މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު/ މަޖިލިސް
ހަބަރު
23 May 2023 | 12:13
އަވަހަށް ބްރިޖު އަޅަން އިތުރު 100 މިލިއަން ޑޮލަރު ނެގި، މިވީ ގޮތެއް ނޭނގުނު: ސައީދު

މި ސަރުކާރުން ފަށާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރަންކަމަށް ބުނެ އިންޑިއާއިން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައިވާ ކަމަށާއި، މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ނުދާކަމަށް ވިދާޅުވުމުން، ލޯނަށް ހެދިގޮތް ސާފުވެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ.

އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގަ އެވެ.

އޭގެ އިތުރުން ބްރިޖުގެ މަސައްކަތް އަވސްކުރުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ވަނީ އިންޑިއާއިން ނަގާފައެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ދުވެލި ލަސްކަން ފާހަގަކުރައްވާފަ އެވެ. އަދި އެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ނުދާކަން ހާމަކުރައްވާފަ އެވެ.

އެކަމާއި ގުޅިގެން ސައީދު ވިދާޅުވީ ބުރިޖު މަސައްކަތް އަވަސްކުރުމަށް ރައްޔިތުންގެ ބޮލުގައި ބޮޑު ލޯނެއް އަޅުވާފައިވާއިރު، ކުންފުނީގެ ޝެޑިއުލާއި ދޭތެރޭ މިނިސްޓަރުގެ ޔަގީންކަމެއް ނެތް ކަމަށެވެ. އަދި އެ މަސައްކަތް ކުރާ ސްޕީޑު "ސްލޯ" ކަމަށް މިނިސްޓަރު ޤަބޫލުފުޅު ކުރައްވާކަމަށެވެ. 

އެހެންކަމުން އިތުރު ލޯނެއް ނެގި ބޭނުން އޮޅޭ ކަމަށާއި، އަދި އެ ލޯނު ނަގައިގެން ކުރިކަމެއްވެސް ސާފުނުވާކަމަށް ސައީދު ވިދާޅުވި އެވެ. 

"ޕްލޭނިން މިނިސްޓަރު އެ ވިދާޅުވީ ނޭނގެއޭ ވަގުތަށް ބްރިޖު އެޅޭނެކަމެއް ވެސް، އަދި ޝެޑިއުލާއި ދޭތެރޭ ވެސް ޔަގީންކަމެއް ނެތޭ، އަދި ވަގުތު އިތުރުކުރުމާއި ދޭތެރޭ ވެސް ވިސްނަން ޖެހެއޭ.. ބުނިއިރު، އިންޑިއާ ސަރުކާރުން ނޫން ތޯ އިހަށްދުވަހު އެ ބްރިޖު އަވަސްކުރުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ނެނގީ.. އެހެންވީމަ ވާއެއް ނުވާއެއް އެނބަ އެނގޭތޯ؟"

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު

ސައީދުގެ ވާހަކައިގައި ވަނީ މި ސަރުކާރުން ދަރަނި އިތުރުކުރަމުންދާ މިންވަރަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން އޭނާ ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގައި އެކަނި 55 ބިލިއަން ދަރަނީގެ ގޮތުގައި އުފައްދާފައިވާ ކަމަށެވެ. އަދި އެފދައިން ދަރަނި އުފައްދައިގެން ތަރައްގީއާއި ގުޅުންހުރި އެއްވެސް ކަމެއްގައި ނަތީޖާ ނެރެދޭފަދަ މަސައްކަތްތަކެއް ފެނިގެން ގޮސްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.