ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
26 May 2023 | 08:02
"ޒަމާންތަކެއް ވަންދެން ހިފަހައްޓަމުން އައި ސްޓޭންޑް ކުއްލި ސިޓީ އަކުން ބަދަލުވީ ކިހާވަރެއްގެ ނުފޫޒަކުންތޯ"

ޒަމާންތަކެެއް ވަންދެން ޗާގޯސް މައްސަލައިގައި ހިފަހައްޓަމުން އައި "ސްޓޭންޑް" ކުއްލި ސިޓީ އަކުން ބަދަލުވީ ކިހާވަރެއްގެ ނުފޫޒަކުންތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.

އިއްޔެ ކުރިއަށް ދިޔަ ޖުމްހޫރީ ޕާޓީގެ 157 ވަނަ ކައުންސިލް ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ 2010 ވަނަ އަހަރު ދިވެހި ސަރުކާރުގެ ފަރާތުން ޗާގޯސްގެ މައްސަލައިގައި ހުށައަޅައި ހިފަހައްޓައިފައި  އޮތް ސްޓޭންޑް ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަހީދާއި، ރައީސް ޔާމިން ގެ އިތުރުން މި ސަރުކާރުންވެސް އެހާތަނަށް ހިފަހައްޓަމުން ދިޔަ ސްޓޭންޑް އެދުވަހު މޮރިޝަސްގެ ބޮޑު ވަޒީރުގެ ފަރާތުން ލިބުނު ކުއްލި ސިއްރު ސިޓީ އަކުން ބަދަލުވީ ކިހާވަރެއްގެ ކާކުގެ ނުފޫޒެއް ފޯރައިގެންތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

ޖޭޕިގެ މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޗާގޯސް މައްސަލައާއި ގުޅިގެން ގަރާރެއް ފާސްކޮފައެވެ.

އެގަރާރުގައި ގޮވާލައިފައިވަނީ ގެެއްލުނު، ކަނޑުގެ ސަރަހައްދު ހޯދުމަށް ސަރުކާރުން އެމައްސަލަ އަވަހަށް އިސްތިއުނާފް ކުރުމަށެވެ. އަދި އިސްތިއުނާފް ނުކޮށް އޮއްވައި ޖޭޕީ އަށް ވެރިކަން ލިބިއްޖެނަމަ އިސްތިއުނާފް ކުރުމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި ސަރުކާރުން އަމަލު ކުރީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށެވެ.

މިއަދުގެ ޖަލްސާގައި މި ގަރާރް އެކައުންސިލް ޖަލްސާއަށް ހުށައެޅުއްވީ ކެންދޫ ދާއިރާގެ މަޖްލިސް މެމްބަރު ޢަލީ ހުސެއިނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.