ދަ ޑިމޮކްރެޓްސް ގެ ބައެއް މެންބަރުން-- ފޮޓޯ/ވޮއިސް
ހަބަރު
24 May 2023 | 20:04
ހަރުދަނާ އަސާސެއް ނެތި އީވާ މަގާމުން ވަކިކުރުން ނިންމުން ކުށްވެރިކުރަން: ދަ ޑިމޮކްރެޓްސް

ހަރުދަނާ އަސާސެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުން ނިންމުން، "ދަ ޑިމޮކްރެޓްސް" އިން ކުށްވެރި ކޮށްފިއެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ އޭނާ އެމްޑީޕީން ވަކިވެވަޑައިގަތުމާއި ގުޅިގެންނެވެ. 

އެކަމާ ގުޅިގެން ދަ ޑިމޮކްރަޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިތްވަރާއެކު މަސައްކަތްކުރަމުން އަންނަ އަންހެނުންނަށް ހުރި ގޮންޖެހުންތަކަށް ތަސައްރަފުކުރާ އަލިގަދަ ދަލީލެއް ކަމަށެވެ.

"އީވާ ޢަބްދުﷲ އަކީ ގިނަ ސިޔާސީ ޕާޓީ ވާދަކުރާ އިންތިޚާބުތައް އައު ޤާނޫނު އަސާސީގެ ދަށުން ބާއްވާން ފެށިފަހުން ގަލޮޅު އުތުރު ދާއިރާގެ ގޮނޑީގައި މެދުކެނޑުމެއްނެތި ޚިދުމަތްކުރައްވާފައިވާ ސީނިއަރ ޕާލިމެންޓޭރިއަނެކެވެ. ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރެކެވެ. ދެ ދައުރު ބަޖެޓު ކޮމިޓީގައި އަދި އިޤްތިސާދީ ކޮމިޓީގައި މަސައްކަތްކުރެއްްވިއެވެ." އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ސިޔާސީ އިސްލާޙީ ޙަރަކާތުގެ އެންމެ ކުރީ ސަފުން ޖާގަ ހޯއްދަވާފައިވާ އީވާ އަކީ އިންތިޚާބީގޮތުން ދިވެހިރާއްޖޭގެ އެންމެ ސީނިއަރ މަޤާމެއްގައި ހުރި އަންހެނާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީ މެންބަރުކަންވެސް އީވާ އަދާކުރެއްވިކަން ފާހަގަކޮށް ދަ ޑިމޮކްރެޓްސްއިން ބުނީ އީވާ އަކީ އޭނާގެ ޢިލްމީ އަދި ފަންނީ ޤާބިލުކަމާއި، ޝަޚްސިއްޔަތުގެ ހަރުދަނާކަމާމެދު ޝައްކު އުފެދިފައި ނުވާ ބޭފުޅެއް ކަމަށެވެ.

"އެއްވެސް ހަރުދަނާ އަސާސެއްގެ މައްޗަށް ބިނާކުރުމެއްނެތި މަޖިލީހުގެ ނައިބް ރައީސްގެ މަޤާމުން އީވާ ޢަބްދުﷲ ވަކިކުރުމަކީ ދަ ޑިމޮކްރެޓިކުން ކުށްވެރިކުރާ ކަމެކެވެ. އަދި ދަ ޑިމޮކްރެޓުން ބަލައިގަންނާނެ ކަމެއް ނޫނެވެ." އެ ޕާޓީން ބުންޏެވެ.

ކޮމެންޓް
ވޯޓްވިއްކި ގަމާރު
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރަށް އަޅުގަޑު ސެލިއުޓް ކުރަންސަބަބަކީ މިސަރުކާރު 4 އަހަރު ނިމިގެން ދިޔައިރު އެއްވެސް ކަމެއް ނުވެ އޮތީމަ
26 May 2023
ދދ
އެފިކުރުގެ މުގުލުގައި އޮތީ ޑުރަގް ޑީލް، ފަސާދަ ކޮރަޕްޝަން، ލިބޭ ވަރު މަދުވެގެން ނިކުމެ ބަޢާވާއްކުރާ ބައިގަޑެއް ،!
28 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.