މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު/ ފޮޓޯ: ވޮއިސް
ހަބަރު
21 May 2023 | 22:31
ރާއްޖެއިން ބޭރުކުރާ މަހުގެ ޑިއުޓީ ކަނޑާލާކަށް ޝާހިދު މަސައްކަތެއް ނުކުރޭ: އިބްރާހިމް ރަޝީދު

ދިވެހިރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ބޮންޑާ މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބުމާއި ގުޅިގެން މަސްވެރިކަމަށް ކުރާނެ އަސަރުތަކުގެ ވާހަކަތައް ބަޔާންކޮށް ޗެނަލް-13 ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނެވެ. 

ބޮންޑާ ވިދާޅުވީ މޮރިޝަސްއިން ޔޫރަޕުގެ ގައުމުތަކަށް ބޭރުކުރާ މަހުން ޑިއުޓީއެއް ނަގަމުން ނުދާކަމަށެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުކުރާ މަހުން 22 ޕަސެންޓުގެ ޑިއުޓީއެއް ނަގާކަމަށެވެ.

އަނެއްކޮޅުން މޮރިޝަސްއަކީ މަސްވެރިކަން ކުރާ ޤައުމަކަށް ނުވެފައި، އެމީހުންގެ ވިޔަފާރިއަކީ އެމީހުންގެ ކަނޑުތަކުން ދާއެޅުމަށް ލައިސެންސް ދޫކުރުންކަމަށް ވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މޮރިޝަސްއިން ދާ އަޅަން ފަށައިފިނަމަ ލިބޭނެ ގެއްލުން އެތައް ގުނައެއް ބޮޑުވެގެންދާނެކަމަށް ބޮންޑާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އީޔޫއިން ރާއްޖެއިން ބޭރުކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރާނެކަމަށް ސަރުކާރުން އެތައް ފަހަރެއްގެ މަތިން ބުނެފައިވާކަމަށެވެ. 

އެހެން ނަމަވެސް ފޮރިން މިނިސްޓަރު ޝާހިދު އެއް ގައުމުން އަނެއް ގައުމަށް ދަތުރުތައް ކުރައްވަމުން ގެންދަވަނީ ގައުމުތަކަށް ބޭނުންވާ ވޯޓު ހޯދައިދިނުމަށް ލޮބީކުރުމަށް ކަމަށް ބޮންޑާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމުގެ އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުދާ ކަމަށާއި، ޝާހިދު މަސައްކަތް ކުރައްވަނީ އޭނާގެ ވަކި އެޖެންޑާއެއް ހާސިލުކުރުމަށް ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

"މި 22 ޕަސެންޓަކީ، ޔޫރަޕިއަން ޔޫނިއަނުން މި ނަގާ ރާއްޖެއިން އެކްސްޕޯޓުކުރާ މަހުން ނަގާ 22 ޕަސެންޓަކީ މަސްވެރިންގެ ޖީބަށް ވަންނާނެ ފައިސާ. އަޅުގަނޑުމެން ދާދި ފަހުން މި ވާހަކަ ދެއްކީމަ ވެސް އަބްދުالله ޝާހިދު ވިދާޅުވީ ކެނޑެނީ.. ކަނޑަނީ.. ކަނޑަނީ.. އަޅުގަނޑު ވަކިން ފޯނުކޮށްގެން ކަނޑައަޅާފައި ތިބޭ އެހެން ސަފީރުންނާއި ހިސާބަށް ވާހަކަދެއްކިން މި ކަން ކޮށްދޭން. އެކަމަކު މިހާތަނަށް ފޮރިން މިނިސްޓްރީން ނެތް އެކަމެއް ކޮށްފަ، އެމީހުން ކޮންމެސް އެހެން ކަމެއް ކުރަނީ. އެމީހުންގެ އަމިއްލަ ކަންކަން ކުރަނީ. ރުވަންޑާއާއި މި ތަންތަނަށް ގޮއްސަ އެއީ ބޭރުގައުމުތަކަށް ބޭނުންވާ ވޯޓު ހޯދަން ލޮބީކުރަން...އަބްދުالله ޝާހިދު ވޯޓު ހޯދަން މި ހިނގަނީ ކަޅުދަބަސް ހިފައިގެން"

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ އިތުރަށް ވިދާޅުވީ ހަގީގަތުގައި މިހާރު ރާއްޖޭގައި ފޮރިން މިނިސްޓަރެއް ނެތް ކަމަށެވެ. 

ފޯޅަވަހި މައްސަލައިގައި ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުގައި ވެސް ޝާހިދުގެ އިހުމާލު އޮތް ކަމަށާއި، ކަނޑުގެ ސަރަހައްދު ދޫކޮށްލީ 500 މިލިއަން ޑޮލަރުގެ ޑީލެއް ހަދައިގެން ކަމަށާއި، އެ ޑީލު ހެދުމުގައި އިސްކޮށް އުޅުއްވީ ވެސް ޝާހިދުކަމަށް ބޮންޑާ ވަނީ ތުހުމަތުކުރައްވާފަ އެވެ. 

އެ މައްސަލައާއި ގުޅިގެން ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.