ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ހަބަރު
22 May 2023 | 11:20
ޝާހިދަށް ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސް ދީފި

ޗާގޯސް މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ، ފޮރިން މިނިސްޓަރ އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގެންނެވުމަށް 14 ދުވަހުގެ ނޯޓިސް ދީފިއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖެއަށް އެންމެ މަސްލަހަތު ބޮޑުގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާފާފުޅު އެރުވުމަކީ ފޮރިން މިނިސްޓަރުގެ ޒިންމާއެއް ކަމަށާ، އެހެން ނަމަވެސް މި މައްސަލައިގައި ޝާހިދު އެ މޭރުމުން މަސައްކަތްޕުޅު ކުރައްވާފައި ނުވާކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހއްދުން ބައެއް ގެއްލިގެން ދިއުމުގައި ޝާހިދުގެ އިހުމާލު އޮތްކަމަށް ބުނެ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ފާއިތުވި ހަފްތާގައެވެ. 

އެކާމާއި ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވީ 13 މެމްބަރަކު ސޮޔާއިއެކު، މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 18 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށެވެ. އަދި މިނިސްޓަރ ޝާހިދަށް މިމައްސަލާގައި 14 ދުވަހުގެ ނޯޓިސް މިމަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފޮނުވާފައިވާކަމަށް މަޖިލީހުގެ ނައިބް ރައީސް ވިދާޅުވިއެވެ.

މި މައްސަލައިގައި ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ 500 މިލިއަން ޑޮލަރިގެ ޑީލެއް ހަދައިގެން ކަމަށާއި، އެކަމުގައި އިސްކޮށް އުޅުއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުން ނެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް އެ ސިޓީފުޅު ހާމަކުރައްވާފައި ނުވާކަމަށް ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ މަޖިލީސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

އަދި ސަރުކާރުން އެ ސިޓީ ސިއްރުކުރުމަކީ ކަނޑުވިއްކާލީ ޑީލު ހަދައިގެން ކަމަށް ކުރެވޭ ތުހުމަތަށް ބާރުލިބޭކަމެއްކަމަށް އެ އިއްތިހާދުން ފާހަގަކުރެއެވެ. 

ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށައަޅާފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން އޭޖީ ރިއްފަތަށް 14 ދުވަހުގެ ނޯޓިސްވެސް މިހާރު ވަނީ ދީފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.