ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله-- ފޮޓޯ/ އަދާލަތު ޕާޓީ
ހަބަރު
24 May 2023 | 16:02
"ސިޔާސީ މައިދާނުގައި ފުންނާބު އުސް ފަރާތެއްގެ ޕާޓީ ނެތޭ ހިސާބަށް ދިޔުމަކީ ވިސްނާލަންޖެހޭ ކަމެއް!"

ރާއްޖޭގެ ފަހުގެ ތާރީޚްގައި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ދެ ބޭފުޅުންގެ ބަސްވިކޭ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތޭ ހިސާބަށް ދިޔުމަކީ، ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަންވާގޮތާއިމެދު ދިރާސާކުރާ މީހުން ވިސްނާލަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ތަޖުރިބާކާރު، އަދި ރާއްޖޭގެ ވެރިކަން އެންމެ ގިނަ ދުވަސް ވަންދެން ކުރެއްވި ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އީސީން ނިންމިކަން އިޢުލާން ކުރުމާއި ގުޅިގެންނެވެ. 

އީސީން އެމްއާރްއެމް އުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގައި މަދުވެގެން ތިބެންޖެހޭ މެންބަރުން ކަމުގައިވާ 3000 މެންބަރުން ހަމަނުވުމުން ތިންމަސް ދުވަހުގެ ނޯޓިސް ދިނުމަށްފަހުގައެވެ. 

އެ ޕާޓީގައި 3000 މެންބަރުން ހަމަނުވެގެން ދެފަހަރެއްގެ މަތިން ނޯޓިން ދީފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރުވެސް މެންބަރުން ހަމަ ކުރަން ނޯޓިސް ދިނުމުން، މުއްދަތު ތެރޭގައި ޕާޓީން ވަނީ މެންބަރުން ހަމަ ކޮށްފައެވެ. އެއަށްފަހު، އަނެއްކާވެސް އެ ޕާޓީގެ މެންބަރުންގެ އަދަދު 3000 އަށްވުރެ ދަށްވެފައި ވަނިކޮށް، ސަރުކާރުގެ ވުޒާރާތަކުގައި ތިބި އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުންވެސް ވަނީ ޕާޓީން ވަކިވެފައެވެ.

އެ މެންބަރުން ޕާޓީން ވަކިވެފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެ ޕާޓީއަށް މެންބަރުން ހަމަކުރުމަށް ނޯޓިސްވެސް ދީފައިވަނިކޮށެވެ. އެގޮތުން ޕާޓީއަށް ދިން ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ. 
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ފެބުރުއަރީއާ ހަމައަށް މެމްބަރުންގެ އަދަދަކީ 2،981 އެވެ.

އެމްއާރްއެމް އުވާލަން އީސީން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ އެ ނިންމުމަކީ ކޮރަޕްޓް ނިންމުމެއްކަން ފާހަގަކުރައްވައި ހިމޭންކަމާއި އެކު ތިބުމަށް ޕާޓީގެ މެންބަރުންގެ ކިބައިން އެދި ލައްވާފައެވެ. އެކަމާއި ގުޅިގެން އެ ޕާޓީގެ ޒަޢީމް މައުމޫން އަބްދުލްޤައްޔޫމް ވަނީ އެއީ ވަރަށް ކޮރަޕްޓް ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ނިންމުމާއި ދެކޮޅަށް ވަކާލާތު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ޖާބެ
ނެކްސްޓް އިޒް ޔޯރްސް
26 May 2023
ޞިލްލ
އިމްރާން ފުއްޕާފަ ދައުލަތް ބޭނުންކޮއްގެން ޕާޓީ މީހުން ރުއްސައިގެން މިވަގުތު ހުއްޓަސް ސަރުކާރު ބަދަލުވީމާ ދާނީ ޗޮކު ްްްްްްްްްްްް ްްްn
26 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.