އެމްއެމްޕީއާރުސީއަށް ’ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023' އަށް އެހީތެރިވާނެ ކުންފުނިތަކާއެކު
ވިޔަފާރި
17 May 2023 | 18:54
ސްޓޯރީޓެލަރސް ކޮންފަރެންސް ގައި އެހީތެރިވާނެ ކުންފުނިތަކާއެކު އެމްއެމްޕީއާރުސީއިން ސޮއިކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ’ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023' އަށް އެހީތެރިވެދެއްވާނެ ކުންފުނިތަކާއެކު ސޮއިކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ މި އަހަރުގެ އެންމެ ބޮޑު މާކެޓިންގ އިނިޝިއޭޓިވް ކަމަށްވާ 'ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023' ބޭއްވުމަށް ސަޕޯޓްކުރުމުގައި އެހީތެރިވާނެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް އެ ކުންފުނިން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

އެގޮތުން މިއަދު ސޮއިކުރި ކުންފުނިތަކަކީ:

-ހޯސްޓް ޕްރޮޕަޓީގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް

-ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)

-ޑޮމެސްޓިކް އެއަރލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން

-ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ޖަލްބޫޓް މޯލްޑިވްސް

-ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގުޅުން ޕަރައިވެޓް ލިމިޓެޑް (ދިރާގު)

-ދެމެހެއްޓެނިވ މަސްވެރިކަމުގެ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)

-ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި ފަދަ ބޮޑު އިވެންޓަކަށް މި ކުންފުނިތަކުން ފޯރުކޮށްދިން އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި, އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ޝުކުރު އަދާކުރެއްވިއެވެ.

މިއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ އެކަނި މަސައްކަތްކުރާ ސިނާއަތެއް ނޫން ކަމަށް ފާހަގަކުރަމުން ތޮއްޔިބު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީއިން އެއްބަޔަކު އަނެއްބަޔަކާ ގާތުން، އެކަކު އަނެކާއަށް އެހީތެރިވަމުން މަސައްކަތް ކުރުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ވަރުގަދަކަން ދައްކައިދޭ މިސާލެއްކަމަށެވެ.

އަދި މިއީ، އައު އުސްމިންތަކަކަށް ވާސިލްވުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އޮތް ވަރުގަދަ އަޒުމް ރަމްޒުކޮށްދޭކަމެއް ކަމުގައި ވެސް ތޮއްޔިބު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީއިން ބުނެފައިވަނީ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަކ،ީ ބޮޑެތި އުއްމީދުތަކެއް އެ އިވެންޓާ ގުޅިފައިވާ، މިހާތަނަށް އެއްއެމްޕީއާރުސީއިން ބާއްވާ މިފަދަ އެންމެ ބޮޑު އިވެންޓް ކަމަށެވެ.

އެގޮތުން މި ކޮންފަރެންސާއި ސައިޑްލައިން ތަޖުރިބާތައް ފަރުމާ ކޮށްފައިވަނީ ވަރަށް ފަރުވާތެރިކަމާއެކު ރާއްޖެއާ ބެހޭ ފުރިހަމަ ތަސައްވުރެއް ބައިވެރިންނަށް ލިބިގެންދާނެ ގޮތްތަކަށެވެ.

އެމްއެމްޕީއާރުސީއިން ރާއްޖޭއިން ލިބޭނެ ތަފާތު، ގިނަ ތަޖުރިބާތައް ހުރި ކަމަށް ގަަބޫލުކުރާއިރު، 'ސަން، ސޭންޑް އެންޑް ސީ' ގެ އިތުރުން ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުން ލިބެން ހުރި ތަޖުރިބާތަކުގެ ތަފާތުކަން ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

30 މެއި އިން 02 ޖޫން އަށް ބާއްވާ 'ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރަންސް 2023' އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން، ޓްރެވަލް ލިޔުންތެރިން، ނޫސްވެރިން، ބްލޮގަރުން، އިންފްލުއެންސަރުން އަދި މީޑިއާގެ ތަޖުރިބާކާރުން ބައިވެރިވެެ، ދިވެހިރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މިފަދަ ކޮންފަރަންސެވެ.

މި ކޮންފަރެންސް ނިމުމުން ސޯޝަލް މީޑިއާ މުބާރާތުގެ ވަނަތައް ހޯދާ ފަރާތްތަކަށް ރާއްޖޭގެ ރީތިކަމާއި ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކޮށްލުމަށް ތަފާތު ފުރުޞަތުތައް ލިބިގެންދާނެއެވެ

އެގޮތުން މަންޓާ އާއި ވޭލް ޝާކްއާއެކު ސްނޯކްލް ކުރުމުން ފެށިގެން ވޯޓާ ސްޕޯޓްސް، ކަލިނަރީ ޓުއާސް، އައިލެންޑް ހޮޕިން އަދި ސޭންޑްބެންކް ޕިކްނިކް ފަދަ ތަޖުރިބާތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސައިޑްލައިން ތަޖުރިބާތައް ރާއްޖޭގެ ތަފާތު 8 ސަރަހައްދެއްގައި ކުރިއަށް ގެންދާއިރު މީގެ ތެރެއިން ކޮންމެ ސަރަހައްދެއްގައ ވެސް ވަކި ސިފަތަކާއި ތަފާތު ހަރަކާތްތަކާއި ތަޖުރިބާތައް ހިމެނޭނެއެވެ.

މި އިވެންޓުގެ ސޯޝަލް މީޑިއާ ރީޗް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 130 މިލިއަންއަށް އަރާނެކަމަށާއި 14 މިލިއަން އެންގޭޖްމަންޓް ވެސް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީއިން ލަފާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.