މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގެ)-- ފޮޓޯ/ މަޖިލިސް
ހަބަރު
07 Jun 2023 | 20:51
"އަޅުގަނޑާއި، އަނބިމީހާ މަރާލަން އިންޒާރު ދިން މައްސަލަ ސީޕީ ހަމީދަށް ހުށަހެޅިތާ 3 އަހަރު؛ އަދިވެސް ނުބަލާ"

މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގެ) އާއި އޭނާގެ އަނބިކަނބަލުންނަށް މަރުގެ އިންޒާރުދިން މައްސަލަ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހުށަހެޅިތާ ތިން އަހަރު ވެފައިވާ ކަމަށާ، އެހެން ނަމަވެސް އެކަން ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދެ ބިލެއްގެ ބަހުސް ކުރިއަށް ގެންދެވުނު ކަމުގައިވިއަސް، ބަހުސް ކުރެވެމުން ދިޔައިރު މެންބަރުން ވަނީ އެކަކު އަނެކެއްގެ ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވައި، ނިޒާމީ ނުކުތާ ނަންގަވައި، އެއް މެންބަރަކު އަނެއް މެންބަރަށް އިންޒާރު ދެއްވާ ކަމަށް ތުހުމަތު ކުރައްވަމުން ގެންގޮސްފައެވެ. 

އެގޮތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން، ކުނި މެނޭޖް ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ގެންދެވި ދަނޑިވަޅުގައިވެސް، މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު (އަނދުން ހުސެއިން) ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، އޭނާއަށް 'ދަ ޑިމޮކްރެޓްސް' ގެ 10 މެންބަރަކު އިންޒާރު ދެއްވި ކަމަށް ވިދާޅުވެފައެވެ.

"ބްރޭކް ގަޑީގައި ސައިބޯން ސައިކޮޓަރިއަށް ދިޔައިރު، ސިޑިމަތިން އަޅުގަނޑަށް ވަނީ އިންޒާރުދީފަ، ދި ޑިމޮކްރެޓްސްގެ 4 މީހަކު އިންޒާރު ދީ ހަޑިހުތުރު އެއްޗެއްހި ގޮވާފައި، އެވާހަކަ އަޅުގަނޑު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސައިކޮޓަރީގައި އިންނަވަނިކޮށް ދެންނަވީމާ އެތައް ބައެއްގެ ކުރިމަތީގައި އެވާހަކަ ދެންނެވީމަ ވިދާޅުވީ އަދި ކަލޭ ކަންފަތްމަތީގައި ވެސް އެމީހުން ލައްވާ ޖައްސުވާނަމޭ، ހޭއަރުވާލާނަމޭ"

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު

އަނދުން ހުސެއިން އެ ވާހަކަތައް ރިޔާސަތުގެ ސަމާލުކަމަށް ގެންނަވައި ވިދާޅުވީ އެ މައްސަލަ ރަސްމީކޮށް ރިޔާސަތަށް ހުށައަޅާކަމަށެވެ. އަދި އެކަމުގައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދިލައްވާ ކަމަށެވެ. 

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު-- ފޮޓޯ/ މަޖިލިސް

ޝަމީމުގެ ވާހަކައާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވާ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވެސް ވަނީ އޭނާއަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އިންޒާރުދެއްވާފައިވާކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެންނަވާފަ އެވެ. 

"ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ސައިކޮޓަރީގައި އަޅުގަނޑަށް "ހޭއަރުވާލާނަމޭ" ވެސް ވިދާޅުވެފައި ވަނީ. އެއީ ކޮން ނިޔަތެއްގައި ކޮން ބޭނުމެއްގައި ކަމެއް ނޭނގޭ އަޅުގަނޑަކަށް"

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު 

އާމިރު ވިދާޅުވީ މެމްބަރުން އެކަކު އަނެކަކަށް އިންޒާރު ދޭ މައްސަލަ ބެލޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު-- ފޮޓޯ/ މަޖިލިސް

އެއާއެކު ރިޔާސަތުން ވަނީ އެފަދަ މައްސަލަތައް ބެލޭނެ ނިޒާމެއް މަޖިލީހުގައި ވާ ކަމަށާ، އެހެން ކަމުން އެގޮތުގެ މަތިން މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވުމަށް އެދިލައްވާފައެވެ. 

އެއަށްފަހުވެސް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވަނީ ނިޒާމީ މައްސަލަ ނަންގަވައި، އޭނާ މަޖިލީހުގައި ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަ ދެއްކެވުމުން، މަރުގެ އިންޒާރު ދީފައިވާ ކަމަށް ވިދާޅުވެފައެވެ. 

މަޖިލިސްގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ހުށަހަޅާފައިވާ މައްސަލައެއް ޕާކު ކޮށްފައި އޮންނަތާ ދޮޅު އަހަރު މިވަނީ. ދެން ދެވަނަ ނިޒާމީ މައްސަލަ އަކީ އަޅުގަނޑަށް މަރުގެ އިންޒާރު ދިނީ މިތާނގަ ފެނަކައިގެ ވައްކަމުގެ ވާހަކަ ދެއްކީމާ. ފޯނު ނަންބަރަކުން ގުޅާފައި. ޕޮލިހަށް އަޅުގަނޑު އެ މައްސަލަ ހުށަހެޅިން. އަދި އަދަށްވެސް ވީއެއް ނުވީއެއް ނޭނގެ. އެއީ ވަރަށް ބޮޑު ނިޒާމީ މައްސަލަ އެއް. 

ނޮޅިވަރަމް މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)

މޮސްޓާ ވިދާޅުވީ، މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބެލެން ޖެހޭނެ ކަމަށެވެ. 

ނޮޅިވަރަމް މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)-- ފޮޓޯ/ މަޖިލިސް

މޮސްޓާގެ ވާހަކަތަކާއި ގުޅުވައި، އަނދުން ހުސައިން ނިޒާމީ ނުކުތާއެއް ނަންގަވައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ އަތުޕުޅުގައި އޭނާގެ ލޭ ހުރި ކަމަށް ވިދާޅުވުމާއި ގުޅިގެން، އިމްތިޔާޒާއި ގުޅޭ ކޮމިޓީއަށް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަ ހުށަހެޅިތާ ދޮޅު އަހަރުވެގެން ދިޔައިރުވެސް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަނދުން ހުސައިންގެ ވާހަކައަށްފަހު ބޯދިގުވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވައި އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބަލާކަން ރިޔާސަތުގެ ސަމާލު ކަމަށް ގެނެސްފައެވެ.

"އަޅުގަނޑުގެ މައްސަލައެއް، އެމްސީ ހަމީދަށް، ފޯނުން ގުޅާފައި ބުނެފައި، އަޅުގަނޑުގެ އަންހެނުންނާއި އަޅުގަނޑާ މަރާލަންވެގެން ދިން އިންޒާރު، ދިނީމާ ތިން އަހަރުވީ، އެމްސީ ހަމީދު އަތުގައި އޮންނާނެ މިހާރުވެސް. މަޖިލިސް ލެޓާ ހެޑްގައި އަޅުގަނޑު ލާފައި އޮތް ސިޓީ. އިންޒާރު. ނުބަލާ. ކޮން ދޮޅު އަހަރެއްގެ ވާހަކަ ދައްކާކަށް."

މުހައްމަދު ރަޝީދު (ބޯދިގެ)

އެފަދަ ގިނަ ނިޒާމީ މައްސަލަތަކާއި ހުރެ މަޖިލިސް ކުރިއަށް ގެންދެވޭގޮތް ނުވެ މިއަދުގެ މަޖިލިސްވެސް ވަނީ ނިންމާލާފައެވެ. 

ކޮމެންޓް
ހުސޭނުބެ
ކަލެއާއި އަނބި މީހާ މަރާނުލާ ތިޔަތިބީ ކިހާވަރަކަށް ފުލުހުންނަށް ބެލެހެއްޓީ ހެއްޔެވެ؟ ބޯބުރާންތި ވިޔަސް ތިޔައީ ބޮޑު ވަރެވެ.
07 Jun 2023
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.