ވިލާ ހާޑުވެއަރ އައު ފިހާރަ
ވިޔަފާރި
26 May 2023 | 15:43
ވިލާ ހާޑްވެއާގެ ފިހާރައެއް ހުޅުމާލޭ ފޭސް 1 ގެ ވިލާ ޕެޓްރޯލް ޝެޑުގައި ހުޅުވައިފި

ވިލާ ގްރޫޕްގެ ފަރާތުން ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "ވިލާ ހާޑްވެއާ" ގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލެ ފޭސް 1 ގައި ވިލާ އިން ހިންގަމުންދާ ޕެޓްރޯލް ޝެޑްގައެވެ.

ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، އެ ފިހާރައިގެ އަމާޒަކީ ފެންވަރު ރަނގަޅު ހާޑްވެއާ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ގެނެސްދިނުމެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އެންމެ ތައުރީފު ލިބިފައިވާ ހާޑްވެއާ ޕްރޮޑަކްޓުތައް ރާއްޖެއަށް ތައާރަފްކޮށް، ޑިމާންޑާއި އެއްވަރަށް މި ޕްރޮޑަކްޓްތައް ބާޒާރަށް ނެރެ ދިނުން."

އެގޮތުން މި ފިހާރައިން ޕްރިމިއަމް ބްރޭންޑް ތަކުގެ އެކި އުފެއްދުންތައް އެކަށީގެންވާ އަގެއްގައި ލިބެން ހުންނާނެ ކަމަށާ، މިގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކެޓް (ކެޓަޕިލާ) ބްރޭންޑްގެ ޕަވާޓޫލްސް، ޓެކިރޯ އަދި ހެކްޓާ ޓޫލްސް ބްރޭންޑްގެ ހޭންޑްޓޫލްސްތައް ހިމެނޭ ކަމަށެވެ. މި ހުރިހާ ޕްރޮޑަކްޓް ތަކެއްވެސް ހޯލް ސޭލް އަދި ރީޓެއިލްކޮށްވެސް ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ފިހާރައިގެ އޮފިޝަލް ވިދާޅުވީ ވިލާ ހާޑްވެއާ އިން ލިބެން ހުންނަ ފްލައިވުޑްގެ ވައްތަރުތަކަށް ބަލާއިރު ރާއްޖެ މާކެޓުގައި އިތުބާރުހުރި މެލޭޝިއާ ފްލައިވުޑް، މެރިން ފްލައިވުޑް، ކޮމާޝަލް ފްލައިވުޑް އަދި ފިލްމް ފޭސްޑް ފްލައިވުޑް ލިބެން ހުންނާނެ ކަމަށެވެ. 

ގިނަ ހާޑްވެއާ ޕްރޮޑަކްޓްތައް ލިބެން ހުންނަ ވިލާ ހާޑްވެއާ އިން ކޮންޑިއުޓް ހޮޅީގެ ވައްތަރުތައްވެސް އެ ފިހާރައިގައި ހުރިއިރު، ތެރޭގައި އާންމު ގޮތެއްގައި އިމާރާތްތައް ހަދާއިރު ކޮންކްރީޓްގެ ތެރެއިން ނަރު އެޅުމަށް ބޭނުންކުރާ ހަރު ހޮޅީގެ އިތުރުން ސީލިންގް މަތިން ނުވަތަ ސިމެންތި ޖަހާއިރު އޭގެ އެތެރެ އިން ނަރު ދައުރު ކުރުމަށް އާންމުކޮށް ބޭނުންކުރާ ކޮރެގޭޓެޑް ކޮންޑިއުޓް ނުވަތަ ކޮންޑިއުޓް މަޑު ހޮޅި ހިމެނެއެވެ.

ވިލާ ހާޑްވެއާ އިން ލިބޭ އިތުރު ސާމާނުގެ ތެރޭގައި ލިޓަފްލެކްސް ފިޓިންގްސް، ހައި ކޮލެޓީ އެކި ސައިޒުގެ ކޭސިންގް، ކޮމްޕާޓްމަންޓް ޓްރަންކިންގް، ފްލޯ މަތީގައި ކޭބަލް އަޅާއިރު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ ކާޕެޓް ޓްރަންކިންގް ހިމެނެއެވެ.

"ވިލާ ހާޑްވެއާއިން ލިބެން ހުންނަ ޕަވަޓޫލްސް އާއި އެކު މިހާރު ރާއްޖޭގެ މާކެޓުގައި އާންމު ޕަވަޓޫލްސް ތަކުގެ އެސަސަރީސް ބޭނުން ކުރެވޭނެ. އެހެންކަމުން އަލަށް އެ ބްރޭންޑަށް ބަދަލުވާން ބޭނުންވާ ނަމަވެސް ކުރީގެ އެސަސަރީސް ބޭނުން ކުރެވުމަކީ މަސައްކަތްތެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ. ކޮންޑިއުޓް ހޮޅިއަށް ބޭނުންވާ ފިޓިންގްސް ވެސް މިހާރު އަޅުގަނޑުމެން އެބަ ވިއްކަން. މިއީ ކޮންޑުއިޓް ހޮޅިތަކާއި އެއް ފެންވަރަކަށް ތައްޔާރުކޮށްފައިވާ، ކޮލެޓީ ފިޓިންގްސް." ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވިލާ ހާޑްވެއާ އިން ވިއްކާ ހުރިހާ ސާމާނެއްވެސް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީ ކޮށްދެއެވެ.

ކޮލިޓީ ގިނަ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ވިލާ ހާޑްވެއާ އިން ލިބެން ހުންނަ ޕްރޮޑަކްޓްތަކާއި ގުޅޭ އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7211333 ނަންބަރަށް ވައިބާ ކޮށްގެން މައުލޫމާތު ލިބިގެން ދާނެއެވެ. މީގެ އިތުރުން ވިލާ ހަކަތައިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.