ހުޅުމާލޭ ހުންނަ ހެޔޮ ފިހާރަ 2
ވިޔަފާރި
07 Jun 2023 | 11:14
ހެޔޮ ފިހާރައިން ގަންނަ މުދަލާއެކު ހިލޭ ކޮތަޅު ދެނީ

މާލޭގައި މިވަގުތު އެންމެ ހެޔޮ އަގުގައި ފިނިކުރި މުދާ ވިއްކަމުންދާ ހެޔޮ ފިހާރައިން ވިއްކާ މުދަލާއެކު ކޮތަޅު ހިލޭ ދިނުމަށް އެ ފިހާރައިން ނިންމައިފިއެވެ.

ހެޔޮ ފިހާރައިގެ ސޭލްސް އެންޑް މާރކެޓިން މެނޭޖަރ އައިޝަތު އާމާލް ވިދާޅުވީ، ކަސްޓަމަރުންގެ އަތުން އިތުރު ފައިސާއެއް ނަގަން ބޭނުން ނުވާތީ، ފިހާރައިން ގަންނަ މުދަލާއެކު ހިލޭ ކޮތަޅު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ފިހާރައިން ރީޓެއިލްކޮށް ވިއްކާ ބައެއް ބާވަތުގެ މުދަލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފައި ވާކަމަށް އާމާލް ވިދާޅުވިއެވެ.

މި ޖަނަވަރީ މަހުގައި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރެވިފައިވީ ނަމަވެސް، އެކަމާ ގުޅިގެން ހެޔޮ ފިހާރައިގެ މުދަލުގެ އަގުތަށް ބޮޑުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މުދަލުގެ އަގުތައް ވަނީ އޭރުވެސް ކުޑަކޮށްފައެވެ.

އާމާލް ވިދާޅުވީ، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފިނިކުރި އެއްޗެހި ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުން ދާކަމަށެވެ. 

ވަކިން ޚާއްސަކޮށް، ބޯންލެސް ޗިކަން އެތައް ގުނައެއް އަގުހެޔޮ ވެފައިވާއިރު، މިއީ މާލޭގައި މިވަގުތު އެންމެ ހެޔޮ އަގުގައި ބޯންލެސް ލިބެން ހުންނާނެ އަގު ކަން އާމާލް ފާހަގަކުރެއްވިއެވެ. 

އާމާލް އިތުރަށް ވިދާޅުވީ ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކުގެ އިތުރުން ފިނި ކުރި އެހެން ބާވަތްތައް އަގުހެޔޮކޮން އެ ފިހާރައިން ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އަބުދުވެސް ހާއްސަ ސަމާލުކަމެއް ދީގެން ރީޓެއިލްކޮށް ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި، ފިނި ކުރި ސާމާނު ފޯރުކޮށްދިނުންމަކީ އެ ފިހާރަގެ އަމާޒެއް ކަމަށެވެ.

ހެޔޮ އިންވެސްޓުމަންޓުގެ ދަށުން ހިންގާ ހެޔޮ ފިހާރަ އަދި ހެޔޮފިހާރަ 2 ކުން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ޗިކަން ތައި، ޗިކަން ވިންގްސް، ކޮށި ކުކުޅު، ޗިކަން ފިންގާސް، ޗިކަން ބާގަރ، ސޮސެޖް، ނަގެޓްސް، ޗިކަން ޑްރަމްސްޓިކް، ބޯންލެސް ޗިކަން، ފްރެންޗް ފްރައިސް، ކުކުޅު ކުރަނޑި، ބީފް، މަޓަން، މިކްސްޑް ތަރުކާރީ، ކޮލިފްލާވަރ، ބްރޮކޮލީ، މޮޒަރެއްލާ ޗީޒް، ގްރީން ޕީސް، ސްވީޓް ކޯން ފަދަ ބާވަތްތައް ހިމެނެއެވެ. 

ހެޔޮ ފިހާރަ އިން ހޯލްސޭލްކޮށް އަދި ރިޓެއިލްކޮށް މުދާ ލިބިވަޑައިގަންނަވާނެއެވެ. އަދި ބޯޓު ފެރީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ފިހާރައިން މުދާ ޑެލިވަރީކޮށްދޭނެއެވެ. އޭގެ އިތުރުން މާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކުންވެސް އޯޑަރުކޮށްލުމުން މުދާ ޑެލިވަރީކޮށްދޭނެއެވެ.

ހެޔޮ ފިހާރައިން ލިބެން ހުންނަ ބާވަތްތައް އެ ފިހާރައިގެ ވެބްސައިޓު heyofihaara.com އަދި ފޭސްބުކު ޕޭޖު މެދުވެރިކޮށް ބަލާލެވެން ހުންނާނެއެވެ. 

ބޭނުންފުޅުވާއެއްޗެއް ބައްލަވައިގަތުމަށް ފިހާރައަށްވެސް ވަޑައިގެންނެވޭނެއެވެ. އަދި ހެޔޮ ފިހާރައިގެ ނަންބަރ 9639444 ނުވަތަ ހެޔޮ ފިހާރަ 2 ނަންބަރ 9305811 އަށް ގުޅުއްވައިގެން ނުވަތަ ވައިބަރ މެދުވެރިކޮށްވެސް އޯޑަރު ދެއްވޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.