ރޭ ބޭއްވުނު މިނިވަންކަން ދަރުސްގައި ޝެއިޚު ސަމީރު ވާހަކަދައްކަވަނީ--
ހަބަރު
28 May 2023 | 10:53
ތާރީޚަށް ނަޒަރު ހިންގާލާއިރު، މިއަދުވެސް ދިވެހިންނަށް މިއޮތީ މިނިވަންކަމުގެ ވާހަކަ ދައްކަން ޖެހިފައި: ޝެއިޚް ސަމީރު

ތަރީޚަށް ނަޒަރު ހިންގާލާއިރުގައި، މިއަދުވެސް ދިވެހިންނަށް މިއޮތީ ދިވެހިންގެ މިނިވަންކަމުގެ ވާހަކަ ދައްކަން ޖެހިފައި ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ. 

ޖަމިއްޔަތުއް ސަލަފުން އިންތިޒާމްކޮށްގެން "މިނިވަންކަން" މި މަޢުލޫއަށް ރޭ ބޭއްވި ދަރުހުގައި ޝެއިޚު ސަމީރު ވަނީ، ރާއްޖެ އަކީ މިނިވަން ގައުމަކަށް ވުމަކާއި، ބޭރުގެ އެކިއެކި ބާރު ތަކުން ދިވެހި ގައުމު މިނިވަންކުރުމަށް އެކި ފަހަރު މަތިން، ކުރަންޖެހުނު މަސައްކަތާއި ޖިހާދުގެ މައްޗަށް އަލި އަޅުއްްވާލައްްވާފައެވެ. އެގޮތުން، ދިވެހި އެކިއެކި އަބުޠާލުންނާއި، ދިވެހި ގައުމު ދެކެ ލޯބިވާ ދިވެހި ރައްޔިތުން، އަބަދުވެސް ދައްކާފައިވަނީ ބޮޑެތި ބާރު ތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށާ، ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށްވީ ނަމަވެސް ދިވެހިންގެ ޢަޒުމާއި، ހިތްވަރުން ބޮޑެތި ގައުމުތަކާއި ދެކޮޅަށް ނުކުމެ الله ގެ ވާގިފުޅާއިއެކު ނަސްރު ހޯދާފައިވާ ކަން ޝެއިޚު ފާހަގަކުރެއްވިއެވެ.  

މިއާއެކު ޝެއިޚު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ވާހަކައާއި، މިނިވަންކަމަށް ކަންބޮޑުވުމާއި، މިނިވަންކަމުގެ އިހްސާސްގެ ވާހަކައަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ދައްކަންޖެހޭ ވާހަކައެއް ކަމަށެވެ. އަދި ތާރީޚަށް ނަޒަރު ހިންގާލާނަމަ، މިއަދުވެސް މިނިވަންކަމުގެ ވާހަކަ ދިވެހިން ދައްކަން ޖެހިފައިވާ ކަމަށް ޝެއިޚް ވިދާޅުވި އެވެ. 

"ތަރީޚަށް ނަޒަރު ހިންގާލާއިރުގައި، މިއަދުވެސް ދިވެހިންނަށް މިއޮތީ އެވާހަކަ ދައްކަން ޖެހިފައި. މިއަދު އަޅުގަނޑުމެން އުފެދޭ ސުވާލަކީ ތާރީޚް އަލުން އެނބުރި އަނެއްކާ އިޢާދަވަނީބާވައޭ. ސިއްރު ސިއްރުން ކޮށްފައިހުރި ކަންކަމުގެ ސުންޕާކަން ދިވެހިންނަށް ތާރީޚްގައި ވެސް އައިސްފައިވާއިރުގައި، އަނެއްކާ ވާން މިއުޅެނީ ކިހިނެއް ބާވައޭ. ހަމަ ގައިމުވެސް މިއަދު ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެ ސުވާލު އެބަ އުފައްދާ. ހާމަ ނުކުރެވޭ ސިއްރު އެގްރީމެންޓް ދަށުގައި ދިވެހިރާއްޖޭގައި ކިތައް އަސްކަރިއްޔާާގެ މީހުން ތިބިތޯ ސުވާލު އުފެދޭ މިއަދު އެބަ. ބިރުވެރިކަމާއި ނާމާކަން މިއަދު މިއޮތީ. އެމީހުން އަޅުގަނޑުމެންނާ ދޭތެރޭ ކަންތައް ކުރާނީ ކިހިނެއްތޯ ކުރީގައި ކަންތައް ކުރި ގޮތަށް ބަލާފައި އަޅުގަނޑުމެންގެ ތަޖުރިބާ އެބައޮތް. އަޅުގަނޑުމެންގައިގައި ކަށިޖަހާފައި ހުރީ އެއްފަހަރަކު ދެފަހަރަކު ނޫން. އެހެންވީމާ ދެންވެސް ކަށިޖަހާފާނެ ކަމުގެ ވިސްނުން އަޅުގަނޑުމެންގެ އޮންނަން ޖެހޭނެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ހިނގުމަށް އަޅުގަނޑުމެން ޖާގަދީގެން ނުވާނެ."  

ޝެއިޚް އަހުމަދު ސަމީރު 

ޝެއިޚު ސަމީރު ވިދާޅުވީ، އިގްތިޞާދީގޮތުންނާއި އަސްކަރީގޮތުންވެސް މީގެ ކުރިން ބޭރުގެ އެކިއެކި ގައުމުތައް ރާއްޖެއަށް ކަޅި އަޅަމުންދިޔައީ ރާއްޖެއޮތްތަނުގެ ގޮތުން ކަމުގައިވާއިރު، މިއަދުވެސް ރާއްޖެ އޮތީ ހަމައެތަނުގައި ކަމަށެވެ. އެހެންކަމުން، މިއަދުވެސް މީހެ ކުރިން ރާއްޖެ ހިފުމަށް ދަހިވެތިވި މީހުން، އެކަން ކުރުމަށް ދަހިވެތި ނުވާނެ ކަމަށް ދިވެހިން ގަބޫލުކޮށްގެން ނުވާނެކަމަށެވެ.

އަދި ދިވެހިން މިނިވަން ގައުމެއްގެ ގޮތުގައި މިހާ ދުވަހުވެސް އޮތީ, ދިވެހިންގެ އަގީދާއާއި، ދިވެހިންގެ ހިތްވަރާއި ސާބިތު ކަމުން ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. އެެގޮތުން، ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާދެވުނު ހިނދު ދިވެހިންގެ ދީނާއި، ދިވެހި ގައުމުގެ ދިފާއުގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރުގެ ވާހަކައިން ޝެއިޚްވަނީ މިސާލު ޖައްސަވާފައެވެ. 

"ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާގައި ދިވެހިރާއްޖެއިން ނުކުތް، ޒުވާން ލީޑަރުން، ޝަހީދު ހުސައިން އާދަމް ފަދަ، ގޮވަމުން ދިޔައީ، ތިމަންނަގެ ނަފްސް ސަލާމަތްކުރާށެކޭ ނޫނޭ. މި ގައުމުގެ ހިމާޔަތުގައި ޖަހާނެ ވަޒަނެއް އުންޑައެއް އޮތީ ކޮންތާކުތޯ ބަލަމުން ދިޔައީ. އެމީހުންނަށްވެސް ހަމަ ބުނެވޭނެ ތިމަންނަ ވައްދާށޭ މިތާ އެތެރެއަށް. ނޫން. ބައެއް މީހުން މިކަންކަންވެސް ޖޯކަކަށް ހަދައިގެން ވާހަކަ ދައްކަނީ. (އެކަމަކު) އަޅުގަނޑުމެންގެ މިގައުމުގެ ހައްގުގައި އެންމެ ވަޒަނެއް ޖެހި މީހަކުވެސް އެއީ އަޅުގަނޑުމެންގެ ހިތުގައި މަތިވެރި މަގާމެއް ދެވިފައިވާ މީހެއް. އަދި އަޅުގަނޑުމެންގެ ހެޔޮ ދުޢާގައިވެސް އެމީހުން ބައިވެރި ކުރެވެން ޖެހޭނެ"

އައްޝައިޚް އަޙްމަދު ސަމީރު 

ޝެއިޚު ސަމީރު ވިދާޅުވީ، އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހި އަބުތާލުން ޖިހާދުކޮށް ޝަހީދުވިއިރު، މިއަދު ދިވެހި ރާއްޖޭގައި އިސްލާމްދީން ގަބޫލުނުކުރާ މީހުން އުޅޭ ކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ މީހުންގެ ބަސް ދިވެހިންގެ ތެރޭގައި ވިކޭ އިރު، ދިވެހި ރާއްޖޭގެ ބަސްވިކޭ މަގާމުތަކާއި ސިޔާސަތު އެކުލަވާ ލުމުގައިވެސް އެމީހުންގެ ނުފޫޒް ވަރަށް ބޮޑަށް ފޯރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޝެއިޚު ވިދާޅުވި އެވެ. ކުރީޒަމާނުގައި ކަޅު މުހައްމަދު ރަސްގެފާނު އަރުވާލެވިގެން ހުރީ ގދ. ވާދޫގައި ކަމަށާ، މިއަދު ދީނަށް ހަޖޫ ޖަހާ މީހުން ޖަހަމުން ދަނީ، ދިވެހިންގެ ގޮތުގައި ތިބެގެން، ދިވެހި ބަހުން، އދ ފަދަ ތަންތަނުގައިތިބެގެން ކަން ފާހަގަކުރައްވައި ޝެއިޚު ވިދާޅުވީ އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެހެންކަމުން، ދިވެހިން އެފަދަ މީހުންނަށް، ނުވަތަ އެއްވެސް ބަޔަކަށް އެ ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.