ރައީސް ޔާމީން ސުޕްރިމް ކޯޓުގެ އަޑުއެހުމުގައި/ ފޮޓޯ: ދިޔަރެސް
ހަބަރު
15 May 2023 | 19:05
ފުއްގިރި މައްސަލައިގެ އިސްތިއުނާފު: ހުކުމް ކުރުން މިރޭ 8:15 އަށް ސުޕްރިމް ކޯޓުން ތާވަލުކޮށްފި

ރައީސް އަބްދުالله ޔާމިން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އިސްތިޢުނާފު މައްސަލައިގެ ހުކުމް ކުރުން މިރޭ 8:15 އަށް އެ ކޯޓުން ތާވަލުކޮށްފި އެވެ. 

އެކަން ރައީސް ޔާމިންގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ ‏ސުޕްރީމް ކޯޓުގައި ކުރިއަށްދާ ރ. ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އިސްތިޢުނާފު މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މިރޭގެ 8:15 އަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވާކަމަށެވެ. އަދި މި އަޑުއެހުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމިން ސުޕްރިމް ކޯޓަށް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށެވެ. 

އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރިމް ކޯޓުން ވަނީ މިދިޔަ ހަފްތާގައި ނިންމާލާފަ އެވެ. 

އެ މައްސަލައިގައި ރައީސް ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފީ ތިން ނުކުތާއެއް ހުށައަޅުއްވާފައި ވެއެވެ. 

އެއްކަމަކަށް ހުށައެޅުއްވީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުމުން އެ ހެކިތައް ބަލައިނުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓާފައިވާތީ އިސްތިއުނާފު ކުރި ނުކުތާއެވެ. 

ދެވަނަ ކަމެއްގެ ގޮތުގައި ހުށައަޅުއްވާފައިވަނީ ރައީސް ޔާމީނު ވިދާޅުވީ ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނޭ ހެކި ހާމަކުރުމުގެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ދެމެހެއްޓުމާއި ގުޅިގެން ހުށައެޅި އިސްތިއުނާފީ ނުކުތާއެވެ. 

ތިން ވަނަ ނުކުތާއެއްގެ ގޮތުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅުއްވީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން އެދިލެއްވީ އަދީބާއި ޒިޔަތަކީ އެމަނިކުފާނުގެ އަދާވާތްތެރިންގެ ގޮތުގައި ކަނޑައަޅައިދީ އެމަނިކުފާނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ކަނޑައަޅާއި ދިނުމަށެވެ. އަދި ދެން ހުރި ހެކިތަކާއި ގުޅިގެންވެސް އަލުން ގޮތެއް ނިންމަން ޖެހޭކަމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގަންނަވާފަ އެވެ. 

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުން އަދި ދަށު ކޯޓުން ވެސް ނިންމާފައިވާ ނިންމުން ދަމަހައްޓާދިނުމަށް ސުޕްރިމް ކޯޓުގައި އެދިފައެވެ. 

މި މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވުމަށްފަހު ސުޕްރިމް ކޯޓުން ވަނީ މީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި މިއަދާއި ހަމަޔަށް ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.