ހޯމް މިނިސްޓަރު އިމްރާނު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
22 May 2023 | 12:06
އަހަރެއްކުރިން ހަވާލުކުރި ޕޮލިސް ސްޓޭޝަންތައް އަޅަން އަދިވެސް ފައިސާ ހަމަނުޖެހޭ!

މީގެ އަހަރެއްހާ ދުވަސްކުރިން އިއުލާނުކުރި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިން އަދިވެސް ހަމަނުޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ހާމަކުރައްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކުރައްވާ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުالله ރިޔާޒު ވަނީ ސަރުކާރުން އަޅާނެކަމަށް އިއުލާނުކުރި ޕޮލިސް ސްޓޭޝަންތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފަ އެވެ. 

ރިޔާޒު ކުރެއްވި ސުވާލުގައި ވަނީ ސަރުކާރުން މީހުން ދިރިއުޅޭ 61 ރަށުގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ނިންމާފައިވާކަމާއި އޭގެ ތެރޭގައި ތ. ތިމަރަފުށީ އަދި ތ. ވޭމަންދޫ ޕޮލިސް ސްޓޭޝަން ހިމެނޭކަމަށް މިނިސްޓަރު 2022 ވަނަ އަހަރުގެ މާޗު މަހު ވިދާޅުވި ނަމަވެސް މިހާތަނަށް އެ ދެ ރަށުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފަށާފައި ނުވާކަމަށެވެ. 

އެ ދެ ރަށުގެ ޕޮލިސް ސްޓޭޝަން މަސައްކަތް އަދި ވެސް ފެށިފައި ނުވާކަމަށާއި އެ ދެ މަޝްރޫއު މި އަހަރު ފެށުމަށް ހަމަޖެހިފައި ވޭތޯއާއި އެ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ފެށޭނެ ތާރީޚެއް ވިދާޅުވެދެއްވުމަށް މެމްބަރު ރިޔާޒު ވަނީ މިނިސްޓަރު އިމްރާނު އަރިހުން އެދިވަޑައިގަންނަވާފަ އެވެ. 

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ 61 ޕޮލިސް ސްޓޭޝަން އެޅުމުގެ ޕްރޮޖެކްޓަކީ ކޮންޓެރެކްޓާ ފައިނޭންސްގެ ދަށުން އިންޑިއަން އެގްޒިމް ބޭންކުން ފައިނޭންސް ކޮށްގެން ހިންގުމަށް ރޭވިފައިވާ ޕްރޮޖެކްޓެއްކަމަށާއި އެ ޕްރޮޖެކްޓްގެ މަސައްކަތް ފަށައިގަތުމަށް ރާއްޖޭގެ ފަރާތުން ކުރަން ޖެހޭ ކަންކަން 7 މާޗް 2023 ގައިކޮށް ނިމިފައިވާކަމަށެވެ.

ފައިނޭންސް ކަންކަން ހަމަޖެހުމާއެކު އެ މަޝްރޫއުގެ ދަށުން އަޅާ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ފައްޓާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ފައިނޭންސްގެ ކަންކަން ހަމަ ޖެހުމާއެކު މި އަހަރުވެސް އެ މަސައްކަތް ފެށިގެން ދާނެކަމަށް އުންމީދުކުރަނީ"

ހޯމް މިނިސްޓަރު އިމްރާނު އަބްދުالله

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސައްކަތަށް ކުރަން ޖެހޭ އިދާރީ ހުރިހާ ކަމެއް ވަނީ ފުރިހަމަ ކުރެވިފައެވެ. އަދި އެ މަޝްރޫއު ކުރިއަށް ނުދަނީ އެގްޒިމް ބޭންކުގެ ފައިނޭންސް ހަމަނުޖެހި އޮތުމުގެ ސަބަބުން ނެވެ. 

އެ ފަންޑު ހޯދުމަށް މަސައްކަތްތައް ކުރައްވާ ކަމަށާއި، ފައިސާ ހަމަޖެހުނުހާ އަވަހަކަށް މަސައްކަތް ފައްޓާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ފަންޑު ލިބޭނެ ތާރީހެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.