ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ހަބަރު
25 May 2023 | 14:58
އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ޖަވާބުދާރީވާން ޖޫން 6 ގައި ޝާހިދު މަޖިލީހަށް ހާޒިރުކުރަނީ

ޗާގޯސް މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ، ފޮރިން މިނިސްޓަރ އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގެންނެވުމަށް އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވުމަށް ޗިޓް ހަވާލުކޮށްފިއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖެއަށް އެންމެ މަސްލަހަތު ބޮޑުގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާފާފުޅު އެރުވުމަކީ ފޮރިން މިނިސްޓަރުގެ ޒިންމާއެއް ކަމަށާ، އެހެން ނަމަވެސް މި މައްސަލައިގައި ޝާހިދު އެ މޭރުމުން މަސައްކަތްޕުޅު ކުރައްވާފައި ނުވާކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހއްދުން ބައެއް ގެއްލިގެން ދިއުމުގައި ޝާހިދުގެ އިހުމާލު އޮތްކަމަށް ބުނެ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ފާއިތުވި ހަފްތާގައެވެ. 

އެކާމާއި ގުޅިގެން މިމަހު 22 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވީ 13 މެމްބަރަކު ސޮޔާއިއެކު، މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 18 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށެވެ. އަދި މިނިސްޓަރ ޝާހިދަށް މިމައްސަލާގައި 14 ދުވަހުގެ ނޯޓިސް މިމަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފޮނުވާފައިވާކަމަށް މަޖިލީހުގެ ނައިބް ރައީސް ވިދާޅުވިއެވެ.

މި މައްސަލައިގައި ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ 500 މިލިއަން ޑޮލަރިގެ ޑީލެއް ހަދައިގެން ކަމަށާއި، އެކަމުގައި އިސްކޮށް އުޅުއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުން ނެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް އެ ސިޓީފުޅު ހާމަކުރައްވާފައި ނުވާކަމަށް ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ މަޖިލީސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

އަދި ސަރުކާރުން އެ ސިޓީ ސިއްރުކުރުމަކީ ކަނޑުވިއްކާލީ ޑީލު ހަދައިގެން ކަމަށް ކުރެވޭ ތުހުމަތަށް ބާރުލިބޭކަމެއްކަމަށް އެ އިއްތިހާދުން ފާހަގަކުރެއެވެ. 

ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށައަޅާފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން އޭޖީ ރިއްފަތަށް 14 ދުވަހުގެ ނޯޓިސްވެސް މިހާރު ވަނީ ދީފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ