ދަ ޑިމޮކްރެޓްސް ގެ ބައެއް މެންބަރުން-- ފޮޓޯ/ މިހާރު
ހަބަރު
23 May 2023 | 13:29
ޕާޓީގެ ހުރިހާ ކަމެއްވެސް ކުރާނީ ހުޅުވާލައިގެން ވަރަށް ޓްރާސްޕޭރެންޓް ކޮށް: ދަ ޑިމޮކްރެޓްސް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެ ފިކުރެއްގެ ދިރުން ގޮފިން އުފައްދާފައިވާ އައު ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ހުރިހާ ކަމެއްވެސް ކުރިއަށް ދާނީ ހުޅިވާލެވިގެން ވަރަށް ޓްރާންސްޕޭރެންޓް ކޮށް ކަމަށް އެ ޕާޓީން ބުނެފި އެވެ.  

ހ. މައިޒާންދޮށުުގޭގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސް ގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފު ވިދާޅުވީ ފަހަކަށް އައިސް ސިޔާސީ ނިޒާމަށް ޒުވާނުން ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށާ، ޒުވާނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންގެ އިތުބާރު އަލުން، މުޅި ސިޔާސީ ނިޒާމަށް ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ބޭނުމަކީ، އަލުން ސިޔާސީ މަސައްކަތް ތައް، ސިޔާސީ ވިސްނުން، ސިޔާސަތު ކަނޑައެޅުން، މި ކަންކަމުގައި، އެ ޖޯޝާއި ފޯރި އަލުން ދިރުވައި، އަޅުގަނޑުމެން ވިހާވެސް ގިނަ ރައްޔިތުން، އެކު އުމުރުގެ، އެކި ފުރައިގެ، އެކި ބެކްގްރައުންޑް ގެ، އެކި މަސައްކަތް ކުރައްވާ، އެކި ތައުލީމީ ފެންވަރުގެ ބޭފުޅުންނާއިއެކީގައި މި މަސައްކަތް ކޮށްގެން ފުރިހަމަ ސިޔާސީ ފާޓީއެއް، ރައްޔިތުންގެ އެންމެ ފުރިހަމަ ހިއްސާ ހިމެނޭ ޕާޓީއެއް ބިނާ ކުރުން. 

ދަ ޑިމޮކްރެޓްސް ގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފު 

އަފްޝަން ވިދާޅުވީ އެޕާޓީގެ މަގުސަދަކީ، ޕާޓީގެ އޮނިގަނޑާއި، ޕާޓީގެ މެންބަރޝިޕާއި، ހިންގާ ގަވާއިދާއި، ޕާޓީގެ ސިޔާސަތު ތަކާއި ހުރިހާ ކަމެއްވެސް، ވީހާވެސް ގިނަ ބައެއްގެ ބައިވެރި ވުމާއި އެކުގައި ކުރިއަށް ގެންދިޔުން ކަމަށެވެ. އެގޮތުން ޕާޓީ އެންމެ ފުރަތަމަ ފެށިގެން އައިސް، ޕާޓީގެ ނަން ކަނޑައެޅުމުގައިވެސް އެތައް ބައެއްގެ ޚިޔާލު، މީސްމީޑިއާގެ އެކި މަންސަތަށް މެދުވެރިކޮށް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ޚިޔާލުތައް ހުށަހެޅުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލެވިފައިވާ ކަމަށާ، އެގޮތުން މީސްމީޑިއާގެ އެކި މަންސަތަކުން އެކަން ކުރެވޭނެ ކަމަށެވެ. އަދި އެގޮތުން ހުށަހެޅޭ ޚިޔާލަކީ ނައްސިކޮށް އަންނަ ޚިޔާލެއް ކަމުގައި ވީ ނަމަވެސް އެކަން ބަލައިގަނެ، އެ ޚިޔާލުވެސް އާއްމުންނާއި ހިއްސާ ކުރެވޭނެ ކަމަށެވެ.  

އަޅުގަނޑުމެން އަޑުއަހާނަން އަދި އަޑުއެހުމަށްފަހު އެއާއި އެއްގޮތަށް އަމަލުވެސް ކުރާނަން. އެ އެޝުއަރެންސް އަޅުގަނޑު އެންމެހާ ފަރާތްތަކަށް ވެސް ދޭން ބޭނުންވޭ. އަޅުގަނޑުމެންނަކީ ވިހާވެސް ޓްރާސްޕޭރެންޓްކޮށް، ސާފުކޮށް، ހުޅުވާލެވިގެން ކަންކަން ކުރާނެ ބައެއްކަން ފުރަތަމަ ދުވަހުންވެސް ފެށިގެން

ދަ ޑިމޮކްރެޓްސް ގެ ތަރުޖަމާނު ފާތިމަތު އަފްޝަން ލަތީފު

އަފްޝަން ވިދާޅުވީ އެ ޕާޓީގެ އުއްމީދަކީ ވީހާވެސް ގިނަ އައު ބޭފުޅުން އެ ޕާޓީއާއި އެކުގައި މަސައްކަތް ކުރުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ