އިމްތިޔާޒު ފަހުމީ/ ފޮޓޯ: އަވަސް
ހަބަރު
17 May 2023 | 19:22
އެމްޑީޕީން ނިކުތީ އަސާސްތައް މުގުރާލާ މީހުން ގަނެވިއްކާ ޕާޓީއަކަށް ބަދަލުވީމަ: އިމްތިޔާޒް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވީ ޕާޓީ އުފެދި އެ އަސާސްތަކުގެ މަތީގައި ހިންގަމުން އައި ހުރިހާކަމެއް ދޫކޮށްލާ ޑިމޮކްރަސީއާއި މުޅިން ބީރައްޓެހި ކަންތައްތަކެއް ޕާޓީގެ ތެރެއަށް ގެނެސް އެކުގައި މަސައްކަތް ނުކުރެވޭވަރަށް އެކަހެރިކޮށް ބާކީ ކޮށްލުމުންކަމަށް އެމްޑީޕީ އުފެދުނު އަހަރު ޕާޓީއާއި ގުޅިވަޑައިގެން މިހާތަނަށް ވެސް ޕާޓީގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ. 

އެމްޑީީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ގިނަ މެމްބަރުންތަކެއް ވަނީ އެމްޑީޕީން ކެނޑި އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކޮށްފަ އެވެ. 

އެކަން އިއުލާނުކުރުމަށް އެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތި ވަނީ މިއަދު އެމްޑީޕީގެ އަސާސްތަކާއި ޕާޓީ ފެޔަށް ޖެހިފައިވާ މިންވަރު ތަފްސީލުކޮށްދެއްވާފަ އެވެ. 

އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އިންތި ފާހަގަކުރެއްވީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ބާކީ ކޮށްފައިވާ ވާހަކައެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް މަޝްވަރާގެ އުސޫލު އިސްކުރާ ޕާޓީއެއް ކަމަށެވެ. 

އެހެން ނަމަވެސް މި ވެރިކަން ފެށިގެން ދިއުމާއި އެކު ނަޝީދު އެކަހެރިކޮށްފައިވާ ކަމަށާއި، ކަންކަމުގައި ނަޝީދުގެ މަޝްވަރާ ނުހޯއްދަވާކަމަށެވެ.

އެކަން ކުރީ ޕާޓީ ހިޞާރުކުރަން ބޭނުންވާ ވަކި ބަޔަކު ރާވައިގެންކަމަށް އިންތިގެ ވާހަކައިގައި އިޝާރާތްކުރެއްވި އެވެ. 

"އަޅުގަނޑުމެން ބައިވެރިއެއް ނުކުރޭ. ފެށުނީއްސުރެ އެކަން ހިނގަނީ އެގޮތަށް. މި ވެރިކަމަށް އައުމާއި އެކުގައި ވެރިކަން އެމްޑީޕީން ފެށުމާއި އެކުގައި، އަޅުގަނޑުމެން ބާކީ ކުރަމުން ދިޔައީ. ޚާއްސަގޮތެއްގައި އެމްޑީޕީގެ ރައީސް ބާކީކުރަމުން، އެމްޑީޕީގެ ރައީސްގެ މަޝްވަރާއެއް އެއްގޮތަކަށް ވެސް ނުހޯއްދަވާ ފެށުނީއްސުރެ އެ އަމާޒަށް ޕާޓީން މަސައްކަތް ކުރަމުން ދިޔައީ ބަޔަކު މި ޕާޓީގެ ތެރެއަށް ވެރިވެގަތުމަށް ކުރި މަސައްކަތެއްގެ ތެރޭގައި"

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އިންތި ވިދާޅުވީ މިހާރު އެމްޑީޕީގެ ކަންކަން ނިންމަން ތިބި ފަރާތްތައް ވަނީ ޕާޓީގެ ތާރީޚުގައި ވެސް ބަޔަކު ނުވާ މިންވަރަށް އެ ޕާޓީއަށް ޚިޔާނާތްތެރިވެފައި ކަމަށެވެ.

އެތެރޭގެ އިންތިޚާބެއް ކާމިޔާބުކުރުމަށް އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން ވަކިކުރުމަކީ އެމްޑީޕީގެ ތާރީޚުގައިވެސް ބަޔަކު ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި އިންތި ސިފަކުރެއްވި އެވެ. 

"އެމްޑީޕީއަށް އެންމެ ބޮޑު ޚިޔާނާތެއް ވެފައިވަނީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި. އެއީ އެމްޑީޕީގެ އާންމު މެމްބަރުންގެ ތެރޭގައި 39000 އާއި 40000 އާއި ގާތްކުރާ އަދަދުގެ މީހުން ތިމާމެންގެ އަމިއްލަ ޕްރައިމަރީއެއްގެ ބޭނުމުގައި، ދަހިވެތިކަމުގައި، ޕާޓީން ވަކިކޮށްފައި ވަނީ. މިވަރުގެ ބޮޑު ޚިޔާނާތެއް އެމްޑީޕީގެ ތާރީހުގައި ވެސް ނެތް އެމްޑީޕީއަކަށް ބަޔަކު ވެފައެއް"

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އޭގެ އިތުރުން އިންތި ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރަމުން އައި ޕާޓީއެއް ކަމަށެވެ.

މިވެރިކަމާއި ހަމަޔައިން ފެނިގެން މިދިޔައީ ވައްކަމާއި ކޮރަޕްޝަން މެކުހަށް ޖަހާފައިވާ މަންޒަރު ކަމަށާއި، މިއަދު އެމްޑީޕީއަކީ އިންސާނުން ގަނެވިއްކުމުގެ ވިޔަފާރި ހިންގާ ޕާޓީއަކަށް ބަދަލުވެފައިވާކަމަށް އިންތި ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ދުވަހަކުވެސް އޭނާއަށް އެއްބަސްވެގެން ނުވަރަ ބަލައިގަނެގެން ހުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މާ މަކަރުވެރި ހީލަތްތެރި ގޮތަކަށް ޑިމޮކްރަސީގެ ނިޒާމު (މިހާރު) ހަލާކުކުރަމުން ދަނީ. މިއީ އެމްޑީޕީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތެއް ނޫން. ޑިމޮކްރަސީގެ ނިޒާމު ހަލާކުކުރުމުގެ ތެރެއިން ކުރާ އެއްބާވަތުގެ ކަމަކީ.... އިންސާނުން ގަނެވިއްކާ ބަޔަކަށް މި ޕާޓީ ވެއްޖެ. އެމްޑީޕީގެ އެތެރެއިން ގައުމީ މަޖިލީހާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ސަރުކާރުން ބޭނުންގޮތަކަށް ރަބާ ސްޓޭމްޕު ޖަހާ ބައެއްގެ ގޮތަށް ބަދަލުކުރުމަށްޓަކައި ގަނެވިއްކާ ބައެއްގެ ގޮތުގައި ހަދާ މިހާރު އެގޮތަށް ނިންމައިފި" 

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އިންތި ވިދާޅުވީ އެމްޑީޕީން ވަކިވީ އުފަލުން ނޫން ކަމަށެވެ. އަދި އާ ޕާޓީއެއް އުފައްދާ ވާހަކަ އިއުލާނުކުރުމަކީވެސް ލިބިގެންދާ މާ ބޮޑު އުފަލެއް ނޫން ކަމަށެވެ. 

އެހެން ނަމަވެސް ނެތެމުންދާ އެމްޑީޕީގެ އަސާސްތައް ނަގަހައްޓާ، އެމްޑީޕީގެ ފިކުރު ދަމަހައްޓަން އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ފިކުރުގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ސިޔާސީ ޕާޓީއާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަން އިންތި ފާހަގަކުރެއްވި އެވެ. 

އެއާއެކު އިންތި ވިދާޅުވީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަކީ މި ސަރުކާރާއި މެދު، އަދި އެމްޑީޕީ މިހާރު ހިންގަމުންދާ ގޮތާއި މެދު މާޔޫސްވެފައިވާ އެތައް ބަޔަކަށް އުންމީދެއް ލިބިގެންދާނެ ކަމެއް ދެކިވަޑައިގަންނަވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.