ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް/ ފޮޓޯ: ވޮއިސް
ހަބަރު
31 May 2023 | 10:42
ކަނޑުވިއްކާލުމާއި ދެކޮޅު ޖަލްސާގައި ބައިވެރި ނުވުމަށް އެދި ޤާސިމްގެ މެސެޖެއް!

ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިގެން ދިއުމާއި ދެކޮޅަށް ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން މި ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ "ބާނަ ބާނަތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ކައުންސިމް މެމްބަރުންނާއި އާންމު މެމްބަރުން ބައިވެރި ނުވުމަށް އެދި ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑީޑޭޓު ޤާސިމް އިބްރާހިމް އެދިވަޑައިގަންނަވައިފި އެވެ. 

ޤާސިމް މިފަދައިން އެދިވަޑައިގެންފައި ވަނީ ޖޭޕީގެ ކައުންސިލް މެމްބަރުންނާއި ލީޑަޝިޕް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ގާސިމް ފޮނުއްވި މެސެޖެއްގަ އެވެ. 

"2 ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެމްބަރުން ބައިވެރިވެވަޑައި ނުގަތުމަކީ އަޅުގަނޑުގެ އިޚްލާސްތެރި ނަސޭޙަތާއި އިލްތިމާސެއް"

ޖޭޕީގެ ލީޑަރު ޤާސިމް 

ޤާސިމްގެ އެ މެސެޖުގައި އިތުރަށް ވިދާޅުވީ އެ މައްސަލައިގެ ހަގީގީ ނަތީޖާއެއް ހާސިލްކުރެވޭނީ އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ މަގެއް ފެނޭތޯ ގާނޫނީ ބޭފުޅުންގެ ލަފާއެކީ މަސައްކަތް ކުރުންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސިއްރު ސިޓީފުޅަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަކަމަށްބުނެ، ގެއްލުނު ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އިއްތިހާދެކެވެ. 

އެ އިއްތިހާދުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިތުރުން، ދި ޑިމޮކްރެޓްސް (ކުރީގެ ފިކުރެއްގެ ދިރުން) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ޖުމްހޫރީ ޕާޓީ ހިމެނެއެވެ. އެ ކޯލިޝަނުގައި އުމަރު ނަސީރާއި، ކުރީގެ ބަންޑާރަ ނައިބުންވެސް އިސްކޮށް ހަރަކާތްތެރިވެ އެވެ. 

ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވި ނަމަވެސް، ކަނޑުގެ ސަރަހައްދާއި ގުޅޭ މައްސަލައިގައި އެކުގައި މަަސައްކަތް ކުރުމަށް އެ އިއްތިހާދުން ވަނީ އެއްބަސްވެފައެވެ. 

2 ޖޫންގައި ބާއްވާ ހަރަކާތަކީ އެ އިއްތިހާދުން ކަނޑު ވިއްކާލުމާއި ދެކޮޅަށް ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. އޭގެ އިތުރުން ކަނޑުވިއްކާލުމާއި ދެކޮޅު ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ. 

2 ޖޫންގެ ރެލީގައި ބައިވެރިނުވުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އެދިވަޑައިގެންފައި ވީ ނަމަވެސް، އަދި ކަނޑު ވިއްކާލުމާއި ދެކޮޅު ކޯލިޝަނާއި ޖުމްހޫރީ ޕާޓީ ވަކިވެފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.