މެމްބަރު ހުސެއިން މުޙައްމަދު ލަތީފު/ ފޮޓޯ: މަޖިލިސް
ހަބަރު
31 May 2023 | 12:01
ޖަވާބުދާރީވާން ބަންޑާރަނައިބު ވަޑައިނުގަތީ ފިނޑިކަމުން، އިސްތިއުފާ ދޭން ޖެހޭ: ހުސައިން

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވާން ވަޑައިނުގެންނެވީ ފިނޑިކަމުން ކަމަށާއި، ދެން އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިސްތިއުފާދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ. 

މެމްބަރު ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އެމަނިކުފާނު ޖަވާބުދާރީވެ ވަޑައިގަތުމަށް ތާވަލުކޮށްފަ އެވެ. 

އެހެން ނަމަވެސް ހާޒިރުވެވަޑައިނުގެން ބަންޑާރަނައިބުވަނީ ލިޔުމެއް މަޖިލީހަށް ފޮނުއްވާފައެވެ. 

އެއާއެކު ބަންޑާރަނައިބު މަޖިލީހަށް ޖަވާބުދާރީވެލައްވަން ޖެހިވަޑައިގަންނަވާ ގޮތާއި ގުޅިގެން މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ޙައްލު ނުކުރެވުމުން ރިޔާސަތުން ވަނީ އެ މައްސަލަ މަޑުޖައްސާ ސުޕްރިމް ކޯޓުގެ ލަފާ ހޯދައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. 

އެކަމަށް އިޝާރާތްކުރައްވާ މެމްބަރު ހުސެއިން ވިދާޅުވީ ބަންޑާރަނައިބު މަޖިލީހަށް ޖަވާބުދާރީވެލައްވަން ޖެހިވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވާ ކަމަށެވެ.

އެކަން، އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި، މަޖިލީހަށް ވަޑައިނުގަތީ، ފިނޑިވެ ރައްޔިތުންނާއި ކުރިމަތިލައްވަން ނެރިވަޑައި ނުގަންނަވާތީ ކަމަށެވެ. 

އަދި އެމަނިކުފާނު ޖަވާބުދާރީވާން ވަޑައިނުގެންނެވުމުން، ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލި މައްސަލައިގައި އެމަނިކުފާނުގެ އޮތްކަން ސާފުވެގެން ގޮސްފައިވާކަމަށް މެމްބަރު ހުސެއިން ވިދާޅުވި އެވެ. 

"އެބޭފުޅާ މިހާރުން މިހާރަށް އިސްތިއުފާދެއްވާފަ ވަޑައިގަންނަވަން އެބަޖެހޭ. ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓުގެ ބައެއް ބޭފުޅުން ވެސް މި މައްސަލައިގައި ގޯސްތައް ހަދައިފި. ދިވެހިރާއްޖޭގެ ކަނޑު ވިއްކާލައިފި. މަސް ބާނަ ބާނަ ތިއްބާ ގޮސް... ރައްޔިތުން އެން އުކާލަ އުކާލަ ތިއްބާ ގޮސް ކަނޑު ވިއްކާލައިފި" 

ހުސެއިން މުޙައްމަދު ލަތީފު 

މެމްބަރު ހުސެއިން ވިދާޅުވީ އިޚްލާސްތެރިކަމެއް ހުރި ބޭފުޅެއްނަމަ މަސައްކަތް ކުރައްވާނީ ރާއްޖެއަށް ކަނޑުގެ ސަރަހައްދުން އިންޗިއެއް ވެސް އިތުރުކުރެވޭނެ ގޮތަކަށް ކަމަށެވެ. 

އެހެން ނަމަވެސް މި ސަރުކާރުން ގަސްދުގައި ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށްފަހު، ރައްޔިތުންނަށް އޮޅުވާލުމަށް ބޮޑުބައި ލިބުނީ ރާއްޖެއަށް ކަމަށް ބުނެ ހަވާއެރުވި ނަމަވެސް، އެކަން ގަބޫލުކުރާނެ ބަޔަކު ނެތްކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ހީވެސް ނުކުރާވަރުގެ ގެއްލުމެއް ލިބިގެންދާނެކަމަށް މެމްބަރު ހުސެއިންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ހޮކަންޑޭ
ކަލެއަށްދޯ އެގެނީ އިސްތިއުފާދޭންވީމާ
31 May 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.