ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް-- ފޮޓޯ/ ވޮއިސް
ހަބަރު
21 May 2023 | 12:25
ޤައުމު ދަރަނިން ސަލާމަތް ކުރަން، އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާ: ޤާސިމް

ދިވެހިރާއްޖެ ތަރައްޤީ ކޮށް، ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް، ޖުމްހޫރީ ޕާޓީ އާއި ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޖުމްހޫރީ ޕާޓީން އަންނަނީ އެ ޕާޓީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގިނަ މެންބަރުން ތަކެއް އެ ޕާޓީއާއި މިހާރުވެސް ގުޅެމުންދާއިރު، އިއްޔެ ވެސް އެކި ދާއިރާތަކުން ޖޭޕީއާ އަލަށް 600 އަށް ވުރެ ގިނަ މެމްބަރުން ވަނީ ގުޅިފަ އެވެ.

އޭގެތެރޭގައި އއ. ތޮއްޑޫ ދާއިރާ އާއި، މަތިވެރި ދާއިރާއާއި، ހދ. މަކުނުދޫ ދާއިރާ އާއި، ގަލޮޅު އުތުރު ދާއިރާ އާއި, ރ. ދުވާފަރު ދާއިރާ އާއި، ހއ. ދިއްދޫ ދާއިރާ އާއި، މާފަންނު ހުޅަނގު ދާއިރާ އާއި، ށ. ކަނޑިތީމު އަދި ރ. އުނގޫފާރު ދާއިރާއިން ގުޅުނު 282 މެންބަރުން ހިމެނެއެވެ. 

އެކަމާއި ގުޅިގެން އެ މެންބަރުންނަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައި ގާސިމް ވަނީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ފައެވެ.

އަދި ގައުމުގެ ކުރިމަގު އުޖާލާކޮށް، ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ޖޭޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ މިއީ ޖޭޕީގެ ފަހަރު،" ގާސިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަން އިއުލާން ކުރައްވައި ކެންޕޭނުގެ މަސައްކަތް ޕާޓީން ވަނީ ފަށާފައެވެ. އެގޮތުން ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އެވެ.

ކޮމެންޓް
ވޯލްޑްބޭނަކް
ލޯނު ނަގާ ދަރާ ވިކިފަ ހުރިމީހަކާ؟
21 May 2023
ކުޑަބެ
އާދެ އެންމެ ފުރަތަމަ އެސްބީއައިގައި އެތަށް އަހަރެއް ވަންދެން ނުދެއްކި އޮތް އަމިއްލަ ލޯނު ނިންމަވާށެވެ. ދެން އޭގެ ފަހުން ގައުމުގެ ވާހަކަ ދައްކަވާށެވެ.
21 May 2023
ހީލާ
ތީ ވެސް ދަރަނި ބިލެއް ދަނަނި އަދާކޮށްދޭށޭތިބުނަނީ ރައްޔިތުންގެ ކައިރިގާދޯ
21 May 2023
ދިވެހި މުސްކުޅިން
އެޅޭ ބައި މަދުވެގެން ނުކުމެ އުޅޭ މީހަކަށް ގައުމު ދަރަނިން ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުން ގަބޫލު ނުކުރާނެ
21 May 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.