ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހުމަދު/ ފޮޓޯ: ވޮއިސް
ހަބަރު
08 Jun 2023 | 20:49
ޤާސިމް އިބްރާހިމަކީ ރާއްޖޭގައި އުފެދުނު އެންމެ "ސްމާޓު ބިޒްނެސް މޭން": އިލްހާމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމަކީ ރާއްޖޭގައި އުފެދުނު އެންމެ "ސްމާޓު ބިޒްނެސް މޭން" ކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޤާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ހުކުރު ދުވަހުގެރޭ ބާއްވާ ޖަލްސާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ޤާސިމް ކުރިމަތިލައްވަނީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ވަރަށް ބޮޑަށް ދެނެވަޑައިގެން ހުންނަވާ ކަމަށެވެ. 

އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ސްމާޓު ސިޔާސީ ލީޑަރުކަމަށާއި، މައްސަލަތަކަށް ޙައްލު ހޯއްދަަވަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށް އިލްހާމު ވިދާޅުވި އެވެ. 

"މުޖުތަމައުތެރޭގައި ހިމެނޭ މައްސަލަތައް ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 3 މަސް ވަންދަން ޤާސިމް އިބްރާހިމް އެކުލަވާލި ޓީމަކުން ދިޔައީ މަސައްކަތް ކުރަމުން. އެމަނިކުފާނު ބޭނުން އެ މައްސަލަތަކަށް ޙައްލެއް ގެންނަވަން. އެމަނިކުފާނަކީ ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ސްމާޓު އެންމެ ވަރުގަދަ ބިޒްނަސް މޭންކަމަށް ރާއްޖޭގައި ވެގެން ދިޔައީ. އެހެންވީމަ އެމަނިކުފާނު ވިދާޅުވަނީ ނުގެނެވޭ ހައްލެއް ނޯންނާނެކަމަށް، އަދި އެ ޙައްލުތަކައި ވެގެން އެމަނިކުފާނު މާދަމާރޭ ތިބޭފުޅުންނާއި ބައްދަލުކުރައްވާ އިއުލާނުކުރައްވާނީ"

ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް

އިލްހާމު އިތުރަށް ވިދާޅުވީ ޓިކެޓު ޖަލްސާގައި ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހުރި ބައެއް މުހިންމު ކަންކަމަށް ޤާސިމް އަލިއަޅުވާލައްވާނެ ކަމަށެވެ. 

އަދި އެމަނިކުފާނުގެ ބައެއް މުހިންމު ވައުދުތައްވެސް ރައްޔިތުންނާއި ހިއްސާކުރައްވާނެ ކަމަށެވެ. 

ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، ވެރިކަމަށް ވަޑައިގަންނަވަނީ ވަރަށް ރަނގަޅު ތަސައްވަރަކާއި އެކުގައިކަމަށް އިލްހާމު ވިދާޅުވި އެވެ. 

ޤާސިމަށް ރިޔާސީ ޓިކެޓު ޖަލްސާއަކީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާނެ އެންމެ ފުރިހަމަ އަދި ތަފާތު ޖަލްސާއަށް ވެގެންދާނެ ކަމަށާއި، އެ ޖަލްސާގައި ވަރަށް ތަފާތު ހަރަކާތްތައް ހިމަނާފައި ވާނެކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.