މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު-- ފޮޓޯ/ ވޮއިސް
03 Jun 2023 | 18:20
ރޭގެ ޖަލްސާއާއިމެދު ހާސްވުމުގެ ކުރީން ސަރުކާރުން ޖަވާބު ހޯދާލަން ޖެހޭ ސުވާލުތަކެއް ސައީދު ކުރައްވައިފި

‏ސަރުކާރާއި އެމްއެންޑީއެފް ޗީފް އަދި ޕޮލިސް ކަމިޝަނަރ "އަރިހުގައި ތިއްބަވާ ސިޔާސީ ވިންގުގެ ބޭފުޅުން" ރޭގެ ޖަލްސާއާއިމެދު ހާސްވުމުގެ ކުރީން އަމިއްލައަށް ޖަވާބު ހޯދުން މުހިންމު ސުވާލު ތަކެއް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ކުރައްވައިފި އެވެ.

އިދިކޮޅު ގުޅިފައިވާ އިއްތިހާދުން ރޭ ބޭއްވި ރެލީ ފެށުމުގެ ކުރިން، ފުލުހުން ވަނީ އެ ޖަލްސާގައި ގާނޫނާއި ޚިލާފު ކަންކަން ހިންގުމަށް ރާވަމުންދާ ކަމަށްބުނެ މައުލޫމާތު ލިބޭ ކަމަށް ބުނެ އެފަދަ ކަމެއް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ޖަލްސާގައި ހަމަ ނުޖެހުމެއް ހިނގާފައިވާނެ ކަމަށް ބަލައި ޖަލްސާ ކުރިއަށްދިޔަ ވަގުތުގައި ފުލުހުންނާއި ސިފައިންވެސް ވަނީ ފޯރިމަރާފައެވެ. 

އެކަމާއި ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ އިދިކޮޅު އިއްތިހާދުގެ އެ ރެލީއާއި ގުޅިގެން ހާސްވުމުގެ އަމިއްލައަށް ޖަވާބު ހޯދުން މުހިންމު ސުވާލުތަކެއް ހުރި ކަމަށެވެ.

އެގޮތުން ސަޢީދު ފާހަގަކުރައްވާފައިވާ ސުވާލުތަކަކީ؛ 

1. ރާއްޖޭގެ ކަނޑުން ބައެއްގެއްލިއްޖެތޯ އާއި ގެއްލުނުނީ ކިހާސަރަހައްދެއްތޯ އާއި ގެއްލުނީ ދިވެހިރަާއްޖޭގެ ސަރަހައްދުން ބައެއްނޫންތޯ؟

2. މޮރިޝަސްގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ސިޓީއެއް ފޮނުވިތޯ؟

3. ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭން މަގުފަހިވެ އަދި އެކަންކުރިޔަސް ދިވެހީން ރުހޭނެކަމަށް ބާރުލިބޭ އެސިޓީ މަޖިލީހާއި ރައްޔިތުންނަށް ސިއްރުކުރީ ކީއްވެތޯ؟

4. މަސްކަނޑުގެއްލުނީ މޮރިޝަސްއަށް ރޖ ފޮނުވިސިޓީގެ ކުރިންތޯ ނުވަތަ ފަހުންތޯ؟

5. މޮރިޝަސް އާއި ރާއްޖެ ހިއްސާކުރާ ބޯޑަރެއް އޮވޭތޯ؟

6. އައްޑޫގެ ދެކުނަށް އޮއްނަ ފޯޅަވައްސަކީ ކޮންްބައެއްގެ ތަނެއްކަން ނިއްމާފައި މިނިވަން މުސްތަޤިއްލު ދައްލަތެއްގެ ދަރަޖަ ލިބި އ.ދ އިން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް ބަލައިގަންފަވޭތޯ އާއި އެކަން ނުވާއިރު މޮރިޝަސްއަށް ރާއްޖޭގެ ސަރަހައްދެއް ދޭންޖެހޭ ސަބަބަކީ ކޮބައިތޯ؟

7. ދާއަޅައިގެން މަސްހިފަނީ ދިވެހިންތޯ؟ ނުވަތަ މޮރިޝަސްތޯ؟

8. މިއީ ގެއްލުމެއްތޯ ނޫނީބމިކަމުން ދިވެހިންނަށް ވާނީ ފައިދާތޯ؟

9. ދިވެހިން 45،000 އަކަ ކިލޯމީޓަރު ނުވަތަ ސްވިޓްޒަލޭންޑް ވަރުގެ ސަރަހައްދެއް ކަނޑުންދޫކޮއްލަން ބޭނުންނަމަ، އިންޓަނޭޝަނަލް ބިޑިންއެއްގައި ދާއެޅުމުގެ ހުއްދައާއި އެކު އެސަރަހައްދު ވިއްކާލިނަމަ ރާއްޖޭގައި މިހާރުއޮތް ބިޔަ ދަރަނި އަރަންޏަށްވެ އަދި ބިލިއަނުން ޑޮލަރުގެ ރިޒާވެއް ޖަމާނުކުރެވޭނެތޯ؟

އެ ސުވާލު ތަކާއި އެކު ސައީދު ވިދާޅުވީ އެފަދަ ޖަވާބު ހޯދަންޖެހޭ އެތައް ސުވާލެއް ހުރިއިރު އެ ވާހަކަދައްކާ އިހުތިޖާޖު ގޯސް ވާނަމަ، ފުލުހުންނާއި ސިފައިންގެ ޤާނޫނީ ހުވާގައި ބުނާއެއްޗެއް އަމިއްލައަށް އަދި އެއްފަހަރު ކިޔާލަންޖެހޭ ކަމަށެވެ. 

އަދި އެ މައްސަލަ އާއި ގުޅިވައި ހަމަނުޖެހުންތަކެއް ހިންގަން ރައްޔިތުން ނޫޅޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.