ވިލާ ހަކަތައިން ލިބޭ ޕްލައިވުޑުގެ ބައެއް ވައްތަރުތައް-- ފޮޓޯ/ ވިލާ ހަކަތައި
ވިޔަފާރި
24 May 2023 | 15:29
ކޮލިޓީ ޕްލައިވުޑުގެ އެކި ވައްތަރުތައް ވިލާ ހަކަތައިން

ގެދޮރު އިމާރާތް ކުރުމާއި އެނޫންވެސް ބޭނުންތަކަށް ބޭނުން ކުރާ ފެންވަރު ރަނގަޅު، އަދި ކޮލިޓީ ޕްލައިވުޑު ވިލާ ހަކަތައިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

2000 ވަނަ އަހަރު ތެރޭގައި ހުޅުވިގެންދިޔަ ވިލާ ހަކަތާގައި މަސައްކަތް ކުރަމުން އަންނަނީ ތަޖުރިބާކާރު, ތަމްރީނު ލިބިފައިވާ ޓީމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ، ރަނގަޅު ކޮލިޓީގެ ފެންވަރު ރަނގަޅު އުފެއްދުންތައް މާކެޓަށް ނެރުމަށް ކަމަށްވެސް ބުނެއެވެ.

އެގޮތުން ވިލާ ހަކަތައިން ވަނީ ތަފާތު އެކި ވައްތަރުގެ ޕްލައިވުޑު ނެރެފައެވެ. އޭގެ ތެރޭގައި މެރައިން ޕްލައިވުޑު، ފިލްމު ފޭސްޑް ޕްލައިވުޑު، ކޮމާޝަލް ޕްލައިވުޑު، މެލޭޝިޔަން ޕްލައިވުޑު ހިމެނެއެވެ.

ޕްލައިވުޑުގެ ލިބެން ހުރި ސައިޒު ތަކަށް ބަލާއިރު، 06މިލިމީޓަރ މެރައިން ޕްލައިވުޑް، 09 މިލިމީޓަރު މެރައިން ޕްލައިވުޑު، 12 މިލިމީޓަރު މެރައިން ޕްލައިވުޑު ހިމެނެއެވެ. ޕްލައިވުޑުގެ ފުޅާ މިނުގައި 4 ފޫޓު އަދި ދިގު މިނުގައި 8 ފޫޓު ހުންނާނެއެވެ.

ޕްލައިވުޑުގެ އިތުރުންވެސް ޢިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނުތައް ވިލާ ހަކަތައިން ވަނީ ބާޒާރަށް ނެރެފައެވެ. އޭގެ ތެރޭގައި ވެއްޔާއި، ހިލައާއި، ލަކުޑި, ޝެރާ ބޯޑު، ޕާލިން، ބައިންޑިންގ ވަޔަރ، ފުރާޅު، ސްޓީލް ބާރ، އަދި މިނޫންވެސް އެތައް އުފެއްދުން ތަކެއް ހިމެނެއެވެ.

ވިލާގެ ހަކައިން ތަކެތި ގަތުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަ ގޮތެއްގައި އޯޑާ ކޮށްލެވޭނެ އެވެ. އެގޮތުން 3343183 ގުޅާލައިގެން ނުވަތަ 7236464 ނަންބަރަށް ވައިބާ ކޮށްގެން އޯޑަރ ކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލްވެސް ކުރެވޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.