔާއެވެ. ވިއްސާރައާއި ފެންބޮޑުވުމާއި ހޮނުއެޅުމާއި ބިންހެލުން ފަދަ ޤުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާއެއް ނުވަތަ ނުރައްކާތެރި ގޮވުމެއް ގޮވުމާއި ދުމުގެ އަސަރު ކޮށްގެން މުދަލަށް ލިބޭ ގެއްލުންތައް މި ޕްލޭނުން ކަވަރުކޮށްދޭނެއެވެ. ވައިގަދަވެގެން ގަހެއް ނުވަތަ ގަހެއްގެ ބައެއް ވެއްޓި ގޭތެރޭގައި ހުންނަ މުދަލަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ ގެއްލުމަކަށް ވެސް މި ޕްލޭނުން ކަވަރޭޖު ލިބޭނެއެވެ.

މީގެ އިތުރުން ވައްކަން ކުރުމުގެ ނިޔަތުގައި ގެއަށް މީހަކު ވަދެގެން، މި ޕްލޭންގެ ދަށުން ކަވަރކޮށްފައިވާ މުދަލަކަށް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމަކަށް ވެސް ކަވަރޭޖު ލިބޭނެއެވެ.

"ހިޔާވަހި"ގެ ފައިދާތައް

އަޔާދީ ތަކާފުލްގެ "ހިޔާވަހި" ޕްލޭނުގައި 5 ގިންތިއެއް ހިމެނެއެވެ. އެއީ 150,000 ރުފިޔާގެ ކަވަރޭޖު ލިބޭ "ބޭސިކް"، 250,000 ރުފިޔާގެ ކަވަރޭޖު ލިބޭ "އެކްސެލް"، 350,000 ރުފިޔާގެ ކަވަރޭޖު ލިބޭ "ޕްރީމިއަމް"، 485,000 ރުފިޔާގެ ކަވަރޭޖެއް ލިބޭ "ޑިލަކްސް" އަދި 650,000 ރުފިޔާގެ ކަވަރޭޖެއް ލިބޭ "ލަގްޒަރީ" ގިންތިއެވެ. މިއިން ކޮންމެ ގިންތިއެއްގައި ވެސް ވަކިވަކި މުދަލަށް ކަވަރޭޖު ލިބޭނެ އެންމެ މަތީ މިންވަރު ކަނޑައެޅިފައި ހުރެއެވެ.

މިސާލަކަށް, "ބޭސިކް" ގައި އެއާކޮންޓިޝަނަރަށް ކަނޑައެޅިފައިވާ އެންމެ މަތީ ލިމިޓަކީ 18,000 ރުފިޔާގެ ކަވަރޭޖެވެ. "ޕްރީމިއަމް" ގައި 33,000 ރުފިޔާ ކަނޑައެޅިފައިވާ އިރު އެންމެ މަތީ ގިންތި ކަމުގައިވާ "ލަގްޒަރީ" ގައި އެއާކޮންޑިޝަނަރަށް ކަނޑައެޅިފައި ވަނީ 60,000 ރުފިޔާއެވެ. "ހިޔާވަހި" ޕްލޭނެއް ބައްލަވައިގަންނަވާ އިރު ގޭބިސީގައި ހުރި މުދަލުގެ އަގާއި އަދަދަށް ބަލާ އެ މުދަލުގެ ކަވަރޭޖަށް އެންމެ އެކަށޭނަ ލިމިޓެއް ކަނޑައަޅާފައިވާ ގިންތީގެ ޕްލޭނެއް ބައްލަވައިގަނެވޭނެއެވެ.

"ހިޔާވަހި" ޕްލޭނަކީ އަގު ހެޔޮ އަދި ރާއްޖޭގެ ކޮންމެ ސަރަހެއްދެއްގައި ހުރި ގެއަކަށްވެސް ބައްލަވައިގަންނަވަން ވެސް ފަސޭހަ ޕްލޭނެކެވެ. ހިޔާވަހީގެ އެންމެ ކުޑަ ޕްލޭން "ބޭސިކް"ގެ އަގަކީ އަހަރަކު އެންމެ 200 ރުފިޔާއެވެ. އެންމެ މަތީ ގިންތީ "ލަގްޒަރީ"ގެ އަގަކީ އަހަރަކު އެންމެ 600 ރުފިޔާއެވެ. ކޮންމެ ގިންތިއެއްގެ އަގުގައި އުޅެނީ އެންމެ 100 ރުފިޔާގެ ފަރަގެކެވެ.

އަޔާދީގެ "ހިޔާވަހި" ޕްލޭނެއް ބައްލަވައިގަނެ، އޭގެ ފައިދާތައް ލިބިގަތުމަށް ލަސްނުކުރައްވާށެވެ. އަޔާދީ ތަކާފުލް - އެލައިޑް އިސްލާމިކް ވިންޑޯގެ "މައިއެލައިޑް" ޕޯޓަލް My Allied މެދުވެރިކޮށް މި ޕްލޭން އޮންލައިންކޮށް ބައްލަވައިގަނެވޭނެއެވެ. ޚިޔާރުކުރައްވާ ޕެކޭޖެއް ސިލެކްޓް ކުރެއްވުމަށް ފަހު ޕްލޭން ބައްލަވައިގަންނަވާ ފަރާތުގެ މައުލޫމާތާއި އިންޝުއާކުރައްވާ މުދާ ހުރި ގޭބިސީގެ މައުލޫމާތު ޖެއްސެވުމަށް ފަހު އޮންލައިންކޮށް ބައްލަވައިގަންނަވާށެވެ.

ގޭތެރޭގެ މުދަލުގެ ރައްކާތެރިކަމަށް އިސްކަން ދެއްވާށެވެ. އިތުރު މައުލޫމާތު އެލައިޑް އިންޝުއަރަންސްގެ ހޮޓްލައިން 1600 އިން ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.