އާންމުންގެ ޖަމިއްޔާއިން ކާބޯތަކެތި ބަހަނީ---ފޮޓޯ: އާންމުންގެ ޖަމްއިއްޔާ
ހަބަރު
04 Jun 2023 | 14:08
އެސް.ޓީ.އޯ އާއި އާންމުންގެ ޖަމްއިއްޔާ ގުޅިގެން ހިޔާ ސަރަހައްދުގައި 2.5 ޓަނުގެ ކާބޯތަކެތި ބަހައިފި

އެސްޓީއޯގެ އެހީއާއިއެކު އިއްޔެ ހަވީރު އާންމުންގެ ޖަމިއްޔާގެ 'ނަރިޝް ޓުގެދާރ' ނުވަތަ އެންމެން އެކުގައި ކައިގެން ޕްރޮޖެޓުގެ ދަށުން ހިޔާ ސަރަހައްދުގައި ކާބޯތަކެތި ބަހައިފިއެވެ.

މިކަމާއި ގުޅިގެން އާންމުންގެ ޖަމްއިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޖުމްލަ 833 މީހުންނަށް 2.5 ޓަނުގެ ކާބޯތަކެތި މި ހަރަކާތުގައި ބަހާފައިވާއިރު، މީގެ ތެރޭގައި 750 ކިލޯ ފުށާއި، 850 ކިލޯ ހަކުރާއި، 900 ކިލޯ ހަނޑޫ ހިމެނޭ ކަމަށެވެ.

މިއާއިއެކު މި ހަރަކާތުގައި އެހީތެރިވުމަށް އެސްޓީއޯއިން ފޯރު ކޮށްދިން 45 ބަސްތާގެ ކާބޯތަކެތީގެ ތެރޭގައި ހަނޑޫ، ހަކުރު އަދި ފުށް، ކޮންމެ ބާވަތަކުން 15 ބަސްތާ ހިމެނޭ ކަމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

ހިޔާ ސަރަހައްދުގައި އުޅޭ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށް ދިނުމަކީ ފްލެޓު ތަކަށް މީހުން ބަދަލު ވީއްސުރެ ވެސް އާންމުންގެ ޖަމިއްޔާއިން ކުރަމުން ގެންދާ ކަމެއް ކަމަށް އެ ޖަމްއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ފަހަކާއި ޖެހެންދެން އެކަން ކުރިއަށް ގެންދެވުނީ ވަރަށް ކުޑަ ސްކޭލް އެއްގައި ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

"މީގެ ކުރިން ވަރަށް ކުޑަ ސްކޭލް އެއްގައި ވަރަށް މަދު ބަޔަކަށް އެހީ ވެވުނީ، އެހެނަސް ފާއިތުވި މަސްތަކުގައި ބޮޑު ކުރަމުންގޮސް މިއަދު މި ދެވުނީ މުޅިން އެހެން ހަރުފަތަކަށް، މި ސްކޭލްގައި މިކަން ކުރެވުނީ އެސްޓީއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު." 

އާއްމުންގެ ޖަމްއިއްޔާގެ ރައީސް މިދޫ

މި ހަރަކާތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޗް 4 ގެ އެޑްމިން އަދި ހަރަކާތުގެ އިސްބޭފުޅެއް ކަމަށްވާ މައުމޫނު އަލީ(މާނު) ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ބަޔަކަށް، އެހާ ކުޑަ ވަގުތުކޮޅެއްގައި، މާބޮޑު މައްސަލަ ތަކެއް ދިމާނުވެ އަމާންކޮށް ހަރަކާތް ކުރިއަށް ގެންދެވުނީ ހުރިހާ ޓަވަރުތަކުގެ އެޑްމިންސް ގެ އެހީތެރިކަމާއި އެއްބާރު ލުމާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން ކާބޯތަކެތި ބަހަން ކޮތަޅު ފޯރު ކޮށްދިން ޑެލްކޯ މޯލްޑިވްސް ކޮމްޕެނީ އާއި އެއްޗެހި ކޮތަޅަށް އަޅާ ބަންދުކޮށް ބެހުމުގައި މަދަދުވެރިވި ވައިޓް ސްޓާރ ކުންފުނި އަދި ހުޅުމާލެ 3 އެސް ފިހާރަޔަށް މާނު ވަނީ ޝުކުރު އަދާ ކޮށްފައެވެ.

އާންމުންގެ ޖަމްއިއްޔާއިން އިތުރަށް ބުނެފައިވަނީ މިހަރަކާތަކީ ދެމެހެއްޓެނިވި ގޮތަކަށް ކޮންމެ މަހެއްގައިވެސް ކުރިއަށް ގެންދެވޭނެ ހަރަކާތަކަށް ހެދުމަށް އެ ޖަމްއިއްޔާއިން އަންނަނީ މަސައްކަތް ކުރަމުން ރޭވުންތައް ރާވަމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ