މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން/ ފޮޓޯ: މަޖިލިސް
ހަބަރު
18 May 2023 | 13:13
ކަނޑު ވިއްކާލީ މި ސަރުކާރުން، ޕޯޗިގީޒުން ވެސް އެކަމެއް ނުކުރޭ: އަލީ ހުސެއިން

ތާރީހުގައި ދިވެހިރާއްޖެ އެންމެ ގިނަ ދުވަސް ވަންދެން އެ ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އޮތް ޕޯޗުގީޒުންވެސް ރާއްޖޭގެ މަސް ކަނޑުން ބައެއް ވިއްކާލާފައި ނުވާކަމަށާއި، މަސް ކަނޑު ވިއްކާލި ހަމައެކަނި ސަރުކާރަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

އަލީ ހުސެއިން މިފަދައިން ވިދާޅުެވފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ ސަރުކާރުގެ އިހުމާލުންކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އޭނާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަކީ ނުވަތަ ވިއްކާލުމަކީ ދިވެހި ތާރީހުގައި ވެސް ބަޔަކު ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން އެކަން ކުރީތީ ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

"ތާރީޚުގައި ދިވެހި މަސްކަނޑުން ބައެއް ދޫކޮށްލި ސަރުކާރެއްގެ ގޮތުގައި ލިޔެވިގެންދާނީ މި ސަރުކާރުގެ ނަން"

މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުގައި ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް އަމަލުކުރަމުން ވެސް އައީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ސަރަހައްދަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. 

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ހައިސިއްޔަތު ލިބިވަޑައިގެންފައިވާ ނުވާ ސިއްރު ސިޓީފުޅެއް ފޮނުވައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށާއި، މިއީ އެއްވެސް ސަރުކާރުން ކޮށްފައިވާ ކަމެއް ނޫންކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ މި ކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށެވެ. ފަހަރެއްގައި އެކަމުގެ އަސަރުތައް ހަފްތާއެއްގެ ތެރޭ ނުވަތަ މަސް ދުވަސްތެރޭ ނުފެނިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެހެން ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގޮތުގއި ބަލަމުން އައި ސަރަހައްދުން ސަރުކާރުގެ އިހުމާލުން ގެއްލިގެން ދިޔަ ބައިން ދާއަޅައިގެން މަސްވެރިކަން ކުރަން ފެށުމުން އެކަމުގެ ނޭދެވޭ އަސަރުތައް ދެކުނުގެ މަސްވެރިންނަށް ކުރާނެ ކަމަށާއި، އަދި އެއީ އިޔާދަ ނުކުރެވޭނެ ވަރުގެ ގެއްލުމަކަށް ވެގެންދާނެކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ގިނަ ސިޔާސީ ޕާޓީތަކާއި ލީޑަރުން ހިމެނޭހެން އިއްތިހާދެއް ހަދާފައިވާއިރު، ކަނޑުވިއްކާލުމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ވަނީ ފަށާފައެވެ. އަދި އެ މައްސަލައާއި ގުޅިގެން ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަަލަ ވެސް ވަނީ މަޖިލީހަށް ހުށައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.