19 ވަނަ ރަައްޔިތުންގެ މަޖިލިސް/ ފޮޓޯ: މަޖިލިސް
ހަބަރު
18 May 2023 | 10:03
ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ގޮވާލާ ހުށައެޅި ޤަރާރު ބޭރުކޮށްލައިފި

ދިވެހިރާއްޖެއާއި ޗާގޯސްއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ސަރުކާރުގެ އިހުމާލުން ގެއްލިގެން ދިޔަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރުމަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވި ޤަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ. 

އާދަމް ޝަރީފު ހުށައެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ދިވެހިންނަކީ ޒަމާނުއްސުރެ މަސްވެރިކަމުން ކެއިންބުއިމާއި އަސާސީ ބޭނުންތައް ފުއްދަމުން އައި ބައެއް ކަމަށާއި އިގްތިސޯދީ ސަރަހައްދުން 200 ނޯޓިކަލް މޭލު ބޭރަށް ނުކުމެވޭ ވަރަށް ބޮޑެތި އޮޑިދޯނިފަހަރު އުފައްދާފައިވާ ކަމަަށެވެ.

ނަމަވެސް އައްޑޫ ދެކުނުން އޮންނަ މަސްކަނޑުން 45،331 އަކަކިލޯމީޓަރު ރާއްޖެއަށް ގެއްލޭގޮތަށް އިޓްލޮސްއިން ނިންމިއިރު ދިވެހި ސަރުކާރުން ދިވެހި މަސްކަނޑުގެ ދިފާއުގައި ނުނިކުންނަ ކަމަށް އެ ގަރާރުގައި ފާހަގަ ކުރިއެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުގައްޔާއި، ކަނޑުގެ އަޑީގެ ބިމުގައިވާ ދިރުންހުރި އަދި ދިރުމެއްނެތް ޠަބީޢީ އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެން ވަނީ ދިވެހި ދައުލަތަށް ކަމަށް ގާނޫނުގައި ބަޔާންކުރާއިރު، އަދި ދިވެހި މަސްކަނޑަކީ ރާއްޖޭގެ އިގްތިސޯދީ ބާރުތަކާ ގުޅުންހުރި ތަނަކަށްވާއިރު ރާއްޖެއަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމަށް ދިވެހިންގެ ކިބައިން ސަރުކާރުން މައާފަށް އެދުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އެ ގަރާރުގައި ބުނީ އިޓްލޮސްގެ ނިންމުން ދިވެހިން ބަލައި ނުގަންނަ ކަމަށެވެ. އަދި އެ ނިންމުން މުރާޖަޢާ ކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ހުށަހަޅަން ޖެހޭ ކަމަށާއި ދިވެހި މަސްކަނޑުން ގެއްލުނުބައި ހޯދުމަށް ކުރަންޖެހޭ ކަންތައްތައް އަވަހަށް ފަށަން ޖެހޭ ކަމަށެވެ.

އެ ގަރާރަށް ބަހުސް ކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 51 މެންބަރުންނެވެ. އެ ގަރާރު ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވި އިރު ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ.

އެ ޤަރާރު ފާސްކުރުމަށް 26 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ. އެހެންކަމުން އެ ޤަރާރު ބަލައިގަންނަން ފާސްވެފައިނުވާތީ ވަނީ ބޭރުކޮށްލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.