ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް---ފޮޓޯ: ވޮއިސް
ހަބަރު
18 May 2023 | 13:24
މެންބަރަކު ޖަލްސާގައި ނެތްކަމަށް ބަލައި ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފްކަމެއް ނޫން: އުޝާމް

މަޖިލިސްގެ މެންބަރެއްގެ ނަން އިއްވުމުން ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، އެމެންބަރަކު ޖަލްސާގައި ނެތްކަމަށް ބަލައި ޖަލްސާ ކުރިއަށް ގެންދިއުމަކީ މަޖްލިސްގެ ގަވާއިދާ ހިލާފްކަމެއް ނޫން ކަމަށް ރައްޔިތުން މަޖްލިސްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލިސްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން އިއްވާ، މަޖިލީސް ތަޅުމުން ނިކުތުމަށް މަޖިލީހުގެ ރިޔާސަތުން އެންގެވުމުން ދެކޮޅު ހެއްދަވާ، ޖަލްސާގައި ރޮޒައިނާ ނެތް ކަމަށް ބަލައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ކުރިއަށް ގެންދެވުމާއި ގުޅިގެންނެެވެ.

އެގޮތުން އުޝާމް ވިދާޅުވެފައިވަނީ މަޖިލީހުގެ މެންބަރެއްގެ ނަން އިއްވުމުން ނިކުންނަން އިންކާރުކޮށްފިނަމަ، އެމެންބަރަކު ޖަލްސާގައި ނެތްކަމަށް ބަލައި ޖަލްސާ ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްއަށް ލިބިދީފައިވާ ބާރެއް ކަމަށެވެ.

މި މާއްދާ ޓްވީޓްގައި އެކުލަވާލައި އުޝާމް އިތުރަށް ވިދާޅުވީ އެހެންކަމުން މިއީ މަޖްލީހުގެ ގަވަައިދާއި ޚިލާފުކަމެއް ނޫން ކަމަށެވެ.

ޗުއްޓީއިން އެނބުރިއައިސް ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށާފައިވާއިރު، އެމްޑީޕީގެ ތެރޭގައި އުފެދިގައިވާ ބައިބައިވުންތަކާއި މެމްބަރުންގެ މެދުގައި އޮތް ރުޅިވެރިކަން މިއަދުގެ ޖަލްސާގައި ވަނީ ފަޅައިގެންގޮސްފަ އެވެ. 

މަޝްރަހު އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސް ކުރުމަށާއި، ފެނަކައިގެ ފައިނޭންސް އަދި މެނޭޖުމަންޓު އޮޑިޓެއް ހެދުމަށާއި ދަރަނި އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލާ ހުށައެޅި ޤަރާރަށް ބަހުސްކުރަމުން ދިޔަ ވަގުތުތައެވެ. 

އެ ޤަރާރަށް އެމްޑީޕީން ވަކިވެވަޑައިގެން މެމްޑިޕީގެ މެމްބަރުން ވާހަކަދައްކަވަން ފެއްޓެވުމާއެކު ސަރުކާރު ފަޅީގެ މެމްބަރުން ނިޒާމީ ނުގުތާތައް ފުލުފުލުގައި ނަގާ އެ މޭރުމުން ވާހަކަ ނުދެއްކޭނެކަމަށް ދިޔައީ ބުނަމުންނެވެ. އަދި އެ މެމްބަރުންނަށް ވަގުތު ދެނީ ކޮން އުސޫލަކުންތޯ ތަކުރާރުކޮށް ރިޔާސަތަށް ދިޔައީ ސުވާލުކުރަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވާހަކަ ދައްކަވަމުން ދިޔައިރު މެމްބަރު ރޮޒައިނާ ގެންދެވީ ހަޅޭއްލަވާ އަޑުގަދަ ކުރަމުންނެވެ. 

އެކަމާއި ގުޅިގެން ރިޔާސަތުން ވަނީ 3 ފަހަރު ރޮޒައިނާގެ ނަން އިއްވުމަށްފަހު މަޖިލީސް ދޫކުރައްވާ ވަޑައިގަތުމަށް އެދިވަޑައިގަންނަވާފަ އެވެ. 

އެހެން ނަމަވެސް ރޮޒައިނާ މަޖިލީސް ދޫކޮށް ވަޑައިގަތުމަށް ދެކޮޅު ހައްދަވައި ވިދާޅުވަމުން ގެންދިޔައީ އޭނާއަށް ނަން އިއްވާފައިވަނީ ގަވައިދާއި ޚިލާފަށް ކަމަށެވެ. 

އެކަމާއި ގުޅިގެން މަޖިލީސް ހޫނުވެ، ރިޔާސަތުން ވަނީ ކުޑަވަގުތުކޮޅަކަށް މަޖިލީސް މެދުކަނޑާލުމަށްފަހު އަނެއްކާވެސް ޖަލްސާ ކުރިއަށް ގެންދިޔައިރުވެސް ރޮޒައިނާ މަޖްލީސްް ތަޅުން ދޫކޮށް ދިއުމަށް އިންކާރުކޮށފައިވާތ، ޖަލްސާގައި ރޮޒައިނާ "ނެތް ކަމަށް ބަލައި" ޖަލްސާ ކުރިއަށް ގެންގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.