އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު
ހަބަރު
04 Jun 2023 | 16:13
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން މާދަމާއަށް އެޖެންޑާކޮށްފި

ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށްބުނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހެޅާފައިވާ މައްސަލަ މަޖިލީހުގައި މާދަމާ ކުރިއަށް ގެންދިއުމަށް އަނެއްކާވެސް ތާވަލް ކޮށްފިއެވެ.

މަޖިލީހުގެ މާދަމާގެ އެޖެންޑާގައި ފުރަތަމަ އޮތީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމަށް ކަނޑައަޅާ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައި ވަނީ ދިވެހިރާއްޖެއާއި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހަދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީކަމަށް މަޖިލީހުގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. 

އެކަމާ ގުޅިގެން ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރު ނުވެ، ރިފްއަތް ވަނީ ޖަވާބު ލިޔުމުން ފޮނުވާފައެވެ. 

ނަމަވެސް މަޖިލީހުގެ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ބުނެފައި ވަނީ، ބަންޑާރަނައިބު ހާޒިރުވެވަޑައިގަންނަވަން ވަގުތު ކަނޑައަޅާފައި ވާތީ ރިފްއަތް މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

އޭގެ ފަހުން ބަންޑާރަނައިބު ވިދާޅުވެފައި ވަނީ، ދިފާއުގައި ވާހަކަ ދައްކަން ލިބިދޭ ހައްގުގެ ބޭނުންކުރަން ނިންމަވާފައި ވާކަމަށެވެ. އަދި އެ ފުރުސަތު ފަހިކޮށްދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުގައި ރިފްއަތް ވަނީ އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.