ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް-- ފޮޓޯ/ ވޮއިސް
ހަބަރު
16 May 2023 | 11:59
"ލިޔެކިއުންތައް ދެއްކުން ސްޕްރީމްކޯޓުން ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފި، ދެން ބަހަނާއެއް ނުދެއްކޭން"

މުޅި ތަޙްޤީޤު ފައިލް ތަޙްޤީޤުލޮގާއި އެކު ބެލުމުގެ ޙައްޤު ދިފާޢަށް ލިބިގެންވާކަމަށާއި، އެ ލިޔެކިއުންތައް ދެއްކުުުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއްކަން ސްްްްޕްރީމްކޯޓުުުން ނިންމި ނިންމުމާއެކު ދެން ދައުލަތަަށް ބަހަނާ ނުދެއްކޭނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ. 

ރ. ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށައަޅަން ޖެހޭ ހުށައެޅުންތަކާއި ގުޅޭގޮތުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް ރޭގައި ސުޕްރީމްކޯޓުން ވަނީ ކޮށްފައެވެ. 

އެގޮތުން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ކުށުން ބަރީއަވުމުގެ ވަސީލަތެއްގެ ގޮތުގައި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ކަށަވަރު ކޮށްދީފައިވާ ހައްގުތަކުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަހުގީގުގެ ބޭނުމަށް އެއްކޮށްފައި ހުރި ހުރިހާ މައުލޫމާތެއް ދިފާއަށް ލިބުމުގެ ފުރުސަތު ދިނުން ހިމެނޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އެހައްގު ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ބަޔާންކުރާ އުސޫލުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ނުވަތަ ބޭނުންކުރާ މައްސަލައިގެ ފައިލު އެކުގައި ބެލުމުގެ ހައްގުވެސް ހިމެނޭ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

ސްޕްރީމް ކޯޓުގެ އެ ނިންމުމާއި ހަވާލާދެއްވައި ޝިޔާޒް ކުރެއްްވި ޓުވީޓެއްގައި ވަނީ، އެއީ ދިވެހިރާއްޖޭގައި ޖިނާޢީ ޢަދުލުގެެ ނިޒާމަށް މުޅިން އައު ކަމެއްް ކަމަށާ، ތަހްގީގާއި ގުޅޭ ލިޔެކިޔުންތައް ނުދެއްކުމަށް ދެން ދައުލަތަށް ބަހަނާ ނުދެއްކޭނެކަމަށެވެ. 

ރޭގެ ހުކުމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލްވެސް ވަނީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ގޮތަށް ސިފަ ކުރައްވާފައެވެ.

އަދި ޔާމީންގެ ފަރާތުން އެދުނު ގޮތައް ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލް ނުކުރިނަމަވެސް ޖަމީލް ވިދާޅުވީ ކުމުގެ ނަތީޖާއަކީ ދައުލަތުގެ އަތުގައި ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ލިޔުމުންތަކެއް ބެލުމުގެ ފުުރުސަތު ލިބިގެން ދިއުން ކަމަށެވެ.

"މުޅި ޖުމްލަ މައްސަލަ، އަޅުގަނޑުމެން ހުށައެޅި ގޮތަށް ސުޕްރީމް ކޯޓްގައި މާތްالله ގެ ތަނަވަސް ރަހްމަތާއެކު އަޅުގަނޑުމެންނަށް ކާމިޔާބު ވެގެން މިދިޔައީ. އަޅުގަނޑުމެން އެދުނު މިންވަރަށް ވުރެވެސް ބޮޑަށް ސުޕްރީމް ކޯޓުން އެކަމުގެ މަގު ކޮށައި ދެއްވައިފި. ސުޕްރީމް ކޯޓްގެ މިރޭގެ ހުކުމުގެ ނަތީޖާއަކީ ދައުލަތުގެ އަތުގައި ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ލިޔުމުންތަކެއް ބެލުމުގެ ފުުރުސަތު އަޅުގަނޑުމެންނަށް ލިބޭނެ. އެއްވެސް އިސްތިސްނާއެއް ނެތި،" ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ހުކުމާއިއެކު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އަބްދުالله ޒިޔަތުގެ ހެކިބަސް ބަލައިގަތުމާއި މެދު ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ނިމިގެން ގޮސްފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް. ސަބަބަކީ ފަނޑިޔާރުން ވަރަށް ސާފް ސަރީހަ ގޮތެއްގައި މި މައްސަލަ ކުރިއަށްދާއިރު މި ދެ ހެއްކާ (އަދީބު އާއި ޒިޔަތު) ބެހޭ ގޮތުން ގޮތެއް ކަނޑައަޅަން ޖެހޭނޭ. އަޅުގަނޑުމެން ބޭނުންވީ މިހާރުވެސް އެ ގޮތް ކަނޑައަޅަން،" ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓް
ސަތަރު
ކަލޭ ހީކުރަނީ ދެންވެސްތިބެނީ ކަލޭކަހަލަ ލޮލަށްބަނގުއާވި އެޅިފަތިބި ދޮޅުރޯނާއިންކަމަށްތަ
17 May 2023
ޙޭވެތި
ސަރުކާރުގަައި މަތީ ފަޑީގައި އުޅެނީ ހުސް ގަމާރުން އިބޫކަހަލަ ގަމާރުން މީހަގީގަތް ބޮލަށް ފިތާލީމާ ތަންދޮރު ނުބަލާ ތެޅޭ ގަމާރުންތަކެއް
19 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.