ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله--ފޮޓޯ/މަޖިލިސް
ހަބަރު
22 May 2023 | 10:33
މިއަހަރު ބޮޑުބައި ނިންމާނެ ކަމަށް ބުނި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ފެށޭނެ އިރެއް މިނިސްޓަރަށް ނޭނގުނު

މިއަހަރު ތެރޭގައި ބޮޑުބައި ނިންމަވާނެ ކަމަށް ވިދާޅުވި 61 ޕޮލިސް ސްޓޭޝަންގެ މަސައްކަތް އަދި ފެށޭނެ އިރެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

މުޖުތަމަޢުގެ ރައްކާތެރިކަމާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި، އަތޮޅުތެރޭގައި ހިންގޭ ކުށްތައް ހުއްޓުވައި އަމާން މާހައުލެއް ޤާއިމްކުރުމަށް 61 ޕޮލިސް ސްޓޭޝަން މިއަހަރު ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފަށްޓަވާނެކަމަށް މިއަހަރުގެ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ޢިމްރާން ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ސްޓޭޝަން ތަކުގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ. 

އެހެންނަމަވެސް، އެތަނުން އެއްވެސް ޕޮލިސް ސްޓޭޝަނެއްގެ މަސައްކަތް މިހާތަނަށްވެސް ފެށިފައި ނުވާއިރު, ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުالله ރިޔާޒު ވަނީ އެ ޕްރޮޖެކްޓް ގެ މަސައްކަތް ތަކާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ޢިމްރާން އާއި ސުވާލު ކުރައްވާފައެވެ. 

އެ ސުވާލުގެ ޖަވާބުގައި ޢިމްރާން ވިދާޅުވީ އެ މަޝްރޫއު އަކީ އިންޑިއާގެ އެގްޒިން ބޭންކުގެ ފައިނޭންސުން ކުރިއަށްގެންދާ މަޝްރޫޢޫއެއްކަމަށެވެ.

"އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން 7 މާރިޗު 2023 ގައިވަނީ ކޮށް ނިމިފައި. މިހާރު ފައިނޭންސް ގެ މަސައްކަތް ހަމަޖެހުމާއި އެކުގައި މަސައްކަތް ފެށުމަށް، ކޮންޓްރެކްޓަރ ވެސް ވަނީ ހުރިހާ ކަމެއް ޢަމަލީ ގޮތުން ފެށުމަށް ނިންމާފައި. މިހާރު އަޅުގަނޑުމެންނަށް އޮތީ ފައިނޭންސް ގެ ކަންކަމަށް ބޭނުންވާ ލިޔެ ކިޔުންތައް ހަމަޖެހި، އެކަން ޢަމަލީ ގޮތުން ފެށުން. ފައިނޭންސް ގެ ކަންކަން ހަމަޖެހުމުން އިރާދަކުރެއްވިޔާ ފެށޭނެ ކަމަށް. އަޅުގަނޑުމެން އުއްމީދު މިކުރަނީ މި އަހަރު ފެށޭނެ ކަމަށް."

"ދެން އަޅުގަނޑުމެންނަށް އެގްޒިން ބޭންކުން ހަމަޖެހޭ ފައިނޭންސް ވީމާ ސީދާ ހަމަޖެހޭނީ ކޮންދުވަހަކު ކަމެއް ބުނާކަށް ނޭނގެ. އެހެންނަމަވެސް އެ ބޭފުޅުން ވީ އެންމެ އަވަހަށް ކޮށްދޭނެ ކަމަށް ވިދާޅުވަނީ. ކޮންޓްރެކްޓަރ މިހާރު ހުރީ ތައްޔާރަށް. ފައިނޭންސް ގެ ކަންކަން ހަމަޖެހުމާއި އެކު އެކަން ފަށައިގަތުމަށް އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރުވެ."

ހޯމް މިނިސްޓަރު އިމްރާން އަބްދުالله 

ޢިމްރާންގެ ޖަވާބާއި ގުޅިގެން ރިޔާޒް ވަނީ ފާއިތުވު އަހަރުގެ މާރިޗު މަހުގެ 21 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެ ޕްރޮޖެކްޓް ގެ މަސައްކަތް މިދިޔަ އަހަރު ފެށި، މިއަހަރު ނިމެންވާއިރު %80 އިންސައްތަ ނިމޭނެ ކަމަށް އިމްރާން ވިދާޅުވި ކަން ހަނދުމަކޮށްދެއްވާފައެވެ. އަދި އެދުވަހު ހެއްދެވީ އިތުރުފުޅު ތޯވެސް ސުވާލު ކުރައްވާފައެވެ. 

އެއާއެކު ޢިމްރާން ވަނީ އޭރު ވާހަކަ ދެއްކެވީ ކަންކަން އޭރު ނިންމޭނެ ކަމަށް ލަފާކުރެވިފައި ހުރި ގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި އެ ޕްރޮޖެކްޓް ގެ ރާއްޖޭގެ ފަރާތުން ދައްކަންޖެހޭ އެޑުވާންސަށް ދައްކާތާ 15 ދުވަސް ތެރޭގައި މަސައްކަތް ފަށަންޖެހޭ ކަމަށް އެގްރީމެންޓް ގައި ވާކަން ފާހަގަ ކުރައްވައި އިމްރާން ވަނީ އެޑްވާންސް ފައިސާވެސް ދައްކާފައިވާ ކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް، ޕްރޮޖެކްޓް ލަސްވަނީ އެގްޒިން ބޭންކުން ފައިނޭންސް ނުލިބޭތީ ކަމަށާ، ލިބުނުހާ އަވަހަށް ފެށޭނެކަމަށް އިމްރާން ވިދާޅުވި އެވެ. 

ރިޔާޒުގެ އިތުރުން، އެހެން މެންބަރުންވެސް ވަނީ އެރަށް ތަކުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ޕޮލިސް ސްޓޭޝަންގެ މަސައްކަތާއި ގުޅިގެން ސުވާލު ކުރައްވާފައެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ވެސް އިމްރާން ވިދާޅުވީ އެ ހުރިހާ މަސައްކަތް ތަކަކީވެސް އެ ޕްރޮޖެކްޓް ގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތް ކަމަށާ، ފައިނޭންސިންގ ހަމަ ޖެހުމުން ފެށޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.