ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް: ފޮޓޯ/ މަޖިލިސް
ހަބަރު
07 Jun 2023 | 15:05
މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ހަމައެކަނި ކުރިހާކަމަކީ ރައީސަށް ސަނާކިޔުން: އާޒިމް

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ހަމައެކަނި ކުރިހާކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިހު އަށާއި ދައުލަތުގެ ވަޒީރުންނަށް ސަނާ ކިޔުން ކަމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ތަކުރާރުކޮށް ވިދާޅުވެފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ.

އެގޮތުން އާޒިމްގެ ވާހަކަ ފައްޓަވަމުން ވަނީ މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއަކީ މަކަރުވެރި، ދޮގުވެރި އަދި ރައްޔިތުންނާއި ދޭތެރޭ އިހުލާސްތެރިކަމެއް ނެތް ވެރިއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އަދި މަޖިލީހަށް މިއަދު ހުށަހެޅި ގަރާރާއި ބެހޭ ގޮތުން ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންގެ ވަގުތު ހަމަ ވެގެން ދިޔައިރުވެސް ހަމައެކަނި ކުރިހާ ކަމަކީ ރައީސަށް ސަނާކިޔުން ކަމުގައި އާޒިމް ވިދާޅުވިއެވެ.

މިއާއިއެކު ރައްޔިތުން، މަޖިލީހުގެ މެމްބަރުން އިންތިހާބުކޮށްފައި މަޖިލީހަށް ފޮނުވީ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަދައްކައި އެރައްޔިތުންނަށް ދިމާވާ ދަތި އުދަގޫތަކަށް ހައްލެއް ހޯދާ ދިނުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަންކުރުމުގެ ބަދަލުގައި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން މަޖްލީހުގައި ތިބެ، ކުރިހާވެސްކަމަކީ ރަޢީސުލްޖުމްހޫރިއްޔާއަށާއި ވަޒީރުންނަށް ސަނާކިޔުން ކަމުގައި އާޒިމް ވިދާޅުވިއެވެ.

"ދެން ވާހަކަދައްކާ ނިމިގެން އިށީނދެފަ، ކޮންމެ ދުވަހެއްގަ އަޅުގަނޑު އަޑުއަހާ އަޑެއް މީ، ހާއްސަކޮށް އަޅުގަނޑުގެ ފުރަގަހުގައި އިންނަވާ ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިށީންދެވަޑައިގަންނަވާ ގޮތަށް ބުނާނީ "ކޮބާ މިއަދު އެއްޗެއް ލިބޭވަރަށް ވާހަކަދައްކާލެވިއްޖެ؟" މިނޫން އެއްވެސް ކަމެއް މިތާ ކުރާތަނެއް ނުފެންނާނެ." އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުނދަގޫތަކުގެ ވާހަކަ އަޑު ނާހާނެ ކަމަށާއި ދިވެހިރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން ދަނީ ދަތި އުންދަގުލުގައި ކަމަށެވެ.

"އުގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ވިދާޅުވީ އެއީ ތެދެއް. މަސްނިމޭ އިރަކު އެކައުންޓްގަ ހުރިވަރު ބަލާލަ ބަލާލަ އެތިބެނީ. މަހު މެދަށް ދާއިރު ދެން ނޯވެ އަތުގަ އެއްޗެއް. އެކަމުގެ ވާހަކަ ދެއްކުމެއް ނެތް. ސަރުކާރު ހެސްކިޔާފަ އިސްރާފުކުރަމުން ދާއިރުގައި އެ ވާހަކަދެއްކުމެއް ނެތް. ހަމައެކަނި ކުރާހާވެސް ކަމަކީ ރައިސް އަށާ މިނިސްޓަރުންނަށް ސަނާ ކިޔުން. އެހެންތާ ވާނީ އެސަނާ ކިޔާ ކޮންމެ ދުވަހެއްގައި ސަނާ ކިޔާފައި މިތަނުން ނިކުތީމާ ކޮންމެވެސް އެއެޗެއް އެމީހުންނަށް އެބަ ލިބޭ." އާޒިމް ވިދާޅުވިއެވެ.

ތަކެތީގެ އަގު އުފުލިފައިވާ ނިސްބަތަށް އަލިއަޅުވާލަމުން އާޒިމް ވަނީ މީގެ 5 އަހަރު ކުރިއާއި ބަލާފައި ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި އަކެތީގެ އަގުތަކާއިއެކު ޚިދުމަތްތަކުގެ އަގުތައް ވެސް އުފުލިފައިވާ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

"ސްޓްލްކޯގެ ކަރަންޓު ބިލަށް ބަލާލި ކަމުގައިވީނަމަވެސް، ފެނަކައިގެ ކަންކަމަށް ބަލާލި ކަމުގައިވީ ނަމަވެސް، ތަކެތީގެ އަގު އުފުލިފައިވާ ވަރާއި، ހިދުމަތުގެ އަގު އުފުލިފައިވާވަރު އެބަ ސާފުވެގެންދޭ." އާޒިމް ފާހަގަކުރެއްވިއެވެ.

މިކަންކަން މިހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެފައި އޮތުމުގެ އިތުރުން ސަރުކާރުން ކުރާ ވައްކަން އިންތިހާއަށް ބޮޑުވެފައި އޮތް އޮތުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ޕްރޮޖެކްޓެއްގެ އޭގެ ހަމަ އަގުގެ އަގު ދިހަ ގުނަ އިތުރަށް ޕްރޮޖެކްޓުގައި ޖަހަލާފައި އެއްކަލަ މެމްބަރުގެ ޖީބަށް އޭގެ ޕަސެންޓެއް ވަންނަ ގޮތަށް އޮންނަ އޮތުމަކީ ރައްޔިތުންނަށް ލުޔެއް ލިބޭ ކަމެއް ނޫން." އާޒިމް އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.