ޕްލޭނިން މިނިސްޓަރު އަސްލަމް/ ފޮޓޯ: މަޖިލިސް
ހަބަރު
23 May 2023 | 10:00
މިހާރު ޖަހަމުން އެދަނީ ތިލަމާލެ ބުރިޖުގެ އަސްލު ތަނބުތައް: އަސްލަމް

މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ޖަހާފައިވާ ތަނބުތަކަކީ އެ ބްރިޖުގެ އަަސްލު ތަނބުތައް ކަމަށާއި، އެ މަސައްކަތް ކުރިއަށް ދާ ކަމަށް ޕްލޭނުން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިން ވަނަ ޖަލްސާއަށް ޕްލޭނިން މިނިސްޓަރު ހާޒިރު ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކޮންޓްރެކްޓާއި އެއްގޮތަށް ކުރިއަށް ދޭތޯއާއި، އެ ކޮންޓްރެކްޓާއި އެއްގޮތަށް ނުދާނަމަ ކޮންޓްރެކްޓު ބާތިލުކުރައްވާނެ ތޯ އައްސަވާ ސުވާލުކުރައްވާފަ އެވެ. 

މެމްބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ޑިލޭތަކާއެކު ވެސް ކުރިއަށް ދާ ކަމަށެވެ. 

ތިލަމާލެ ބްރިޖު އަޅަނީ ރައީސް ޔާމިނުގެ ޒައާމަތުގައި އެޅި ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔަހެން ފުރަތަމަ ޓެމްޕަރަރީ ޕްލެޓްފޯމެއް ހަދާ، އެ ޕްލެޓްފޯމުގެ މަތީގައި ތިބެ ބްރިޖުގެ މަސައްކަތް ކުރާ އުސޫލުން ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެއާއެކު މިނިސްޓަރު ވިދާޅުވީ މިހާރު ފެންނަން ހުރި ތަނބުތަކީ އެ ބްރިޖުގެ އަސްލު ތަނބުތަށް ކަމަށެވެ. އަދި އެ ތަނބުތައް ޖެހުމުގެ ކުރިން ޓެސްޓުކުރުމަށް 2 ތަނބު ޖަހާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ބްރިޖުގެ މަސައްކަތް އަސްލުގައި ހަމަ ކުރިއަށް އެބަދޭ. ގުޅިފަޅުގެ ކާސްޓިން ޔާޑުގައި މިހާރު ޑެކް ސެކްޝަންތައްވެސް ހަދަމުން ގެންދޭ އެބަ އަސްލު، މި ބްރިޖް އަޅަމުން ދަނީކީއެއް، ކުރީގެ ބްރިޖު އެޅިގޮތަށް ޓެމްޕަރަރީ ޕްލެޓްފޯމެއް ހަދާފަ ދެން އަސްލު ބުރިޖު އަޅަނީކީ ނޫން. ޖަހަމުންދާ ތަނބުތަކަކީ އަސްލު ހުންނާނެ ތަނބުތައް. އެންމެ ފުރަތަމަ ޖެހި ދެ ތަނބަކީ ޓްރައިލްއަށް ޖެހި ދެ ތަނބު، ދެން ޖަހަމުން އެ ގެންދަނީ އަސްލު ޖަހާ ތަނބުތައް" 

ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް

ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެފްކޯންސް ކުންފުންޏާއި ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. 

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގަ އެވެ.

ބުރިޖުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެ މައިލްސްޓޯންއަކަށް ބަހާލައިގެންނެވެ. 

ފުރަތަަމަ މައިލްސްޓޯންގައި މާލެއިން ފެށިގެން ގުޅިފަޅާއި ހަމަޔަށެވެ. އެ މަސައްކަތް މިއަހަރުގެ ޑިސެމްބަރާއި ހަމަޔަށް ނިންމަން ޖެހެއެވެ. އަދި ދެވަނަ މައިލްސްޓޯންއަކީ 2024 ވަނަ އަހަރުގެ މެއި މަހަށް ގުޅިފަޅުން ތިލަފުށްޓާއި ހަމައަށް ބްރިޖުއަޅާ ނިންމާލުމެވެ. 

އެކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ ބްރިޖު އަޅާ ކުންފުނީގެ ޝެޑިއުލަށް ބަލާއިރު ޑިލޭތަކެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ލަސްވާ ލަސްވުންތައް ކަވަރު ކުރެވޭނެކަމަށް ގަބޫލު ކުރެވޭކަމަށާއި، ކޮންޓްރެކްޓަށް އިތުރު ބަދަލުތައް ގެނެސް މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް އަދި ސަރުކާރުން ނުގެންގުޅޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.