ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާގައި ރައީސް ޔާމިނަށް ޚާއްސަ ގޮނޑިކޮޅެއް/ ފޮޓޯ: ޕީޕީއެމް
ރިޕޯޓް
03 Jun 2023 | 12:40
ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާގެ މެދުގޮނޑި ޚާއްސަކުރީ ރައީސް ޔާމިނަށް!

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގަސްދުގައި ސަރުކާރުން ދޫކޮށްލާފައިވާކަމަށް ބުނެ، އެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ގިނަ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންނާއި ޤާނޫނީ ފަންނުގައި ފުންނާބުއުސް އެތައް ބަޔަކު ވަނީ ގުޅިގެން ބިޔަ ބޮޑު މަސައްކަތެއް ފަށާފައެވެ. 

މި މައްސައްކަތުގެ ތެރެއިން ރޭ ކާނިވާ ސަރަހައްދުގައި ވަނީ ބޮޑު މާސިންގާ ޖަލްސާއެއް ބާއްވާފައެވެ. 

ސިޔާސީ ގޮތުން ޚިޔާލުތަފާތުވުން އޮތް ގިނަ ބަޔަކު، އެއްގަލަކަށް އަރާ، ކަނޑުން ގެއްލުނު ބައި ހޯދުމަށް ގޮވާލާ، ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި، މި ކަމުގައި އިސްކޮށް އުޅުއްވާ ހުރިހާ ފަރާތްތަކެއް ވަނީ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވާފަ އެވެ. 

ރައްޔިތުންނާއި ސީދާ މުޚާތަބުކުރުމުގެ ފުރުސަތު ލިބިވަޑައިނުގަތީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށެވެ. އެމަނިކުފާނު މިވަގުތު ގެންދަވަނީ، މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމެއް ތަންފީޒުކުރައްވަމުން ނެވެ. 

އެހެން ނަމަވެސް، ޤައުމީ މި ބޮޑު މަސައްކަތުގައި އެމަނިކުފާނު ނެތްކަމުގެ ފަޅުކަން، ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުން އިހުސާސް ކުރާކަން ޖަލްސާއިން ފެނިގެން ދިޔަ ބައެއް މަންޒަރުތަކުން ހާމަވެގެން ދިޔައެވެ. 

ކާނިބާ ސަރަހައްދުގައި ބޭއްވި ޖަލްސާ 

އެއްކަމަކީ ޖަލްސާގެ ގޮނޑި ބަރި އަތުރާލާފައިވާ ގޮތެވެ. ގިނަ ސިޔާސީ ޕާޓީތަކާއި، ވެރިކަމަށް ކުރިމަތިލައްވާފައި ތިބި ބައެއް ލީޑަރުން ވެސް ކަނޑުވިއްކާލުމާއި ދެކޮޅު ކޯލިޝަނުގައި އިސްކޮށް ތިއްބެވިއިރު، ރޭގެ ޖަލްސާގެ މެދުގޮނޑި ޚާއްސަކޮށްފައިވަނީ ރައީސް ޔާމިނަށެވެ. 

އެމަނިކުފާނަށް ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވުނު ނަމަވެސް، އެމަނިކުފާނަށް ޚާއްސަ ގޮނޑިކޮޅެއް ވަނީ ބަހައްޓަވާފައެވެ. 

އަނެއްކޮޅުން ބޮޑު ޖަލްސާ ފެއްޓެވީ ރައީސް ޔާމީނުގެ ވަދާއީ ޚިތާބުންނެވެ. 

ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް އެމަނިކުފާނުގެ ވަދާއީ ތަގުރީރުގައި ކުރެއްވި އިލްތިމާސްތަކުގެ ހަނދާންތައް އާކޮށްލުން ވެގެން ދިޔައީ ފުރި ބާރުވެފައިވާ ކާނިވާ އެކަށް ކައްކުވާލި ކަމަކަށެވެ. 

ޖަލްސާގައި ރައީސް ޔާމީންގެ ވަދާއީ ތަގުރީރު 

އެޖެންޑާގެ ފުރަތަމަ ނަންބަރު ރައީސް ޔާމިނަށް ޚާއްސަކުރުމަކީ ވެސް އިއްތިހާދުން އެމަނިކުފާނު މި މަސައްކަތުގައި އަމަލީ ސިފައެއްގައި ނެތްކަމުގެ ފަޅުކަން އިހުސާސްކުރާކަމުގެ ރަމްޒެކެވެ. 

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ގެންދަވަނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހުންނަވައިގެން ވެސް ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއަށް ލިބިގެންވާކަން ގަބޫލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅަކީ ރައްޔިތުންނަށް ސިއްރުން ފޮނުވި ސިޓީފުޅެއްކަމަށާއި، އެ ނިންމުން ރައްޔިތުން ޤަބޫލުނުކުރާނެކަމަށް ކަނޑައަޅާ ރައީސް ޔާމީނުގެ އިރުޝާދާއެކު އިދިކޮޅުން ވަނީ ބައިނަލްއަގުވާމީ ކޯޓަށް ސިޓީއެއްވެސް ފޮނުވާފަ އެވެ. 

އޭގެ އިތުރުން އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލަ ރާއްޖެއަށް ގެއްލުންވާގޮތަށް ނިމިއްޖެކަމަށް ވާނަމަ އެ ނިންމުން ބޮލާލާ ޖައްސަވާ، ދިވެހިންގެ މަސްލަހަތު ޙިމާޔަތްކުރައްވާނެކަމަށް ރައީސް ޔާމިން ވަނީ އިޓްލޮސް މައްސަލަ ނިމުމުގެ މާކުރިން ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.