ޖޭޕީގެ އެޑްވައިޒަރު ރިޔާޒް ރަޝީދު/ ފޮޓޯ: ވޮއިސް
ހަބަރު
08 Jun 2023 | 20:47
ޤާސިމަށް ޓިކެޓު ދޭ ޖަލްސާ ވާނީ އެންމެ ބޮޑު އެންމެ ފުރިހަމަ ޖަލްސާއަށް: ރިޔާޒު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމަށް ބާއްވާ ޖަލްސާ ވެގެންދާނީ، މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޖަލްސާއަށް ކަމަށް ޖޭޕީގެ އެޑްވައިޒަރު އަދި މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖޭޕީގެ ޖަލްސާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

"މި ޖަލްސާގައި އަޅުގަނޑުމެންނަށް މި ޤަބޫލުކުރެވެނީ ގާތްގަނޑަކަށް 4000 ވަރަކަށް މީހުން ބައިވެރިވާނެ ކަމަށް. އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް. މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޖަލްސާއަށް، ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޖަލްސާއަށް މި ޖަލްސާ ވެގެންދާނެ. އަދި ހަމަ އެއާއެކު ރިޔާސީ ޓިކެޓެއް އެރުވުމަށްޓަކައި ބޭއްވޭ އެންމެ ފުރިހަމަ، އެންމެ އާދަޔާއި ޚިލާފު އެއް ޖަލްސާއަށް މި ޖަލްސާ ވެގެންދާނެ"

ޖޭޕީގެ އެޑްވައިޒަރު ރިޔާޒް ރަޝީދު

ރިޔާޒު ވިދާޅުވީ ޤާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވާ ޖަލްސާގެ ތައްޔާރީތައް ޕާޓީން ވެފައިވާ ކަމަށެވެ. އަދި ޖަލްސާގެ ތެރޭގައި ވަރަށް ތަފާތު ކަންތައްތަކެއް ކުރިއަށް ދާނެ ކަމަށެވެ. 

ރިޔާޒު ވިދާޅުވީ ޓިކެޓު ޖަލްސާއަށް އަތޮޅުތެރެއިން މީހުން ނުގެންނާނެ ކަމަށެވެ. އެހެން ނަމަވެސް ޖޭޕީ ތަމްސީލުކުރައްވާ އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވާލާފައިވާކަމަށެވެ. އަދި ޤާސިމަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބަޔަކު މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއްކަމަށް ރިޔާޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.