ޖޭޕީގެ ރިޔާސީ ޓިކެޓު ޤަސިމް އިބްރާހިމަށް ހަވާލުކުރުން/ ފޮޓޯ: ދެން
ހަބަރު
09 Jun 2023 | 22:51
ޤާސިމް އިބްރާހިމަށް ޖޭޕީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު ޕާޓީގެ ލީޑަރު އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށް ހަވާލުކޮށްފި އެވެ. 

ޤާސިމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ. 

ޤާސިމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނާއި އަންހެނުންނާއި އެކި އުމުރުފުރާގެ މީހުން ތަމްސީލުވާނެ ހެން އެއްބައެއްގެ އަތުން އަތެއް ބައެއް އަތްމަތިން ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ އަތްޕުޅަށް އަރުގައިގެންނެވެ. 

ޤާސިމާއި ރިޔާސީ ޓިކެޓު ހަވާލުކުރެއްވީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އާރިފެވެ. 

އެއާއެކު ޤާސިމް ވަނީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސާދިނުމަށް ރިޔާސީ އިންތިޚާބުގައި ޖޭޕީ ތަމްސީލުކުރެއްވުމަށް ޕާޓީން އެރުވި ރިޔާސީ ޓިކެޓު ޤަބޫލުފުޅު ކުރައްވާފަ އެވެ. އަދި އެ މަސައްކަތް ކުރުމަށް އޭނާ ތައްޔާރަށް ހުންނެވިކަމަށް ޓިކެޓު ޤަބޫލުފުޅު ކުރައްވަމުން ޤާސިމް ވިދާޅުވި އެވެ. 

ޤާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. 

މި ޖަލްސާގައި، ރިޔާސީ އިންތިޚާބުގައި ޖޭޕީން ގެންގުޅޭނެ ސްލޯގަންއާއި ރަސްމީ ލަވަ ވެސް ވަނީ ލޯންޗުކޮށްފަ އެވެ. އަދި މި ޖަލްސާގައި ޤާސިމްގެ ގައުމީ ޚިދުމަތާއި ގުޅޭ ޕްރޮފައިލް ރިޕޯޓެއް ވެސް ވަނީ ހުށައަޅާފަ އެވެ. 

ކޮމެންޓް
Mohamed Ahmed
ގުޑްލަކް ބޮސް
09 Jun 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.