ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--
ހަބަރު
05 Jun 2023 | 11:10
ސައި ގަޑި ޖެހުނު އިރުވެސް ރިފްޢަތުގެ މައްސަލަ ހުށަނޭޅުނު؛ މެންބަރުން ތިއްބެވީ ނިޒާމީ ނުކުތާ ނެންގެވުމާއި ލަވަ ޖެހުމުގައި!

މަޖިލީހުގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި "ޗޯރު އިބުރޭ" ލަވަ ޖައްސަވާތީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ ކުރިޔަށް ނުގެންދެވި، ސައި ގަނޑި އައުމުން އަނެއްކާވެސް ޖަލްސާ މެދުކަނޑާލައިފިއެވެ.  

ދިވެހިރާއްޖެއާއި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހަދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީކަމަށް ބުނެ ގުޅިފައިވާ އިއްތިހާދުން މަޖިލީހަށް ހުށަހެޅި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ޖަވާބުދާރީ ވުމަށް ފާއިތުވި ހަފްތާގައި މަޖިިލީހަށް ވަޑައިގެންފައެއް ނުވެއެވެ. އެ ހަފްތާގައި އެ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް، ރިފްޢަތު ޖަވާބު ފޮނުއްވީ ލިޔުމަކުންނެވެ.

އެކަމާއި ގުޅިގެން މަޖިލީސް ހޫނުވެ، އެ ދުވަހު ޖަލްސާ ނިންމާލުމަށް ފަހު މިއަދަށް ތާވަލު ކުރި މައްސަލަ ވެސް ކުރިޔަށް ގެންދެވޭ ގޮތެއް އަދިވެސް ވަނީ ނުވެފަ އެވެ.

އެގޮތުން، ނިޒާމީ ނުކުތާތައް ނަންގަވައި ފަހަރަކު މެންބަރެއް ގޮވާލަމުން ދިޔައީ، ރިފްއަތު މިދިޔަ ހަފްތާގައި ޖަލްސާއަށް ވަޑައިނުގެންނެވި ސަބަބު ސާފުވާން ޖެހޭ ކަމަށެވެ. އަދި އެފަދައިން ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުވެސް މައްސަލަ ހުށަނާޅުއްވާތީ ޖަލްސާ މެދު ކަނޑާލަން ޖެހުނެއެވެ. 

އެއަށްފަހު ޖަލއްސާފަށައި، އެތައް އިރެއް ފަހުން، މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުންވެސް އިދިކޮޅު މެންބަރުން ވަނީ އިރު އިރުކޮޅާ ނިޒާމީ ނުކުތާ ނަންގަވާފައެވެ. 

އެގޮތުން ނިޒާމީ ނުކުތާތައް ނަންގަވައި، އެބޭފުޅުންގެ މޭޒުގައި ގާއިމުކޮށްފައި ހުރި ސިސްޓަމް މަސައްކަތް ނުކުރާކަމަށާ، މައްސަލަ ކުރިއަށް ގެންދެވޭނީ ރިފްއަތު ކުރިންގެ ޖަލްސާއަށް ވަޑައި ނުގެންނެވި ސަބަބު ހާމަކުރުމުން ކަމަށް މެންބަރުން ދިޔައީ ވިދާޅުވަމުންނެވެ. 

އިދިކޮޅު މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވަމުންދާއިރު، ސަރުކާރު މެމްބަރުން ވެސް އެކަމާއި ދެކޮޅަށް އަޑު އުފުއްްލަވައި ނިޒާމީ ނުކުތާ ނަންގަވާގައިވެއެވެ. އަދި އެ މެންބަރުން ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެ ޖަލްސާ ކުރިޔަށް ގެންދަން ފުރުސަތު ދޭން ގޮވާލާފަ އެވެ.

މެންބަރުންގެ އަޑު ގަދަ ކުރުމާއި ނިޒާމީ ނުކުތާ ނެގުމުގައި މައްސަލަ ހުށަނޭޅު ލަސްވަމުން ދިޔައިރު، ދޭތެރެއަކުން "ޗޯރު އިބުރޭ" ލަވަޖަހާތީވެސް ޖަލްސާއަށް ހުރަސްއެޅެމުންދިޔައެވެ.

ހެނދުނު 09:00 ގައި ފެށުނު ޖަލްސާ، 10:30 ވަންދެންވެސް ދިޔައީ އެގޮތުގައެވެ. އަދި 10:30 ވުމުން ސައިގެ ވަގުތަށް ޖަލްސާ މެދުކަނޑާލި އިރު ވެސް އިތުބާރު ނެތް މައްސަލައިގެ ކިއުން އިއްވޭ ގޮތެއް ނުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.