ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު/ ފޮޓޯ: މަޖިލިސް
ހަބަރު
07 Jun 2023 | 12:49
ހުރިހާ ވައްކަމެއް ކޮށް "ޗޯރު" ލަގަބު ހޯދީ އަމިއްލައަށް؛ އެނޫން އެއްޗެއް ދެން ނުކިޔާނެ: ޒާހިރު

ދިވެހި ރައްޔިތުންގެ ވެންޓިލޭޓަރު ތަކުން ވައްކަން ކޮށް ކަނޑު ވިއްކާލުމުން މިހާރު ދެން "ޗޯރު" ނޫން އެއްޗެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ނުކިޔާނެ ކަމަށާއި އެ ލަގަބު ހޯދީ އަމިއްލައަށް ކަމަށް ރައްޔިތުން މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޒާހިރު މިފަދައިން ރައީސް ޞާލިހަށް ފާޑު ވިދާޅުވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޒާހިރު ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުންގެ ތާއީދު ލިބިފައިވާ ވެރިޔަކު ތަބަކަކަށް ލާފައި ޓިކެޓް ދީގެން ވެރިކަމަށް ގެނައުމުން ފުރަތަމަ ވެސް ކުރަން ފެއްޓި ކަމަކީ ވެރި ކަމަށް ގެނައި ފަރާތަށް ފުރައްސާރަ ކަމަށެވެ.

އަދި ރިޔާސަތުގައި އިންނެވި ރައީސް ނަޝީދަށް ނިސްބަތްކޮށް ޒާހިރު ވިދާޅުވީ އެމަނިކުފާނަށް އެކި ގޮތް ގޮތުން އުނދަގޫކޮށް، ޖެއްސުންކޮށް، އަގު ވައްޓައިލަން މަސައްކަތް ކޮށްފައި އެންމެ ފަހުން ނިންމީ އެމަނިކުފާނުގެ ފުރާނަ ދުއްވައިލަން ކަމަށެވެ.

އަދި މިކަމުން ފެއިލް ވުމުން ހިތަށް ކެތް ނުވެގެން، ލޮލަށް ނިދި ނައިސްގެން، މިހާރު އުޅެނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރަން ކަމަށެވެ.

"މި މަންޒަރު ދިވެހި ރައްޔިތުންނަށް ފެނުނީމަ ރައްޔިތުންނަށް އިނގޭނެ ވަރަށް ބޮޑު ހަގީގަތެއް. މި ވާހަކައިން އެ ދޭހަވަނީ މިހާރު ވެރިކަމުގަ މިހިރަ މީހާއެއްގެ ކެރެކްޓަރ. ވަރަށް ސާފުކޮށް ދޭހަވޭ އޭނަގެ ކެރެކްޓަރ. އޭނަގެ ބުއްދި މަސައްކަތް ކުރާ ގޮތް. ކިހާ ހިޔަޅު މީހެއްކަން ރައްޔިތުންނަށް ފެނިގެން އެބަދޭ." ޒާހިރު ރައީސް ޞާލިހު ސިފަކުރައްވަމުން ވިދާޅުވިއެވެ.

މިހުރިހާކަމެއް ކުރުމަށްފަހު އަދި ދިވެހި ރައްޔިތުންގެ ވެންޓިލޭޓަރު ތަކުން ވައްކަން ކޮށް، ދިވެހި ދައުލަތުގެ ރައްޔިތުންގެ ކަނޑު ވިއްކާލުމުން، މިހާރު ރައީސް ޞާލިހު ބަދަލުވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ޗޯރަށް ކަމަށް ޒާހިރު ވިދާޅުވިއެވެ.

"ދެން އެނޫން އެއްޗެއް ނުކިޔާނެ. މިހުރިހާ ކަމެއް ކޮށްފައި ޗޯރު ނޫން އެއްޗެއް ދިވެހި ރައްޔިތުންނެއް ދެން ނުކިޔާނެ. މި ލަގަބު ހޯދީ އަމިއްލައަށް." ޒާހިރު ވިދާޅުވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ މިހާރު މި ލަގަބުން ނެއްޓެން ކިތަންމެ ވަރަކަށް އުޅުނަސް ދެން ނުނެއްޓޭނެ ކަމަށާއި ރައްޔިތުންނަށް ވަރަށް ސާފުކޮށް ރައީސް ޞާލިހުގެ ކަންތައް ހުރި ގޮތް އެނގޭނެ ކަމަށެވެ.

ކޮމެންޓް
ދިވެހި މުސްކުޅިން
ޗޯރެއްގެ ޗޯރު ދަރިއަކަށް ގޮވޭނެ ޗޯރެއް ހުރޭތޯ
07 Jun 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.