މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) -- ފޮޓޯ/ މަޖިލިސް
ހަބަރު
23 May 2023 | 14:04
މޯދީގެ ބޮލުގައި ވަގު ބަދުނާމް އަޅުވައިގެން ނުވާނެ؛ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: ޝަރީފު

ސިޔާސީ މަގުސަދެއްގައި ނަމަވެސް ނުވަތަ ސަމާސާ އަކަށްވެސް އަވަށްޓެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބޮލުގައި ވަގު ބަދުނާމް އަޅުވައިގެން ނުވާނެ ކަމަށާ، އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ، މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ، އެމް.ޑީ.ޕީ ވެރިކަމެއް އޮވެމެ، އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންގޮސްފައެވެ. 

އެ ބަހުސްގެ ތެރެއިން އިދިކޮޅު މެންބަރުންވަނީ، ޗާގޯސްގެ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލި، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ މަސްވެރިކަމަށް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ 500 މިލިއަން ޑޮލަރިގެ ޑީލެއް ހަދައިގެން ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ވިދާޅުވެފަ އެވެ. 

އެ ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ސަމާސާ އަކަށްވެސް އެފަދަ ވަގު ބަދުނާމް ރާއްޖޭގެ އަވަށްޓެރި ގައުމެއްގެ އިސްތަށިފުޅުގައި އަޅުވައިގެން ނުވާނެ ކަމަށެވެ. އެހެނީ އެފަދަ ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ސަމާސާ އަކަށްވެސް އަޅުގަނޑުމެންގެ އަވަށްޓެރި ގައުމެއްގެ ވެރިއެއްގެ ބޮލުގައި ވަގު ބަދުނާމް އަޅުވައިގެން ނުވާނެ. ހެޔޮ ނުވާނެ. އަޅުގަނޑު އާދޭހާއެކު ދަންނަވަން މި އިއްޒަތްތެރި މެންބަރުން، މި ތާނގައި އިދިކޮޅު ޕާޓީގެ މެންބަރުންވެސް މި ގައުމު ސުންނާފަތިވެ، މި ގައުމުގެ މުޅި ގައުމީ ސަލާމަތަށް ނުރައްކާތެރިވާފަދަ ވާހަކަތައް ސިޔާސީ ބޭނުމަށްވެސް ނުދެއްކެވުން.

އަޅުގަނޑު އެދެން. އިންޑިޔާގެ ބޮޑުވަޒީރުގެ ބޮލުގައި، އިސްތަށިފުޅުގައި، ވަގު ބަދުނާމް އަޅުގަނޑުމެން ސިޔާސީ ބޭނުމަށްވެސް އަޅުވާކަށް ހެޔޮ ނުވާނެ. އެއީ ކޮށްގެން ވާނެ ކަމެއް ނޫން. މޮރިޝަސް ގެ ބޮޑުވަޒީރުގެ ބޮލުގައި ވަގު ބަދުނާމް އަޅުވާކަށް ނުވާނެ. މިއިން ކޮންމެ ބޭފުޅަކަށްވެސް އެނގޭނެ ކޮތަޅަކަށް ލައިގެން 500 މިލިއަން ޑޮލަރު ހިފައިގެން ކަނޑު ގަންނަން އެއްވެސް ފަރާތަކަށް ނާދެވޭނެކަން. އެއީ ދުނިޔޭގެ ނިޒާމް އޮންނަ ގޮތެއް ނޫން ކަން. 

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) 

ޝަރީފް ވިދާޅުވީ އެހެން ގައުމަކަށް އެއްވެސް އެއްޗެއް ނުލިބި، ރާއްޖެއަށް އެއްކޮށް ކަނޑު ނެނގޭގޮތަށް ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނު ތަން ނުދޭ ކަމަށެވެ. އެގޮތުން، ރާއްޖޭގެ 200 މޭލާއި، އެހެން ގައުމެއްގެ 200 މޭލާއި ފުށުއަރާނަމަ، ދެ ގައުމުގެ ދެމެދުގައި އެ ބައި ބަހަންޖެހޭނެ ކަމަށާ، ގާނޫނު އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިޓްލޮސްގެ ނިންމުމާއި އެކު ރާއްޖެއަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާ، އެ މައްސަލާގައި ރާއްޖެއަށް ހައްގުވާ ހުރިހާ އެއްޗެއް ރާއްޖެއަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ވޭތުވެދިޔަ 100 އަހަރު ތެރޭގައިވެސް، މި ސަރުކާރުން މަސްވެރިކަމަށް އަހައްމިއްޔަތު ދިން ސަރުކާރެއް ނެތް ކަމަށާ، އަދި މި ސަރުކާރުން މަސްވެރިކަމަށް ހޭދަކުރި ވަރަށް ހޭދަކުރި ސަރުކާރެއް ނެތް ކަމަށެވެ. އެހެން ކަމުން ހަގީގަތާއި ޚިލާފް ނުދެއްކެވުމަށްވެސް އޭނާ ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
އދ
ވަރަށް މާތް މީހެއްދޯ އެއީ
23 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.