މެމްބަރު އަލީ ހުސެއިން/ ފޮޓޯ: ވޮއިސް
ހަބަރު
15 May 2023 | 15:48
ފޯޅަވަހި މައްސަލައިގައި ޖޭޕީގެ ސްޓޭންޑަކީ ކަނޑު ވިއްކާލުމާއި ދެކޮޅަށް ތެދުވުން: އަލީ ހުސެއިން

ފޯޅަވަހި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށް ނުލެވޭނެ ކަމަށާއި، އެކަމާއި ދެކޮޅަށް ތެދުވެ ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުން ކަމަށް ގުޅިގެން އެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން ބޭއްވި ޕްރެސް ކޮނަފަރެންސްގައި ޖޭޕީ ތަމްސީލު ކުރެއްވި މަޖިލީހުންގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގެ ފިޝަރީސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ ހުސެއިން ރަޝީދު، ފޯޅަވަހި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ވަކި ސްޓޭންޑެއް ނެތްކަމަށް ވިދާޅުވެ އޮންލައިން ހޫކަމަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

އަލީ ހުސެއިން ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ ކޮބައިކަން މިދިޔަ ސެޕްޓެމްބަރު މަހު ސާފުކޮށް އިއުލާނުކޮށްފައިވާ ކަމަށެވެ. ވަކި ބޭފުޅަކަށް އެކަން ސާފުވެވަޑައި ގުނަތުމަކީ ޖޭޕީގެ ސްޓޭން ސާފު ނުވާކަމަށް ބުނެވޭނެ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

"ޖުމްހޫރީ ޕާޓީގެ ޕޮސިޝަން އެ އޮތީ ހާމަކުރައްވާފަ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޖުމްހޫރީ ޕާޓީގެ ލީޑަރު. އެއީ ދިވެހި ރައްޔިތުންގެ ވެސް ޕޮސިޝަން. ދިވެހި ގައުމުން ކޮޑި އިންޗިއެއްގެ މިންވަރުވެސް ދޫކޮށްލަން ޤާސިމް އިބްރާހިމް ވެސް ޖުމްހޫރީ ޕާޓީ ވެސް އަދި އެއްވެސް ދިވެހި ރައްޔިތަކު ނޭދޭނެކަމަށް އެއީ ޕޮސިޝަން ވަރަށް ސާފުކޮށް ފެންނަން. ބަޔަކަށް ޕޮސިޝަން ނޭނގިގެން އޮޅިގެން އުޅުމަކީ އަދި މުޅިން އެހެން މައްސަލައެއް"

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން 

އަލީ ހުސެއިންގެ ވާހަކައިގައި ވަނީ ފޯޅަވަހި މައްސަލައިގައި ކަނޑު ވިއްކާލިމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލާފައިވާ އިއްތިހާދުން ބުނަމުންދާ ސަބަބުތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ހައިސިއްޔަތު ލިބިގެން ނުވާ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހަށް އެނގުމަކާއި ނުލާ ފޮނުވުމަކީ ތުހުމަތު ކުރެވޭ ސަބަބެއް ކަމަށެވެ. 

އޭގެ އިތުރުން އެ މައްސަލައިގައި ދިވެހިރައްޔިތުންގެ ހައްގުގައި ކޯޓުގައި ދައްކަން ޖެހޭ މުހިންމު ވާހަކަތަކެއް ނުދައްކާ، ވަރަށް ބޮޑަށް މައްސަލަ ދޫކޮށްލުމަކީވެސް ތުހުމަތު ކުރެވޭ ކަމެއް ކަމަށެވެ. 

އެ ތުހުމަތުތައް ތަހުގީގު ކުރެވެން ޖެހޭ ކަމަށާއި، އެ މައްސަލައިގައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ޖުމްހޫރީ ޕާޓީން ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އަލީ ހުސެއިން ވަނީ ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.