ދި ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
21 May 2023 | 15:53
"ރިޔާސީ އިންތިހާބަށް ދި ޑިމޮކްރެޓްސް ގެ ކެންޑިޑޭޓެއް ނުކުންނާނެ؛ ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ ހަދާނަން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަލަށް އުފައްދަވާފައިވާ "ދި ޑިމޮކްރެޓްސް" އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ. 

"ދި ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މީގެ ކުރިން ފިކުރެއްގެ ދިރުމުން ޖުމްހޫރީ ޕާޓީގެ ފަހަތަށް އެރުމުގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަކޮށް، ރިޔާސީ އިންތިހާބުގައި ވާދަކުރާނީ އެ ޕާޓީގެ ފަހަތުގައި ތޯ ނުވަތަ ދި ޑިމޮކްރެޓްސް އިން ކެންޑިޑޭޓެއް ނެރެގެންތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ޖަވާބު ދެއްވަމުން އެ ޕާޓީގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ނުކުންނާނެ ކަމަށެވެ. އަދި ކޯލިޝަން ހެދުމާއި އެފަދަ މަޝްވަރާތައްވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަވާމެ ކަމަށެވެ. 

އަފްޝަންގެ ވާހަކަތަކާއި ގުޅިގެން، ދި ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި ހުށަހެޅުއްވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ނުކުންނާނެކަން ކަށަވަރު ކޮށްދެއްވާފައެވެ. 

"އަޅުގަނޑުމެންގެ ކެންޑިޑޭޓެއް ހުންނާނެ. އެހެން ނަމަވެސް، އަބަދުވެސް އަޅުގަނޑުމެން މަޝްވަރާތަކެއް ކުރިއަށް ދާނެ. މިދަންނަވާ ވާހަކަ އަކީ ކޯލިޝަން އެއް ހަދަން ޖެހިއްްޖެ ހާލަތެއްގައި ކޯލިޝަން ހަދާނެ. އެހެން ނަމަވެސް، ދި ޑިމޮކްރެޓްސް ގެ ކެންޑިޑޭޓެއް އިރާދަކުރެއްވިޔާ މި އިންތިހާބުގައި ވާދަކުރާނެ"

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ރައީސް ނަޝީދުގެ ފެކްޝަނުން އުފައްދާ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން ކަށަވަރު ކޮށްދީފައިވާއިރު، މީގެ ކުރިން އެ ފެކްޝަނުން މަސައްކަތް ކުރަމުން ދިޔައީ ޖުމްހޫރީ ޕާޓީ އާއި އެކުގައެވެ. އަދި ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީއާއިއެކު އެ ފެކްޝަނުން ކޯލިޝަން ހެދުމުގެ އަޑުތައް ވަނީ އަރާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ