މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ/ ވޮއިސް
ހަބަރު
01 Jun 2023 | 11:58
2022-2023 އަށް އެކަނި ބަލާލިޔަސް ފެންނަނީ މުޖުތަމައުގައި އޮތް ބިރުވެރިކަމާއި ނާމާންކަން: ޠާރިގު

2023 ވަނަ އަހަރަށް އެކަނި ބަލާލިޔަސް ފެންނަނީ މުޖުތަމައުގައި އޮތް ބިރުވެރިކަމާއި ނާމާންކަން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި، އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން އެންމެ އަޑު ހަރުކޮށް ދައްކަވާ ވާހަކަ އަކީ ރައީސް ޞާލިހުގެ މި ފަސް އަހަރު މުޖުތަމަޢުގައި އަމާންކަން ގާއިމް ކުރެވިފައިވާ ވާހަކައެވެ. މުޖުތަމައުގައި ކުށްތައް މަދު ކަމާއި، އާއްމުންނަށް ރައްކާތެރިކަންވެސް ހީދައި ދެވުނު ވާހަކައެވެ. 

އެވާހަކަތަކަށް ރައްދު ދެއްވައި، މި ދައުރުގެ ހަމައެކަނި 2022 އަދި 2023 ގައި މިހާތަނަށް ހިނގާފައިވާ މަރުގެ މައްސަލަ ތަކުގެ ޚަބަރުތަކަށް އިޝާރަތްކުރައްވާ ޠާރިގު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހް އަށް ދެވަނަ ދައުރެއް ދޭށޭ ބުނެ ސަބަބަކަށް ދައްކަނީ ދިވެހިރާއްޖެއަށް އަމާންކަން ގެނެވިއްޖެކަމުގެ ވާހަކަ ކަމަށެވެ.

އެހެން ނަމަވެސް، 2022 އަދި 2023 އަށް އެކަނި ބަލާލިޔަސް ފެންނަނީ މުޖުތަމައުގައި އޮތް ބިރުވެރިކަމާއި ނާމާންކަން ކަމަށް ޠާރިގު ވިދާޅުވިއެވެ. 

"ރައީސް ޞާލިހު ބޭލުން ނޫންގޮތެއްނެތް." ޠާރިގު ވިދާޅުވިއެވެ. 

ރައީސް ޞާލިހުގެ މި ދައުރަކީ އަމާން ދައުރެއް ކަމަށް އެމަނިކުފާނާއި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވާއިރު، ރާއްޖޭގައި ހިނގައިދިޔަ އެންމެ އަނިޔާވެރި އެއް ގަތުރު ކަމުގައިވާ ޏ. ފުވައްމުލަކު ޝިޢާއުގެ ގަތުލު ހިނގާފައިވަނީ މިދައުރު ތެރޭގައެވެ. އަދި މީގެ އިތުރުން އދ. ދަނގެތީ މަހުމޫދު އާއި، ހުޅުމާލޭގައި 13 އަހަރުގެ ކުއްޖެއް އަނިޔާވެރި ގޮތެއްގައި މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އެއްލާލީވެސް ހަމަ މިދައުރު ތެރޭގައެވެ. 

މިނޫންވެސް އެތައް ބިރުވެރި، ނާމަން ކަންކަމާއި، ކުށްތައް އިންތިހާއަށް މިދައުރުގައި ގިނަވެގެން ގޮސްފައިވާއިރު، މި ދައުރަކީ އަމާން ދައުރެއް ކަމުގައި ސަރުކާރުން ބުނާ ކޮންމެ ފަހަރަކު ރައްޔިތުން އެވާހަކަތައް ސަރުކާރަށް ހަނދާން ކޮށްދެއެވެ.  

ކޮމެންޓް
ަިަހައިސާ
ބޯހަމަ ނުޖެހަެ ވާ ހަކައެއް މިގައުމު މިވީ 40އަހަރުގަވެސް މިހާަ އަމާން ކޮށް މީހުން ނޫޅޭ. މީ އެންމެ ހަމަޖެހޭ އަމާން 5އަހަރު .
01 Jun 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.