ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 May 2023 | 09:25
ޝާހިދު ތައުރީފު އޮއްސާލައިފި: ހިތްތިރި، ކެތްތެރި، އޯގާތެރި، ހެޔޮލަފާ ނަމޫނާ ވެރިއެއް!

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ ތައުރީފު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ބަންޑުންކޮށްލައިފި އެވެ. 

2023 ވަނަ އަހަރަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއިން ނެރޭ މެނިފެސްޓޯ އެކުލަލާލުމަށް ބޭނުންވާ މަސައްކަތް ފަށައި، ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ފެށުމަށް އަތޮޅުތެެރޭގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. 

އެ ހަރަކާތްތައް ފެށުމަށް ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ ބޮޑު ދިދައެއް ވަނީ ނަގާފަ އެވެ. 

އެމްޑީޕީގެ މި ހަރަކާތްތައް ފެށިގެން ކުރިއަށްދާ މި ދަނޑިވަޅުގައި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއް އިބްރާހިމް މުޙައްމަދު ޞާލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. 

މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް ޞާލިހަކީ ހިތްތެރިކަމާއި، ކެތްތެރިކަމާއި، އޯގާތެރިކަމުގެ އެފަދަ ދެވަނައެއް ނުވާ ނަމޫނާ ލީޑަރެއް ކަމަށެވެ. 

އޭގެ އިތުރުން އެމަނިކުފާނަކީ ހެޔޮލަފާ ވެރިއެއްކަމަށާއި، އެމަނިކުފާނުގެ ކިބައިގައި ހުރި ރީތި އާދަތަކަށް ރާއްޖޭގެ ތާރީޚު ހެކިވާނެކަމަށް ޝާހިދު ވިދާޅުވި އެވެ. 

"ހިތްތިރި، ކެތްތެރި، އޯގާތެރި، ހެޔޮލަފާ، ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް! ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ދިވެހިރާއްޖޭގެ ތާރީޚު އެކަމަށް ހެކިވާނެ ފަދަ ނަމޫނާ ވެރިއެއް"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ފަށާފައިވަނީ، އެ ޕާޓީއަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ގިނަ މެމްބަރުންތަކެއް ޕާޓީން ވަކިވެފައިވާ ދަނޑިވަޅެއްގަ އެވެ. 

ވަކިވި މެމްބަރުން ވަނީ ރައީސް ޞާލިހާއި، މި ސަރުކާރަށް ވައްކަމާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވެސް ކުރައްވާފަ އެވެ. 

އެހެން ނަމަވެސް ޕާޓީން މެމްބަރުންތަކެއް ވަކިވެގެން ދިޔަ ދިއުމާއި ގުޅިގެން ރައީސް ޞާލިހު މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެމްޑީޕީން ބުނަމުން ދަނީ މިވަގުތު ޕާޓީގައި ތިއްބެވި އިސް ފަރާތްތަކާއި އެއްކޮށް މަސައްކަތްކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. 

އަދި ރައީސް ޞާލިހު ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އެމްޑީޕީގެ އިސްވެރިން ދަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.