އިންޑިޔާ އާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ފޮރިން މިނިސްޓްރީ
ހަބަރު
04 Jun 2023 | 13:29
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫޢުއެއް

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫޢެއް ހިންގުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއިކުރައްވައިފިއެވެ.

އިންޑިއާ ސަރުކާރުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މި 10 މަޝްރޫޢާއި ގުޅޭ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކޮށްފައިވަނީ އެކަމަށްޓަކާ ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއަރޒް ވީ.މުރަވީދަރަންއާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، އެތަނުން ގިނަ ޕްރޮޖެކްޓުތަކަކީ ކުޅިވަރާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާ ގުޅުން ހުރި ދާއިރާތަކުގެ ޕްރޮޖެކްޓުތައް ކަމަށެވެ. 

އެގޮތުން އައްޑޫ ސިޓީ ހިތަދޫ ބޭރުމަތި ދާއިރާއާއި ހިތަދޫ ރަސްގެދަރަ ދާއިރާގައާއި ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓްޑޯ ޖިމް ޤާއިމް ކުރުމަށް ވެވުނު އެއްބަސްވުމާއި، ށ.މިލަންދޫ ގައި ދުވުމަށް ޚާއްސަކޮށްގެން ޓްރެކެއް ޤާއިމްކުރުމަށް ވެވުނު އެއްބަސްވުން ހިމެނެއެވެ. ޝާހިދު ވިދާޅުވީ މި އެމް.އޯ.ޔޫ.ތަކުގެ ސަބަބުން، ކުޅިވަރު ތަރައްޤީކުރުމަށާއި ދުޅަހެޔޮކަން އިތުރުކުރުމަށާއި އިޖްތިމާޢީ ރޫޙު އާލާކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. 

މި ދެ އެއްބަސްވުމުގެ އިތުރުން ތަޢުލީމީ ދާއިރާއާ ގުޅޭ 2 ޕްރޮޖެކްޓެއް އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގުމަށް މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެއީ: 

1- ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ނ. ކެނދިކުޅުދޫ އަދި ލ.ގަމުގެ ޖުމްލަ 4 ސްކޫލަކަށް ބަސް ހޯދުމަށް

2- ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުމަށް

ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓްތަކުގެ ސަބަބުން ސްކޫލަށް ދިއުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ޒަމާނީ ތަޢުލީމީ ވަޞީލަތްތަކާއި އުކުޅުތަކަށް ވާޞިލްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އިންޑިއާގެ ހިލޭ އެހީގައި މާލޭގައި އާޓްސް ސެންޓަރެއް ގާއިމް ކުރުމަށްވެސް މިއަދު އެއްބަސްވުމަކަށް އައިސްފައިވާއިރު އޭގެ ސަބަބުން ދިވެހި ސަޤާފަތާއި ފައިން އާޓްސް ދިރުވައި އާލާކުރުމަށް މަގުފަހިވެގެންދާނެ ކަމަށާ މި އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި ޘަޤާފީ ރޮނގުން އޮތް އެއްބާރުލުން ރަމްޒުކޮށްދޭ ހެއްކެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

މީހެ އިތުރުން، އިންޑިއާގެ ހިލޭ އެހީގެ ދަށުން ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓެއް ގާއިމް ކުރުމަށްވެސް މިއަދު ވަނީ އެއްބަސްވެފައެވެ. މީގެ ސަބަބުން މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކައް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

‏މި ޕްރޮޖެކްޓް ތަކާއިއެކު ޅ. ހިންނަވަރުގެ ކައުންސިލް އިދާރާ ހިންގުމަށް އައު އިމާރާތެެއް އިންޑިއާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށްވެސް މިއަދުވަނީ ސޮއިކުރެވިފައެވެ. 

މި ރަސްމިއްޔާތުގައި މި 10 މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެންޓި ޓީބީ މެޑިސިންވެސް ވަނީ ހަދިޔާކުރައްވާފައެވެ. އެ އެންޓި ޓީ.ބީ. ބޭހަކީ އިންޑިއާ އިން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވެދެމުން އަންނަ ގިނަގުނަ އެހީތަކަށް އިތުރު ވެގެންދިޔަ ބޮޅެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.