އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ފެއްޓެވުން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
04 Jun 2023 | 10:07
ފެނިގެން ދިޔައީ އައްޑޫ ރައްޔިތުންގެ ހިތުގައި ރައީސް ޞާލިހަށް އޮތް ލޯބި: ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް އައްޑޫ ސިޓީގެ ރައްޔިތުން ކީ މަރުހަބާއިންވެސް އެ ސިޓީގެ ރައްޔިތުންގެ ހިތުގައި އެމަނިކުފާނަށް އޮތް ލޯތްބާއި ދެއްވާ ތަރުހީބު ފެނިގެންދިޔަ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.  

އައްޑޫ ސިޓީގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތައް ފައްޓަވައި، މިހާރު ކުރިއަށްދާ މަޝްރޫޢުތައް ބައްލަވައިލެއްވުމަށް ރައީސް ޞާލިހު ވަނީ އިއްޔެ އައްޑޫއަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި ޝާހިދު އާއި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުންގެ އިތުރުން، އިންޑިއާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް އިއްޔެ ވަނީ އައްޑޫއަށް ވަޑައިގެންފައެވެ. 

އެގޮތުން ރައީސް ޞާލިހު އައްޑޫ އަށް ވަޑައިގެންނެވުމުން، އައްޑޫ ރައްޔިތުން ކިޔާފައިވާ މަރުހަބާގެ ފޮޓޯތައް ޓުވިޓާގައި ހިއްސާކުރައްވަމުން ޝާހިދު ވިދާޅުވީ އެއިންވެސް ފެނިގެންދިޔައީ އައްޑޫ ރައްޔިތުންގެ ހިތުގައި ރައީސް ޞާލިހަށް އޮތް ލޯބި ކަމަށެވެ. 

"ރައީސް ޞާލިހަކީ ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތުކުރެއްވުމެއް ނެތި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ އޯގާތެރި ވެރިއެއް." ޝާހިދު ވިދާޅުވި އެވެ. 

ރައީސް ޞާލިހު އައްޑޫ އަށް މިކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވައިފައެވެ. މި މަޝްރޫއުގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކާ އިރު، އެކަމަށް 1.5 ބިލިއަން ރުފިޔާ ހަރަދުވެއެވެ. މިއީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ އެއް މަޝްރޫއެވެ.

މީގެ އިތުރުން މިދަތުރުގެބތެރެއިން އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީކުރެވުނު ފޭދޫ ދިގިހެރާ ޓޫރިޒަމް ޒޯން ވެސް އިއްޔެ ވަނީ އިފްތިތާހު ކޮށްފައެވެ. އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ.މުރަލީދަރަން މި ޕްރޮޖެކްޓް އިފްތިތާހު ކުރުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 
މި ޒޯންތަކާއެކު، އައްޑޫ ސިޓީއަށް އިޤްތިޞާދީ އާރޯކަމާއި ހަލުވި ތަރައްޤީ ގެނެވި، އައްޑޫ ސިޓީގެ ރައްޔިތުން ދެކެމުން އައި ހުވަފެން ހަޤީގަތަކަށްވެގެންދާނެކަމުގެ ޔަޤީންކަން ސަރުކާރުން އަރުވައެވެ. 

އެ މަޝްރޫއުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އާ ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.