އޭއެމްބީސީގެ ބޯޑް މީޓިންގް އަދި އޭޝިއަން މިއުސިކް ގޭމްސް 2023 ގެ ޓެކްނިކަލް މީޓިންގް ގެ ތެރެއިން
ވިޔަފާރި
25 May 2023 | 12:33
އޭއެމްބީސީ ގެ ބައްދަލުވުންތަކުގައި އެސޯސިއޭޝަން އޮފް މަޖީދިއްޔާ ބޭންޑް އެލަމްނައި އިން ބައިވެރިވެއްޖެ

އޭޝިއަން މާޗިންގް ބޭނޑް ކޮންފެޑަރޭޝަން (އޭއެމްބީސީ) ގެ ބޯޑް މީޓިންގް އަދި އޭޝިއަން މިއުސިކް ގޭމްސް 2023 ގެ ޓެކްނިކަލް މީޓިންގް ގައި އެސޯސިއޭޝަން އޮފް މަޖީދިއްޔާ ބޭންޑް އެލަމްނައި (އަންބާ) އިން ބައިވެރި ވެއްޖެއެވެ.

އަންބާ އިން ދިވެހިރާއްޖެ ތަމްސީލްކުރަން ބައިވެރިވި ޓީމްގައި ހިމެނެނީ އަންބާގެ ފައުންޑިންގް މެމްބަރު އިބްރާހިމް އަފީފް، އަންބާގެ ނާއިބު ރައީސް މުޙައްމަދު އަޒްމީ ރަޝީދު އަދި އަންބާގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ފަޔާޒް އެވެ.

އޭޝިއާ ގެ 23 މެމްބަރު ގައުމު ހިމެނޭހެން ހެދިފައިވާ އޭއެމްބީސީ މައިގަނޑު މަގްސަދަކީ އޭޝިއާ ސަރަހައްދުގަ މާޗިންގް ބޭންޑުތަކުގެ ކަންތައްތައް ކުރިއެރުވުމެވެ.

މިއާއިއެކު "މަޖީދިއްޔާގެ އަޑު އަންބާއާއެކު" މޮޓޯއަކަށް ބޭނުންކުރާ އަންބާގެ އިސްކުލަ އަކީ މަޖީދިއްޔާގެ ކުރީގެ ބެޖެއްގެ ކުލަ ކަމުގައިވާ މުށިކުލައެވެ. އަދި އަންބާގެ ރަސްމީ އިދާރާއަކީ މަޖީދިއްޔާ ސްކޫލެވެ.

އަންބާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ޖަމިއްޔާގެ މެންބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ފަންނު ދެމެހެއްޓުމުގެ ހަރަކާތްތައް ހިންގުމާއެކު، މަޖީދިއްޔާ ސްކޫލްގެ ބޭންޑާއި ރާއްޖޭގެ އެހެން ސްކޫލް ބޭންޑްތަކަށް އެހީގެ ފުރުސަތުތައް ހޯދައި މަގުފަހިކޮށްދިނުމާއި، ފެންވަރު ރަނގަޅުކުރުމަށްޓަކައި ހަރަކާތްތައް އިންތިޒާމުކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުތައް ތައާރަފުކުރުމާއި ބޭންޑް އިންސްޓްރަކްޓަރުން ބިނާކޮށްދިނުމާއި، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕަރފޯމިންގ އާޓްސްގެ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދެވުނު އޭއެމްބީސީގެ ބޯޑް މީޓިންގްގައި މި އަހަރުގެ ބޯޑް އޮފް ޑިރެކްޓާސް ވަނީ ހޮވާފައެވެ.

އެގޮތުން ނިމިދިޔަ ދައުރުގެ ކަންޓްރީ ޑިރެކްޓާ ފޮ މޯލްޑިވްސްގެ މަގާމުގައި ހުންނެވި، މިހާރުގެ އަންބާގެ ނާއިބު ރައީސް މުޙައްމަދު އަޒްމީ ރަޝީދު ވަނީ މާކެޓިންގް ޑައިރެކްޓަރގެ މަޤާމަށް އައްޔަނުކުރެވިފައެވެ. އަދި މި ދައުރުގެ ކަންޓްރީ ޑިރެކްޓަރ ފޮ މޯލްޑިވްސް ގޮތުގައި ވަނީ މިހާރުގެ އަންބާގެ ސެކެޓްރީ ޖެނެރަލް ގެ ގޮތުގައި ހުންނެވި މުޙައްމަދު ފަޔާޒް ހަމަޖައްސާފައެވެ.

ބޯޑް މީޓިން އަދި ޓެކްނިކަލް މީޓިންގްގެ އިތުރުން، 3 ގައުމެއްގެ އެސޯސިއޭޝަންއަކާއިއެކު އަންބާ އިން ވަނީ ތަފާތު 3 އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފައެވެ.

އެގޮތުން:

1. ކަލާގާޑް އެލައިއަންސް އޮފް ދަ ފިލިޕީންސް އިންކް

2. ދަމާޗިންގް ބޭންޑް އެސޯސިއޭޝަން އޮފް ތައިލޭންޑް.

3. އިންޑޮނީޝިއާ މާޗިންގް ބޭންޑް އެސޯސިއޭޝަން.

މި އެމް.އޯ.ޔޫ ތަކުގެ ބޭނުމަކީ ދިވެހިރާއްޖޭގެ މިއުޒިކް ކުރިއެރުވުމުގެ އިތުރުން ޤައުމުތަކުގެ ދެމެދުގައި މިއުޒިކްގެ ޞަޤާފަތް ދިރުވައި ހޭލުންތެރިކަން އިތުރުކުމެވެ.

މީގެ އިތުރުން ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ އިތުރުން މުބާރާތްތައް ބާއްވާ ހިންގުމުގެ ފުރުސަތު މިިކަމުގެ ސަބަބުން ހުޅުވިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.