ޔޫއްޕެ ޖޭޕީއަށް ސޮއިކުރުން -- ފޮޓޯ/ ޖޭޕީ
ހަބަރު
16 May 2023 | 10:13
ޔޫއްޕެ ޖޭޕީއަށް ސޮއިކޮށްފި

ޔޫސުފް ޝަފީއު (ޔޫއްޕެ) ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، ރޭ ޖޭޕީއަށް ސޮއި ކުރި މެމްބަރުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ގޯލްކީޕަރ ހަސަން ރަމީޒް (ޓިމޯ)، ޔޫސުފް ޝަފީއު އަދި ކުރީގެ ޗީފް ޕްރިޒަންސް އޮފިސަރ މުޙައްމަދު ތައުފީގް ހިމެނޭ ކަމަށެވެ.

މީގެ ކުރިންވެސް ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު ޔޫއްޕެ ވަނީ 2011 ވަނަ އަހަރު އެމްޑީޕީއަށް ސޮއި ކޮށްފައެވެ.

ރާއްޖޭގެ ޚިދުމަތްތެރީން ގައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ޖޭޕީ އާއިއެކު ސިޔާސީ ކަމަރު ބަންނަވާ، ރިޔާސީ ދަތުރު ގައި ބައިވެރިވެލެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެދިލައްވާފައެވެ.

މިފަހުން ގިނަ އަދަދެއްގެ މީހުން ދަނީ ޖޭޕީއާ ގުޅެމުންނެވެ.

އެގޮތުން ނިމިދިޔަ ދައުރުގެ ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވާފައިވާ މަޙްމޫދު އަޙްމަދާއި، ފ. ދަރަބޫދޫ ކައުންސިލުގެ ރައީސް ކަން ކުރައްވާފައިވާ އަލީ މުޙައްމަދު ވަނީ ޖޭޕީއާއި ގުޅިފައެވެ.

ގާސިމް ވަނީ އެ ބޭފުޅުން ކުރިން އުޅުއްވި ސިޔާސީ ޕާޓީ ދޫކުރައްވާ، ޖޭޕީއާއި ގުޅިވަޑައިގެންނެވީތީ އެދެބޭފުޅުންނަށް މަރުޙަބާއާއި ޝުކުރުދަންނަވާފައެވެ.

މިއާއިއެކު ގާސިމް ވަނީ ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައި ދިރިއުޅުއްވާ މިފަދަ ޚިދުމަތްތެރީން ޤައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ޖޭޕީއާއިއެކު ސިޔާސީ ކަމަރު ބަންނަވާ، ގާސިމް އާއިއެކު ރިޔާސީ ދަތުރު ގައި ބައިވެރިވެލެއްވުމަށް އެދިފައެވެ.

މި ދެ ބޭފުޅުންގެ އިތުރުން ފ. އަތޮޅުގެ ނިލަންދޫ ދާއިރާއާއި އަދި ބިލެތްދޫ ދާއިރާއިން ގިނަ އަދަދެއްގެ މެމްބަރުންތަކެއްވެސް ވަނީ ޖޭޕީއާއި ގުޅިފައެވެ.

މިއާއިއެކު ޕާޓީގެ މެމްބަރޝިޕް އިތުރުކޮށް، ރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ޖުމްހޫރީ ޕާޓީ ގެ މެންބަރުން ހަރަކާތްތެރިކަން އިތުރުކޮށް، ރައްޔިތުންގެ ކުރިމަގަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕާޓީއަށް ކާމިޔާބު ކުރުމަށް މެންބަރުންގެ ބަދަހި ސަފުތައް އަވަހަށް ރުކުރަވާލައްވަން ވެސް ގާސިމް ވަނީ އެދިފައެވެ.

ކޮމެންޓް
ޢަލީ ޢަލީ
ލާރި ލާރި ޔެސް ސާރ
16 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.