ރޭގެ ރެލީގެ ތެރެއިން އިންޑިއާ އައުޓް ބެނާ ދަމާފައި-- ފޮޓޯ/ ވޮއިސް
ހަބަރު
03 Jun 2023 | 16:04
"އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ފޮނުވި ބައެއް؛ އެކަމަށް ތާއީދެއް ނުކުރަން: ދަ ޑިމޮކްރެޓްސް

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރާވާ ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ތާއީދު ނުކުރާ ކަމަށާ، އަދި ރޭގެ ރެލީގައި އެފަދަ ބެނާއެއް ދަމާފައިވަނީ ސަރުކާރުން ފޮނުވި ބައެއް ކަމަށް އެ ޕާޓީން ތުހުމަތުކޮށްފި އެވެ.

ރޭ އިދިކޮޅުން އިސް ނަގައިގެން ކަނޑު ވިއްކުމާ ދެކޮޅަށް "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ނަމުގައި ކުރިޔަށް ގެންދިޔަ ޖަލްސާގެ ތެރެއިން "އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓް ތަކެއްލައިގެން ތިބި ބަޔަކު ވަނީ "އިންޑިއާ އައުޓް" ބެނާ ދަމާފައެވެ.

"ކަނޑު ވިއްކުމާއި ދެކޮޅަށް" ނަމުގައި ބޭއްވި މިހަރަކާތުގެ ތެރެއިން އެފަދަ ބެނާއެއް ދެމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވެގެންދިޔަ އިރު، އިންޑިއާ އައުޓް ހަރަކާތާއި ދެކޮޅުކަން މަޖިލީހުގެ ތަޅުމުގަޔާއި އެނޫންވެސް ތަންތަނުގައި ހާމަކޮށްފައިވާ މަޖިލީހުގެ ރައީސް, ރައީސް ނަޝީދުގެ ޕާޓީން ފިކުރު ބަދަލުކޮށް "އިންޑިއާ އައުޓް" ކެންޕޭނަށް ތާއީދު ކުރަން ފެށީތޯ ވެސް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ޚުދު ނަޝީދު އަކީވެސް އިންޑިޔާއަށް ނުހަނު ތާއީދު ކުރައްވާ އެ ގައުމުގެ ސަރުކާރާއި މިހާރުވެސް ވަރަށް ގާތް ގުޅުމެއް އަންނަ ފަރާތެއް ކަމަށްވާއިރު އެފަދަ ކަމެއް ފެނުމުން އެކަމުގައި އެ ޕާޓީގެ ސްޓޭންޑް އާއި މެސު ވަނީ ސުވާލު އުފެދިފައެވެ. 

އެކަމާ ގުޅިގެން ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ވަނީ، އެކަން ކޮށްފައިވަނީ ރޭގެ ޖަލްސާގެ މަޤްޞަދު އޮޅުވާލަން ކަމަށް ބުނެފައެވެ. އަދި ޑިމޮކްރެޓްސް އިން ބައިވެރިވި އެ ހަރަކާތުގައި "އިންޑިއާ އައުޓް" ބެނާ ދަމާފައިވަނީ ސަރުކާރުން ފޮނުވި ބައެއް ކަމަށް ގަބޫލުކުރެވޭ ކަމަށާ، ރޭގެ ހަރަކާތަކީ ރާއްޖޭގެ ބައިނަލްއަގުވާމީ ބައިވެރިންނާއި ދެކޮޅަށް ހިންގުނު ހަރަކާތެއްގެ ގޮތަށް ސިފަ ކުރުމަށް މަސައްކަތް ކުރިކުރުން ކުށްވެރި ކުރާކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން އެ ޕާޓީން ބުނީ, އެކުވެރި ޤައުމުތަކާއެކު ގާތް ގުޅުމެއް އެ ޕާޓީން ބާއްވާނެ ކަމަށާއި އަދި ޚާއްސަކޮށް އަވައްޓެރި ޤައުމުތަކާއެކު ގާތް ގުޅުމެއް އެ ޕާޓީން އޮންނާނެ ކަމަށެވެ. އަދި އެކަމަށް ހުރަސް އެޅޭނެ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވައި އެ ޕާޓީން ބުނީ, ޑިމޮކްރަސީ ރާއްޖޭގައި ކުރިއަރުވާ, ދިވެހިންގެ ލާބައަށް ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމުކަން އެ ޕާޓީއަށް އެނގޭ ކަމަށެވެ.

ޑިމޮކްރެޓްސްއިން ބުނީ، ރޭގެ ރެލީއަކީ ރާއްޖޭގެ ކަނޑުން ބައެއް އެހެން ޤައުމަކަށް ދިނުމުން އެކާމާއި ދެކޮޅަށް ހިންގުނު ހަރަކާތެއް ކަމަށާ، އެކަމާ ގުޅިގެން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ގުޅެން ޖެހުނު ހުރިހާ ބަޔަކާއެކީ މަސައްކަތް ކުރާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، ރެލީގަ އަނެއް މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަކީ ދެފުށް ފެންނަ ސަރުކާރެއް ނޫން ކަން ހާމަ ކުރުމާއިއެކު، ސަރުކާރުގެ ސިޔާސަތު ތަކުގެ ދޯހަޅި ކަން ހާމަކުރުން ކަމަށްވެސް ބަޔާނުގައިވެއެވެ.

މިއާއެކު މޮރިޝަސްގެ ބޮޑު ވަޒީރަށް, ރައީސް ޞާލިޙް ފޮނުވި ސިޓީ ހާމަކުރަން ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.