ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ ފޮޓޯ: ފޮރިން މިނިސްޓްރީ
ހަބަރު
18 May 2023 | 20:52
ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދައިފި

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު އެ މަސައްކަތުގައި އިސްކޮށް އުޅުއްވި މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ރާއްޖެއަށް އެންމެ މަސްލަހަތު ބޮޑުގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާފާފުޅު އެރުވުމަކީ ފޮރިން މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލައިގައި ޝާހިދު އެ މޭރުމުން މަސައްކަތްޕުޅު ކުރައްވާފައި ނުވާކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހއްދުން ބައެއް ގެއްލިގެން ދިއުމުގައި ޝާހިދުގެ އިހުމާލު އޮތްކަމަށް ފާހަގަކުރެވިފައިވާކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

ފޯޅަވަހި މައްސަލައިގައި ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ 500 މިލިއަން ޑޮލަރިގެ ޑީލެއް ހަދައިގެން ކަމަށާއި، އެކަމުގައި އިސްކޮށް އުޅުއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުން ނެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް އެ ސިޓީފުޅު ހާމަކުރައްވާފައި ނުވާކަމަށް ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ މަޖިލީސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

އަދި ސަރުކާރުން އެ ސިޓީ ސިއްރުކުރުމަކީ ކަނޑުވިއްކާލީ ޑީލު ހަދައިގެން ކަމަށް ކުރެވޭ ތުހުމަތަށް ބާރުލިބޭކަމެއްކަމަށް އެ އިއްތިހާދުން ފާހަގަކުރެއެވެ. 

ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށައަޅާފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން އޭޖީ ރިއްފަތަށް 14 ދުވަހުގެ ނޯޓިސްވެސް މިހާރު ވަނީ ދީފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.